Support Us

ވީޓޯ ކުރި ސަބަބު ދެއްކުން ލާޒިމުކުރާ އިޞްލާޙެއް ގެންނަން ނިންމައިފި

އދގެ ސަލާމަތީ މަޖިލީހުގެ ދާއިމީ މެންބަރުންނަށް ލިބިފައިވާ ވީޓޯ ކުރުމުގެ ބާރު ބޭނުން ކުރުމުން ވީޓޯ ކުރި ސަބަބުން އަންގައިދޭން ޖެހޭ ޤަރާރެއް އދގެ ޢާންމު ޖަމްޢިއްޔާއިން ރޭ ފާސްކޮށްފިއެވެ.

މިއީ އެމެރިކާއާއި ރަޝިޔާއާއި ޗައިނާއާއި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތަށް އަމާޒުކޮށް ފާސްކުރި ޤަރާރެއް ކަމަށް ފްރާންސް ޕްރެސް ބުނެއެވެ. މި ޤަރާރުގެ ސަބަބުން މި ޤައުމުތަކުން ވީޓޯކޮށްފިނަމަ އެކަމަށް "ސިޔާސީ ބޮޑު އަގެއް ދައްކަން ޖެހޭނެއެވެ." ޖުމްލަ 193 މެންބަރުންގެ މަޖިލީހަށް މި ޤަރާރު ހުށައެޅީ ލިޚްްޓެންޝައިނުންނެވެ. ލިޚްޓެންޝައިނަކީ ދުނިޔޭގައި ހަ ވަނައަށް އެންމެ ކުޑަ ޤައުމެވެ.

މި އިޞްލާޙު ހުށައަޅައިފައި ވަނީ މީގެ ދެ އަހަރާއި ހަ މަސްދުވަސް ކުރީންނެވެ. ރޭ ފާސްކުރި ޤަރާރު ބުނާގޮތުގައި ވީޓޯ ކުރިތާ 10 ދުވަހުގެ ތެރޭގައި ވީޓޯ ކުރި ސަބަބު އދގެ ޢާންމު މަޖިލީހަށް ހުށައަޅަންވާނެއެވެ. ލިޚްޓެންޝައިނުން ހުށައެޅި ޤަރާރު ޢިބާރާތްކުރުމުގައި އެމެރިކާއާއި ޔޫރަޕްގެ އިއްތިޙާދުގެ ޤައުމުތަކާއި އިނގިރޭސިވިލާތް ބައިވެރިވިއެވެ. ރަޝިޔާއާއި ޗައިނާ މި ކަމުގައި ބައިވެރިއެއް ނުވެއެވެ. ރޫސީ ޑިޕްލޮމެޓަކު ނަން ހާމަނުކުރަން ޝަރްޠު ކުރައްވާ ވިދާޅުވި ގޮތުގައި މި ކަމުގެ ސަބަބުން އދ މަޖިލިސް " ބައިބައިވެގެންދާނެއެވެ. "

ޤަރާރުގެ އަމާޒަކީ ކޮބާ

ލެޚްޓެންޝައިންގެ ސަފީރު ވިދާޅުވި ގޮތުގައި މި ޤަރާރަކީ ވަކި ޤައުމަކަށް އަމާޒުކޮށް ހުށައެޅި ޤަރާރެއް ނޫނެވެ. އޭނާ ވަރަށް ބާރުލައްވައި ވިދާޅުވިއެވެ. "އެއީ ރަޝިޔާއާ ދެކޮޅަށް އަމާޒުކޮށް ލީ ޤަރާރެއް ނޫނެވެ." އޭނާ ވިދާޅުވި ގޮތުގައި މިއީ އދގެ ދައުރާއި ސިންދަފާތު ވަރުގަދަ ކުރުމަށް ކުރެވުނު މަސައްކަތެކެވެ. އޭނާ ވިދާޅުވިއެވެ. "ދުނިޔޭގެ ސުލްހަމަސަލަސްކަމުގައި އަހުރެމެންނަށް އެއްވެސް ދައުރެއް ނެތެވެ."

އދން ރޭ ފާސްކުރި ޤަރާރަކީ ދައުލަތްތަކަށް އެއްވެސް ކަމެއް މަޖްބޫރުކުރާ ޤަރާރެއް ނޫނެވެ. ވީޓޯ ކުރި ދައުލަތަށް ވީޓޯކުރި ސަބަބު ބަޔާންކޮށްދޭން އދގެ ޢާންމު ޖަމްޢިއްޔާއަށް އައުން މަޖްބޫރެއް ނުކުރެއެވެ.

ސަލާމަތީ މަޖިލީހުގައި އެންމެ ފުރަތަމަ ވީޓޯކޮށްފައި ވަނީ 1946ގައި ސޮވިއެޓް ޔުނިއަނުންނެވެ. އޭގެ ފަހުން ރަޝިޔާއިން 143 ފަހަރު، އެމެރިކާއިން 86 ފަހަރު، އިނގިރޭސިވިލާތުން 30 ފަހަރު އަދި ޗައިނާއާއި ފަރަންސޭސިވިލާތުން 18 ފަހަރު ވީޓޯކޮށްފައި ވެއެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *