Support Us

ޢިމްރާން ޚާނުގެ ޚާރިޖީ ސިޔާސަތުގެ ސަބަބުން ޕާކިސްތާނަށް ވަނީ އެކުވެރީން ގެއްލިފައި: ޝަހްބާން ޝަރީފު

ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާނުގެ ޚާރިޖީ ސިޔާސަތުގެ ސަބަބުން ޕާކިސްތާނަށް ވަނީ އެކުވެރީން ގެއްލިފައި ކަމަށް އައު ބޮޑުވަޒީރު ޝަހްބާން ޝަރީފު ވިދާޅުވެ، ޢިމްރާން ޚާނުގެ ޚާރިޖީ ސިޔާސތާ ދެކޮޅަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ޕާކިސްތާނުގެ ޚަބަރުފަތުރާ އޭޖެންސީތައް ޝަރީފާ ޙާވަލާދީ ބުނާގޮތުގައި "ޕާކިސްތާނުގެ އިސްތިރާތީޖީ ބައިވެރީންނާއި ރަޙްމަތްތެރީން ވަނީ ޕާކިސްތާނާ އެކަހެރިވެފައެވެ. ޚާންގެ ސަރުކާރުގެ ސިޔާސަތުގެ ސަބަބުން ކަޝްމީރުގެ މަސްއަލައިގައި އިސްލާމްއާބާދު އޮތީ ހަނުހިމޭނުންނެވެ."

ޝަހްބާޒު ޝަރީފު ވިދާޅުވިއެވެ. "ޗައިނާއަކީ އުފާފާގަތިކަމުގެ ޒަމާނުގައްޔާއި މުޞީބާތުގެ ޒަމާނުގައި ޕާކިސްތާނުގެ ބައިވެރިއެކެވެ." އޭނާ ވިދާޅުވި ގޮތުގައި ޕާކިސްތާނުގެ ބިނާރުތައް ތަރައްޤީ ކުރުމަށް ޓަކައި ބޭޖިންގާއެކު ފަށައިފައިވާ މަޝްރޫޢުތައް ބާރަށް ކުރިއަށް ގެންދެވޭނެއެވެ. މި މަޝްރޫޢުތަކަކީ ޗައިނާއާއި ޕާކިސްތާނާ ދެމެދުގައި ޤާއިމުކުރަން ހަމަޖެހިފައިވާ އިޤްތިޞާދީ ފާލަމުގެ ދަށުން ކުރެވޭ މަސައްކަތްތަކެކެވެ. އެއީ 60 ބިލިއަން ޑޮލަރުގެ މަޝްރޫޢުތަކެކެވެ. މިއީ ޗައިނާގެ ކަމަރާއި މަގުގެ އިސްނެގުމުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ޕާކިސްތާނުގެ ޚާރިޖީ ސިޔާސަތު

ޝަރީފު ތުހްމަތު ކުރެއްވި ގޮތުގައި ޢިމްރާން ޚާނުގެ ސަރުކާރުން މަސައްކަތްކޮށްފައި ވަނީ މި ގުޅުން ބަލިކަށި ކުރުމަށެވެ. އޭނާ ވިދާޅުވިއެވެ. "ތުރްކީއާއި ސުޢޫދީ ޢަރަބިއްޔާއާއި ޔޫރަޕްގެ އިއްތިޙާދުގެ ޤައުމުތަކާއި އެކުވެރި ޢަރަބި އިމާރާތާއެކު ގުޅުންތައް ވަރުގަދަކޮށް ހަރުދަނާކުރުމަކީ ޕާކިސްތާނަށް ޟަރޫރަތެކެވެ." އޭނާ ވިދާޅުވިގޮތުގައި "ވޮޝިންގްޓަނާއެކު ގުޅުންތައް ބަދަހިކުރާން ޖެހޭނީ ހަމަހަމަކަމުގެ ތިލަފަތުގެ މަތީގައެވެ."

ޝަހްބާޒު ޝަރީފު އިތުރަށް ވިދާޅުވިއެވެ. "އަންކަރާއަކީ އަބަދުވެސް އިސްލާމްއާބާދާއެކު ބައިނަލްއަޤްވާމީ އަދި އިސްލާމީ މަސްރަޙުތަކުގައި އޮތް ޤައުމެކެވެ." އޭނާ ވިދާޅުވިއެވެ. "ތުރްކީ– ޕާކިސްތާނު ގުޅުމަކީ ކަނޑައި ނުލެވޭނެ އުޚުއްވަތްތެރި ގުޅުމެކެވެ. ރައީސް ރަޖަބު ޠައްޔިބު އުރްދުގާނުގެ ޒަޢާމަތުގެ ދަށުގައި ތުރްކީ ވަނީ ބޮޑެތި ކާމިޔާބީތަކެއް ޙާޞިލުކޮށްފައެވެ." އޭނާ ހާމަކުރެއްވި ގޮތުގައި "ތުރްކީއަކީ އަބަދުވެސް ޕާކިސްޔާނަށާއި ކަޝްމީރުގެ ޤަޟިއްޔާއަށް ތާއީދު ކޮށްފައިވާ އަދި ކުރަމުންދާ އިސްލާމީ ޤައުމެކެވެ."

އިންޑޯ- ޕާކް ގުޅުމާ ބެހޭގޮތުން ޝަހްބާޒު ޝަރީފު ވިދާޅުވިއެވެ. "އިންޑިޔާއިން ގުޅުން ރަނގަޅު ކުރަން ބޭނުންވެއެވެ. އެހެނަސް އެ ކަން އޮންނާނީ ކަޝްމީރާ ގުޅިފައެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *