Support Us

ޔުކްރޭނުގެ ޚާރްސަންގައި ރޫސީ ފައިސާ ރޫބެލް ބޭނުންކުރަން ފަށައިފި

ރަޝިޔާއިން ހިފައިފައިވާ ޔުކްރޭންގެ ޚާރްސަން ސަރަޙައްދުގައި ރޫސީ ފައިސާ ރޫބެލުން މުޢާމަލާތުތައް ކުރުމަށް މިހާރު ވަނީ ފަށައިފައެވެ. ރިޕޯޓަރުން ބުނާގޮތުގައި މިއިން އެނގެނީ ރަޝިޔާ މި ސަރަޙައްދުން ދެން ނުފައިބާނެ ކަމެވެ. މި ސަރަޙައްދު ރޫސީވިލާތުގެ ބަޔަކަށް ހަދާނެ ކަމެވެ.

ޔުކްރޭން ސަރުކާރު ބުނާގޮތުގައި ޚާރްސަނާއި ޒަބަރޯޖިޔާ ސަރަޙައްދުގައި މިހާރުވަނީ މޯބައިލް ޚިދްމަތާއި ނެޓްގެ ޚިދްމަތް މުޅިން ކެނޑިފައެވެ. މުވާޞަލާތީ ޚިދްމަތާ ބެހޭ ޔުކްރޭނުގެ އިދާރާއިން ބުނާގޮތުގައި "މިއީ މޮސްކޯއިން ގަސްތުގައި ކޮށްފައިވާ ކަމެކެވެ. މި ކަމުގެ ބޭނުމަކީ ޚާރްސަން ސަރަޙައްދުގެ މީހުންނަށް ރަޝިޔާއިން ކުރަމުންދާ ހަނގުރާމައިގެ މަޢުލޫމާތުތައް އޮޅުވައިލުމެވެ."

ރަޝިޔާގެ މަސްއޫލުވެރީން ވިދާޅުވާ ގޮތުގައި މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޚާރްސަން ސަރަޙައްދުގައި މުސާރައާއި ވިޔާފާރީގެ މުޢާމަލާތުތައް ދެން ހިންގޭނީ ރޫސީ ފައިސާއިންނެވެ. އިނގިރޭސިވިލާތުގެ ދިފާޢީ ވުޒާރާއާ ޙަވާލާދީ ވޮޝިންގްޓަން ޕޯސްޓް ދުވަހު ނޫސް ބުނާގޮތުގައި މީގެ ބޭނުމަކީ ރަޝިޔާއިން ހިފާފައިވާ ޔުކްރޭނުގެ ބިންތައް ރަޝިޔާގެ ބިންތަކެއް ކަމުގައި ހެދުމެވެ.

ރަޝިޔާ އެ ސަރަޙައްދުު އޮތުން

އިނގިރޭސި ދިފާޢީ ވުޒާރާ ބުނާގޮތުގައި ރަޝިޔާގެ މި ފިޔަވަޅުތަކުން އެނގެނީ "ޚާރްސަންގައި ރަޝިޔާގެ ސިޔާސީ އަދި އިޤްތިޞާދީ ބާރު ދިގު މުއްދަތަކަށް ދަމަހައްޓާން ބޭނުންވާ ކަމެވެ." އެ ވުޒާރާއިން ބުންޏެވެ. "މި ސަރަޙައްދަށް ރަޝިޔާއިން އަތްގަދަކުރުމުގެ ސަބަބުން ކްރެމިޔާ ސަރަޙައްދުގައި ރަޝިޔާގެ ވެރިކަން ކުރިއަށް ގެންދެވޭނެއެވެ. އަދި މިކަމުގެ ސަބަބުން ރަޝިޔާ ސިފައިންނަށް ޔުކްރޭންގެ އުތުރު ފަރާތުންނާއި  ހުޅަނގު ފަރާތުން ކުރިއަށް ދެވޭނެއެވެ." މި ޚަބަރުތަކަށް ބަލާއިރު ރަޝިޔާއިން ޚާރްސަންގައި މުސްތަޤިއްލު ދައުލަތެއް ޤާއިމު ކުރުމަށް ޓަކައި ފެންނަނުފެންނަ ވޯޓެއް ނުނަގާނެއެވެ.

ރަޝިޔާގެ ރަސްމީ ޓީވީއަށް ޚާރްސަން ސަރަޙައްދުގެ މަސްއޫލުވެރިއެއް ކަމުގައިވާ ކިރޭލް ސްޓްރީމޯސޯވް ވިދާޅުވިގޮތުގައި ކުރިއަށް އޮތް ދެތިން ހަތަރު މަސްދުވަހުގެ ތެރޭގައި ޔުކްރޭން ފައިސާ މި ސަރަޙައްދުގައި ބޭނުމެއް ނުކުރެވޭނެއެވެ. އަދި 1996ން ފެށިގެން ބޭނުންކުރަމުންދާ ޔުކްރޭން ފައިސާ ބޭނުންކުރުން އެ ހިސާބުން މުޅިން ހުއްޓައިލެވޭނެއެވެ. މި ދެތިން ހަތަރު މަސްދުވަހުގެ ތެރޭގައި ރޫސީ ފައިސާއާއި ޔުކްރޭން ފައިސާ ބޭނުން ކުރެވޭނެއެވެ.

ޚާރްސަން ސަރަޙައްދުގެ ނައިބު ރައީސްކަމަށް ކިރޭލް ސްޓްރީމޯސޯވް ޢައްޔަން ކުރީ މޮސްކޯއިންނެވެ. އޭނާ ވިދާޅުވި ގޮތުގައި ޔުކްރޭންގެ ޚަޒާނާ  ވަނީ ކިޔޭވުން ގެންގޮސްފައެވެ. އަހުރެމެން މިހާރު ތާވަމުން މި ދަނީ މުވައްޒަފުނނަށް މުސާރަ ދިނުމަށާއި ޕެންޝަނަރުންނަށް މަހުންމަހުން ދޭންޖެހޭ ފައިސާ ދިނުމަށް ޓަކައި ރޫބެލް ބޭނުންކުރުމަށެވެ. އޭނާ ހާމަކުރެއްވި ގޮތުގައި ސަރުކާރުގެ މުވައްޒަފުންނަށް މުސާރަ ދެވޭނީ ރޫސީ ރޫބެލުންނެވެ.

ޚާރްސަން ސަރަޙައްދުގެ މެޔަރު އީހޫރު ކޮލިޚާޔީވް ވިދާޅުވާ ގޮތުގައި ރަޝިޔާއިން މިހާރު ވަނީ އޭނާ މަޤާމުން ވަކިކޮށްފައެވެ. ބުރާސްފަތި ދުވަހު އޭނާ ޔުކްރޭންގެ އެންވީ މީޑިޔާއަށް ދެއްވި ބަޔާނެއް ބުނާގޮތުގައި ރަޝިޔާއިން ޚާރްސަންގައި މުސްތަޤިއްލު ޖުމްހޫރިއްޔާއެއް ޤާއިމުކުރާނެ ހެނެއް ހީފުޅެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *