ޔުކްރޭންގެ ރައީސް ވްލަޑިމީރު ޒިލެންސްކީ އޭނާގެ ޤައުމުގެ މަސްއަލައަށް ސުލްޙަވެރި ޙައްލެއް ބޭނުންފުޅު ނުވާ ކަމަށާއި އޭނާއަށް ބަލާއިރު ސުލްޙައަކީ އޭނާ ނިމުން ކަމަށް ރޫސީވިލާތުގެ ޤައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ނައިބު ރައީސް ޑިމިޓްރީ މެޑަވްޑޭވް ވިދާޅުވެއްޖެއެވެ.
މެޑަވްޑޭވް އޭނާގެ ޓެލެގްރާމް ޗެނެލްގައި ލިޔުއްވާފައި ވެއެވެ. "ޒިލެންސްކީ ސުލްޙައިގެ މުޢާހަދާއަކަށް ބޭނުންފުޅެއް ނުވެއެވެ. އޭނާއަށް ބަލާއިރު ސުލްޙައަކީ އޭނާ ނިމުމެވެ."
މެޑަވްޑޭވް ވިދާޅުވިއެވެ. "އަވަސް ޙައްލަކަށް އެދޭ ނާޒީން މޮސްކޯއާއެކު ސިއްރުން އެއްބަސްވެ ޒިލެންސްކީ ގަހެއްގެ ގޮފިގަނޑެއްގައި އެލުވާނެތެވެ. މަސްއަލަ ޙައްލުކުރުން ލަސްކުރަން ބޭނުންވާ އޭނާގެ ސިޔާސީ ވާދަވެރީން ހަނގުރާމަ ނިމުމުން ނާކާމިޔާބު ވެރިއަކަށް ހަދައި އޭނާ ޢަޒްލު ކުރާނެތެވެ."
މެޑަވްޑޭވް ވިދާޅުވާ ގޮތުގައި ޒިލެނަސްކީ ވަށައިގެން އުޅޭ އޭނާގެ އަރިހުބޭކަލުން މި ކަން ވަނީ ކަށަވަރުކޮށްދީފައެވެ.
މެޑަވްޑޭވް ވިދާޅުވިއެވެ. "މިހެންވެ ޒިލެންސްކީ ހުޅަނގުން ހަތިޔާރާ މުދާ ލިބޭތޯ އާދޭސް ކުރައްވާނެއެވެ. އޭނާ ދައްކަވަން ބޭނުންފުޅު ވަނީ އަދިވެސް އޭނާ ދަނޑުމަތީގައި އެބަ ކުޅުއްވަމުންގެންދަވެއެވެ. އޭނާއަކީ ލިބަރަލް ދުނިޔޭގެ އުންމީދުކަމެވެ. ޔުކްރޭނަކީ ޔޫރަޕްގެ ދީމުޤްރާޠީ ނިޒާމުގެ ކިއްލާކަމެވެ. އޭނާ މަސައްކަތް ކުރައްވަނީ ރޫސީ ސާރިދޯޅު ފޮތިފޮތިކޮށްލައްވާށެވެ."
މެޑަވްޑޭވް ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "ޔުކްރޭން މީހުންގެ ކުރިމަތީގައި އޭނާ ކަންބޮޑުވުން ފާޅު ކުރައްވާނެތެވެ. އޭނާގެ ޙައްދުފަހަނަޅައިފައިވާ ޓީމު ދިފާޢު ކުރެއްވުމަށް ޓަކައި އޭނާ ދަނީ ޔުކްރޭންގެ ޢާންމު ރައްޔިތުން އިންސާނީ އައްޑަނައަކަށް ހައްދަވަމުންނެވެ.
މެޑަވްޑޭވްގެ މި މެސެޖް ނިންމަވާލައްވަމުން ވިދާޅުވިއެވެ. "އޭނާގެ މަޤާމު ރައްކައުތެރިކުރެއްވެން އޮތީ މި މަގުންނެވެ. އެކަމަކު މި މަޤާމު ދެނެއް ނޯންނާނެއެވެ."



advertisment