Support Us

އަދިވެސް ނަޞްރު އޮތީ ޕުޓިނާ އެއްކޮޅުގައި ކަމަށް ހުޅަނގުގެ ޖާސޫސީ ރިޕޯޓުތައް ބުނެފި

އިނގިރޭސިވިލާތުގެ ޓައިމްސް ދުވަހު ނޫސް ނިމުތުކުރާ ގޮތުގައި ރަޝިޔާ- ޔުކްރޭން ހަނގުރާމަ މި އަހަރު ނިމެންދެން ކުރިއަށް ދާނެއެވެ. މި ނޫހުގެ މިއަދުގެ ޢަދަދު ބުނިގޮތުގައި މި ހަނގުރާމަ ރައީސް ޕޫޓިންއަށް ކާމިޔާބު ކުރެއްވޭނެއެވެ.

ހުޅަނގުގެ މަސްއޫލުވެރިން އިންޒާރު ކުރައްވާ ގޮތުގައި ޔުކްރޭންގެ ސިފައިންގެ ޢަދަދާ އަޅާބަލާއިރު ރޫސީ ސިފައިންގެ ޢަދަދު ތިން ގުނަ އިތުރެވެ. މިހެންވެ ރޫސީ ސިފައިންނަށް ޔުކްރޭން ސިފައިން ވަށައިލައި، ޙިޞާރުކޮށް، އެ ބާރު ނައްތައިލުމުގެ ޤާބިލުކަން ލިބިގެން ވެއެވެ.

ކިޔޭފަށް އިޤްތިޞާދީ ވަރަށް ބޮޑު ތަފާލެއް

ހުޅަނގުން މިމޭރުމުން ވާހަކަދައްކަމުންދާ ވަގުތަކީ ޔުކްރޭންގެ މުހިންމު ސަހަރެއް ކަމުގައިވާ މަރިޔަޕޯލް ރޫސީ ސިފައިން ހިފައިފި ކަމަށް ރައީސް ޕޫޓިން އިޢުލާންކުރެއްވި ވަގުތެވެ. ރައީސް ޕޫޓިން ވަނީ އެ ސަހަރުގެ ޞިނާޢީ ސަރަޙައްދު ޙިޞާރުކޮށްފައި ބޭއްވުމަށާއި އެ ސަރަޙައްދަށް ނުވަނުމަށް ރޫސީ ސިފައިންނަށް އަމުރުކުރައްވައިފައެވެ. މި ސަރަޙައްދުގައި ޔުކްރޭންގެ ދެ ހާހެއްހާ ސިފައިން ޙިޞާރު ކުރެވިފައި އެބަ ތިއްބެވެ. މި ތާނގައި ހައްޔަރުކުރެވިފައި ތިބި ޔުކްރޭން ސިފައިންނަށް އަމާން ދިނުމަށް ރޫސީ ސިފައިން ދަނީ އަންގަމުންނެވެ.

ޔުކްރޭންގެ މާރިޔަޕޮލް ސަހަރު ރަޝިޔާއަށް ލިބުމަކީ ރޫސި ސިފައިން ކިޔޭފްގެ މޫނުމަތީގައި ޖެހި އިޤްތިޞާދީ ތަފާލެކެވެ. އެއީ ޕޫޓިނަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު ނަޞްރެއް ކަމަށް ހުޅަނގުން ބުނެއެވެ. ކިޔޭފްގެ އިޤްތިޞާދީ ކޮލެޖްގެ އިޤްތިޞާދީ ނޫސްވެރިކަމާ ބެހޭ ބައިގެ ވެރިޔާ އެންޑްރޭ ޔެނެޓްސްކީ އިނގިރޭސި ވިލާތުގެ ގާރޑިއަނަށް ދެއްވި ބަޔާނެއް ބުނާގޮތުގައި "މަރިއޮޕޮލް އަކީ ރަޝިޔާއަށް ވަރަށް މުހިއްމު ރަމްޒެކެވެ. އެއީ ބަނދަރުމަތީ މުހިއްމު ބޮޑު ސަހަރެކެވެ. އެއީ ޔުކްރޭން ސިފައިންގެ މުހިއްމު ބޭހެކެވެ." މި ސަހަރު ލިބުމުން ޑޮންބާސާ ކްރިމިޔާ އެއްގަމު މަގުން ގުޅައިދޭނެ ބޮޑު މަގެއް ރަޝިޔާއަށް ލިބޭނެއެވެ. ކްރިމިޔާއަކީ 2014ގައި ރަޝިޔާއިން ހިފައިފައިވާ ޔުކްރޭނުގެ ބިމެއް ކަމަށް ޔުކްރޭނުން ބުނެއެވެ.

ރަޝިޔާގެ މަޞްލަޙަތާ އެއްކޮޅަށް އޮތް ބަހާތައް

ހުޅަނގުގެ މަސްއޫލުވެރީން ވިދާޅުވާ ގޮތުގައި ރަޝިޔާއިން އަލުން ކިޔޭފަށް ޙަމަލާދޭން ފަށައިފާނެއެވެ. ނުވަތަ ކަޅުކަނޑު މަގުން ލައިފާ ކިޔޭފަށް ދިޔުން މަނާކޮށްފާނެއެވެ.

ހުޅަނގުގެ ޖާސޫސީ ރިޕޯޓްތައް ބުނާގޮތުގައި ރަޝިޔާއިން މިހާރު ވަނީ އެ ޤައުމުގެ ޢަސްކަރީ އިސްތިރާތީޖިއްޔަތަށް ބަދަލުތަކެއް ގެނެސްފައެވެ.

އިނގިރޭސިވިލާތގެ މި ނޫސް ބުނާގޮތުގައި އިރުމަތީ ޑޮންބާސް ސަރަޙައްދުގައި ހަނގުރާމަ ހިނގަމުންދާ މައިދާނަށް ބަލާއިރު އެއީ ހަމަބިން ސަރަޙައްދެކެވެ. މި ވެށީގެ ސަބަބުން ރޫސީ ޓޭންކްތަކަށާއި ބޮޑުބަޑިތަކަށް ހަނގުރާމަ ކުރުމުގައި އަވްލަވިއްޔަތު ލިބިގެން ދާނެއެވެ. އުތުރު ކިޔޭފްގެ ގުދުގުދުލައިފައިވާ ޖަންގަލިތެރޭގައި ހިނގި ހަނގުރާމައާ މި ހަނގުރާމަ ތަފާތުވާނެއެވެ.

ޔުކްރޭނާ ދެކޮޅަށް ރަޝިޔާއިން ދެމުންގެންދާ ޢަސްކަރީ ޚާޢްޞަ ޙަމަލާތައް ހިންގުމަށް ޓަކައި ރައީސް ޕޫޓިން ޢައްޔަން ކުރައްވައިފައިވާ ކޮމާންޑަރަކީ ވަރަށް ތަޖްރިބާކާރު ޖެނެރަލެކެވެ. ޖެނެރަލް އެލެގްޒެންޑަރ ޑިފޮރުނިކޯފަކީ ސޫރިޔާގެ ޙަލަބުގައި ބައްޝާރުގެ ސަރުކާރު ކޮޅަށްނަގައިދެއްވި  ޢަސްކަރީ މޭސްތިރިޔާއެވެ.

އިނގިރޭސި ދުވަހު ނޫސް ބުނާގޮތުގައި ޖެނެރަލް ޑިފޮރުނިކޯފްގެ ރޭއްވެވުމަކަށް ވާނީ  ޔުކްރޭންގެ ލަޝްކަރު ކަކުނީގެ ދެ ދަތްގަނޑުގެ ދެމެދަށް ލައި ޙިޞާރުކޮށް ބަންދު ކުރުމެވެ. ރޫސީ ސިފައިން ޚަރްކީވުގެ ދެކުނަށް ލޮގަންސްކްގެ ހުޅަނގަށް ފޮނުވަމުން މި ދަނީ މި ބޭނުމުގައެވެ.

ހުޅަނގުގެ މަސްއޫލުވެރިއަކު ވިދާޅުވިގޮތުގައި ޔުކްރޭންގެ ލަޝްކަރު ޙިޞާރުކުރުމުގެ ޙަޤީޤީ ބާރު ރަޝިޔާއަށް ލިބިގެންވެއެވެ. މި ގޮތަށް ޙިޞާރު ކުރުމަށްފަހު މަޑުމަޑުން އެ ލަޝްކަރު ކުދިކުދިކޮށް ފޮތިފޮތިކޮށް ނައްތައިލާނެއެވެ. ހުޅަނގުގެ ދާރިސުން ވިދާޅުވާ ގޮތުގައި ޑޮންބާސާއި ކްރެމިޔާ ރަޝިޔާއަށް ލިބުމަކީ "ވަރަށް ބޮޑު ނަޞްރެކެވެ."

އެހެނަސް ހުޅަނގުގެ މަސްއޫލުވެރީން އަދިވެސް ދަޢުވާކުރައްވާ ގޮތުގައި ރަޝިޔާއިން ޔުކްރޭނާ ދެކޮޅަށް ޢަސްކަރީ ޢަމަލުތަކެއް ހިންގުމަކީ އިސްތިރާތީޖީ ގޮތުން ވަރަށް ބޮޑު ކުށެކެވެ. އެކަމުގެ ސަބަބުން ޔުކްރޭންގައި ރަޝިޔާއާ އިދިކޮޅު ޝުޢޫރުތައް ވަނީ އިތުރުވެފައެވެ. މި ކަމުގެ ސަބަބުން ނޭޓޯ އިތުރަށް ފުޅައުވެގެން ދިޔުމަކީ އެކަށީގެންވާ ކަމެކެވެ. އަދި ކުރިމަގުގައި ރަޝިޔާގެ ގޭހަށް ހުޅަނގުން ބަރޯސާނުވެ އޮތުމަށް މަސައްކަތް ފަށާނެތެވެ.

.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *