Support Us

ޔުކްރޭނާއެކު ދައްކަން ފެށި ޞުލްޙައިގެ ވާހަކަދެއްކުންތައް މިހާރު އޮތީ ބެދިފައިވާ މަގެއްމަތީގައި

މި ހުސްވި މާރިޗު މަހު ތުރްކީގެ އިސްތަންބޯލު ސަހަރުގައި ރަޝިޔާއާ ޔުކްރޭނާ ދެމެދުގައި ފެށުނު ޞުލްޙަޔާ ބެހޭ ވާހަކަދެއްކުންތައް މިހާރު އޮތީ ބަންދުވެފައިވާ މަގެއްމަތީގައި ކަމަށް ރޫސީ ރައީސް ވްލެޑިމީރު ޕޫޓިން ވިދާޅުވެއްޖެއެވެ. އޭނާ ހާމަކުރެއްވި ގޮތުގައި މި ކަމުގެ ސަބަބަކީ ޔުކްރޭނުން އެ ޤައުމުގެ ސިޔާސަތު ބަދަލުކުރުމެވެ.

ރައީސް ޕޫޓިން ބިލަރޫސްގެ ރައީސް އެލެގްޒެންޑަރ ލޮކަޝިންކޯއާ ބައްދަލު ކުރެއްވުމަށްފަހު ބޭއްވެވި ނޫސް ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ. އިސްތަންބޯލް ވާހަކަދެއްކުންތަކުގައި ޔުކްރޭނުން ރަޝިޔާއާއެކު އެއްބަސްވި އުޞޫލުތަކާ ކިޔޭވުން ވަނީ އެއްކިބާވެ އެހެން އަތަކަށް ގޯޅި އަޅައިފައެވެ. މިކަމުގެ ސަބަބުން ވާހަކަދެއްކުންތައް މިހާރު ނުކުމެފައިވަނީ ބެދިފައިވާ މަގެއްގެ މައްޗަށެވެ.

ރައީސް ޕޫޓިން ވިދާޅުވިއެވެ. "ސަލާމަތީ އެދުންތަކެއް ކިޔޭވުން ހުށައަޅައެވެ. ކްރިމިޔާއާއި ޑޮންބާސާއި ސެވަސްޓަޕޯލްގެ މަސްއަލައަކީ އެކަމާމެދު ވާހަކަ ދެއްކޭނެ މަސްއަލަތަކެއް ނޫނެވެ."

ރޫސީ ރައީސް ޕޫޓިން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "އަހުރެމެން ޞުލްޙަޔާ ބެހޭ ވާހަކަދެއްކުންތައް ކުރިއަށް ގެންދިޔުމަށް ބޭނުންވާ ވެށި ތަނަވަސްކޮށްދިނީމެވެ. އެހެނަސް އޭގެ ބަދަލުގައި ޔުކްރޭނުން އަހުރެމެންނަށް ރައްދު ދިނީ ޖެއްސުންކުރުމާއި އޮޅުވައިލުމުގެ ރޭވުންތަކުންނެވެ. ބޮޗާގެ ހިސްޓީރިޔާ ފެންމަތިކޮށްގެންނެވެ. އިސްތަންބޯލުގައި އެއްބަސްވި އެއްބަސްވުމާ ޚިލާފުވީއެވެ." ޕޫޓިން ވިދާޅުވިއެވެ. "މިހާރު ޔުކްރޭނުން ބޭނުން ވަނީ ކްރިމިޔާއާއި ޑޮންބާސްގެ މަސްއަލައާ މެދު މުޅިން ވަކިން ވާހަކަދެއްކުމަށެވެ."

ރަޝިޔާއިން ޔުކްރޭނާ ދެކޮޅަށް ހިންގަމުންދާ ޢަސްކަރީ ޢަމަލުތައް އަވަހަށް ނިންމާލުމާ ބެހޭ ގޮތުން ސުވާލު ކުރުމުން ޖަވާބުގައި ޕޫޓިން ވިދާޅުވިއެވެ. "އެއީ ކުރެވިދާނެ ކަމެކެވެ. އެހެނަސް މި ކަމުގެ ސަބަބުން ޢާންމުންނަށް ލިބޭ ގެއްލުންތައް ބޮޑުވެދާނެތީ ރަޝިޔާއިން އެ މަސައްކަތް މަޑުމަޑުން ކުރިއަށް ގެންދަނީއެވެ."

އަނެއްކޮޅުން ބްލޫމްބަރގް ނޫސް އޭޖެންސީ ބުނާގޮތުގައި ރަޝިޔާއިން ފިންލޭންޑްގެ ސަރަޙައްދު ކައިރިއަށް ބަރު ހަތިޔާރުތައް ޖަމާކުރަމުން އެބަދެއެވެ. މިއީ ފިންލޭންޑާއި ސްވިޑްން  ނޭޓޯއަށް ވަންނަން އެދޭކަން ހާމަކުރުމުން ރަޝިޔާއިން އަޅަމުންދާ ރައްކައުތެރިކަމުގެ ފިޔަވަޅެއް ކަމަށް ފެނެއެވެ.

ރޫސީ– ޔުކްރޭން ޞުލްޙަޔާ ބެހޭ ވާހަކަދެއްކުންތައް ތުރްކީގެ ބެލުމުގެ ދަށުން އިސްތަންބޯލުގައި ފެށުނީ ރައީސް އުރްދުގާންގެ އިސްނެންގެވުމެއްގެ ސަބަބުންނެވެ.

އަނެއްކޮޅުން ޔުކްރޭންގެ ދިފާޢީ ވުޒާރާ ބުނާގޮތުގައި ޑޮންބާސް ސަރަޙައްދަށް ޙަމަލާ ދިނުމަށް ޓަކައި ރޫސީ ސިފައިން ތައްޔާރުވެއްޖެއެވެ.ޔުކްރޭނުން ތުހްމަތު ކުރާގޮތުގައި ރަޝިޔާއިން މަސައްކަތް ކުރަމުން ދަނީ ލޮގަންސްކާއި ޑޮނެޓްސްކް ކައިރީގައިވާ ސަރަޙައްދުތައް އިތުރަށް ހިފުމަށެވެ. މި ދެ ސަރަޙައްދަކީ ޔުކްރޭނުން ވަކިވެގަންފައިވާ ދެ ސަރަޙައްދެކެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް