ރޫސީ ރައީސް ވްލެޑްމީރު ޕޫޓިނާއި ފަރަންސޭސި ރައީސް އިމަނުވޭލް މެކަރޯން ރޭ ފޯނުން ބައްދަލު ކުރައްވާ ޔުކްރޭންގެ މަސްއަލައާއި ބައިނަލް އަޤްވާމީ ކާބޯތަކެތީގެ އަމްނާ ބެހޭގޮތުން ބަހުސް ކުރައްވައިފިއެވެ.
ރޫސީ ރިޔާސީ ގަނޑުވަރުން ބުނާގޮތުގައި ޑޮންބާސް ޙިމާޔަތް ކުރުމަށާއި އާޒޯވުސްޓަލް ކާރުޚާނާއިން މަދަނީން ބޭރަށް ލުމަށް ޓަކައި ކުރެވޭ މަސައްކަތްތައް ރައީސް މެކްރޯނަށް ރައީސް ޕޫޓިން ހާމަކުރެއްވިއެވެ.
ޔުކްރޭންގެ ސިފައިން ހަނގުރާމައިގެ ތެރޭގައި އަރައިގަންނަމުންދާ ހަނގުރާމައިގެ ޖަރީމާތައް ނޭނގޭ ކަމަށް ޔޫރަޕްގެ އިއްތިޙާދުގެ ޤައުމުތަކުން ހަދަމުންދާ ކަމަށް ރައީސް ޕޫޓިން ރައީސް މެކްރޯނަށް ދެންނެވިއެވެ.
ރައީސް ޕޫޓިން ވިދާޅުވި ގޮތުގައި ކިޔޭވުން ޞުލްޙަ ޤާއިމު ކުރާކަށް ނޭދެއެވެ. އެހެނަސް ރަޝިޔާ އޮތީ އެކަމަށް ޓަކައި ދޮރު ހުޅުވައިގެންނެވެ.
ފަރަންސޭސި މީޑިއާތައް ބުނި ގޮތުގައި ރައީސް ޕޫޓިނާ ރައީސް މެކަރޯން ބަހުސް ކުރެއްވީ ޔުކްރޭންގެ ހަނގުރާމަ ނިޔުޅެމުންދާ ގޮތާއި މި ހަނގުރާމައަށް އަންނަމުންދާ ބަދަލުތަކާ ބެހޭގޮތުންނެވެ. މި ބައްދަލު ކުރެއްވުން ދެ ގަޑިއިރާއި 10 މިނެޓު އިރަށް ދެމިގެން ދިޔަ ކަމަށް މޮސްކޯއިންނާއި ޕެރިހުން ބުންޏެވެ. މި ދެ ރައީސުން އެންމެ ފަހުން ބައްދަލު ކުރައްވައިފައި ވަނީ މި ދިޔަ މާރިޗް މަހު 29ވަނަ ދުވަހު އެވެ.



advertisment