Support Us

ޖީ-ހަތަކުން، "ފުރިހަމައަކަށް" ރޫސީވިލާތް ބޮއިކޮޓެއް ނުކުރާނެ: މީޑިއާ

މިއަދު ވޮޝިންގޓަންގައި ބާއްވާން ހަޖެހިފައިވާ "ޖީ20″ގެ މާލީ ވަޒީރުންގެ ޖަލްސާ، ޞިނާޢީ ގޮތުން އެންމެ ކުރިއަރައިފައިވާ (ޖީ 7) ހަތް ގައުމުން ބޯއިކޮޓް ނުކުރާނެ ކަމަށް، އެކި މަޞްދަރުތަކާ ޙަވާލާދީ ވޮޝިންގޓަން ޕޯސްޓް ނޫހުން ބުނެފިއެވެ.

ބުދަ ދުވަހު ބާއްވާން ހަމަޖެހިފައިވާ މި ޖަލްސާގައި ދާދިވަރުކޮށް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ބެލެވޭ ރޫސީ މާލީވަޒީރު އަންތޮން ސިލުއެނޯފަކީ އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތައް އަމާޒުކޮށްފައިވާ ބޭފުޅެކެވެ.

އެމެރިކާގެ ޚަޒާނާއާ ބެހޭ ވުޒާރާގެ ފަރާތުން ނަން ހާމަކުރާން ނޭދޭ އޮފިޝަލަކު ވޮޝިންޓަން ޕޯސްޓަށް މައުލޫމާތު ދީފައިވާ ގޮތުގައި އެމެރިކާގެ ޚަޒާނާއާ ބެހޭ ވަޒީރު ޖަނެތު ޔެލަން މި ޖަލްސާގެ އިފްތިތާޙީ ދަންފަޅީގައި ބައިވެރިވެވަޑައިގަންނަވާނެއެވެ. އެއީ ކްޔީވްއިން މިއަދު ކޮންފަރެންސަށް ވަޑައިގަންނަވާ ޔޫކްރޭނުގެ މާލީ ވަޒީރަށް ތާއީދުކުރައްވާކަން ހާމަކުރެއްވުމަށް ޓަކައެވެ. އެކަމަކު ރޫސީން ހާޒިރުވާ އެހެން ދަންފަޅިތައް އޭނާ ދޫކޮށްލައްވާނެއެވެ. އަދި ދުނިޔޭގެ މާލީ އިދާރާތަކުން ރޫސީވިލާތް ބޭރުކުރާން އޭނާ ބަރުއަޅުއްވާނެއެވެ.

އަނެއްކޮޅުން ކުޑަ ގްރޫޕް (ޖީ7) ގައި ހިމެނޭ ގައުމުތަކަކީ އެމެރިކާ އިއްތިހާދާ ގާތްކަން ބައްވާ ގައުމުތަކެކެވެ. މި ގައުމުތަކުން ރޫސީން ކުށްވެރިކުރުމުގައި އެއްގަލަކަށް އަރާނެއެވެ. ނަމަވެސް އިޤްތިޞާދީ ގޮތުން ކުރިއަރަމުން އަންނަ ބޮޑެތި ބާރުތައް ކަމަށްވާ ސީނުކަރަ ފަދަ ގައުމުތައް ހިމެނޭ "ސިނާއީ ގޮތުން ކުރިއަރައިފައިވާ ބޮޑު ޖަމާޢާތް" (ޖީ20)ގެ ހުރިހާ ގައުމުތަކަށް ނުފޫޒު ފޯރުވުމަކީ އެމެރިކާއަށް އުނދަގޫ ކަމަކަށް ވާނެއެވެ.

ވޮޝިންގޓަން ޕޯސްޓުން ފާހަގަކޮށްފައިވާ ގޮތުގައި ވިލާތުގެ ގިނަ ގައުމުތަކެއް ހިމެނޭ ދުނިޔޭގެ އެންމެ މުއްސަނދި ގައުމުތައް އަދިވެސް ވަރަށް ބޮޑަށް ބަރޯސާ ވެފައިވަނީ ރޫސީވިލާތުގެ ތެލާއި ގޭހުގެ މައްޗަށެވެ. އެހެންކަމުން އެމެރިކާއިން ކިތަންމެ ބޮޑަކަށް ބާރު އެޅި ކަމުގައި ވިޔަސް ދުނިޔޭގެ އިޤުތިޞާދުން ރޫސީން އެކަހެރިކުރުމަކީ މާ ފަސޭހަކަމަކަށް ނުވާނެއެވެ.

ޖީ 7ގެ ގައުމުތައް ކަމުގައިވާ ކެނެޑާއާއި ފަރަންސޭސިވިލާތާއި ޖަރުމަނުވިލާތާއި އިޓަލީވިލާތާއި ޖަޕާނާއި އިނގިރޭސިވިލަތާއި އެމެރިކާއިން މިހާރު ވެސް ވަނީ ރޫސީވިލާތާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފައެވެ. އަދި އެމެރިކާގެ ރައީސް ޖޯބައިޑްން ވަނީ "ޖީ20″ގެ ޖަމާއަތުން ވެސް ރޫސީން ބޭރުކުރާން ގޮވައިލައްވައިފައެވެ. އެއީ ޔޫކްރޭނުގައި ރޫސީން ހިންގަމުން ގެންދާ އަސްކަރީ ހަރަކާތުގެ އުގޫބާތެއްގެ ގޮތުންނެވެ. ނަމަވެސް މިއީ ކުރާން އެހާ ފަސޭހަކަމަކަށް ނުވާނެ ކަމަށް މުޙައްލިލުން ދެކެއެވެ.

ލަފުޒެއްގެ މާނަ:

ދާދިވަރު:  މާއްދީ ހަގީގަތެއް ނެތި ސުމޭކު ވަސީލަތުން ހަގީގަތެއްގެ ގޮތުގައި ދައްކާ

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *