Support Us

އެމެރިކާއިން ޔުކްރޭނަށް ކޮންމެ ދުވަހަކު ހަތިޔާރު ފޮނުވާ

ޔުކްރޭނަށް ބޭނުންވާ ހަތިޔާރު ތަނަވަސްކޮށް ދިނުމަށް އެމެރިކާއިން ވަނީ ޔުކްރޭނަށް ވަޢުދުވެފައިވާ ކަމަށް އެމެރިކާގެ ޤައުމީ ސަލާމަތާ ބެހޭ މުޝީރު ޖެކް ސޮލެވާން ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވިގޮތުގައި ރަޝިޔާގެ ޢުދްވާނުން ޔުކްރޭންގެ އަމިއްލަ ނަފްސު ދިފާޢު ކުރުމަށް ބޭނުންވާ ހަތިޔާރު ކިއޭވަށް ދިނުމަށް ވޮޝިންގްޓަން ވަނީ ކަށަވެތިވެފައެވެ.

ސޮލެވާން މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ވިދާޅުވިގޮތުގައި ޔުކްރޭންގެ އިތުރު ބިންތައް ހިފުން މަނާކުރުމަށް ޓަކައި އިތުރު ހަތިޔާރު ޔުކްރޭނަށް ފޮނުވޭނެއެވެ. އޭނާ ސިފަކުރެއްވި ގޮތުގައި ރަޝިޔާއިން ޔުކްރޭންގައި ހިންގަމުން އެ ދަނީ "ހަނގުރާމައިގެ ޖަރީމާތަކެކެވެ."

އެމެރިކާގެ ޤައުމީ ސަލާމަތާ ބެހޭ މުޝީރު ސޮލެވާން އޭބީސީ ނިވްޒަށް ދެއްވި ބަޔާނުގައި އައިސްފައި ވެއެވެ. "ރަޝިޔާގެ ހަމަލާތަކަށް ހުރަސްއެޅުމަށް ޔުކްރޭނަށް ބޭނުންވާ ހަތިޔާރު އަހުރެމެން ޔުކްރޭނަށް ދޭނަމެވެ. ރަޝިޔާއިން ޔުކްރޭންގެ އިތުރު ބިންތަކަށް ވެރިވެގަތުން އަހުރެމެން މަނާކުރާނަމެވެ." އޭނާ ވިދާޅުވިއެވެ. "އަހުރެމެން 24 ގަޑިއިރު މަސައްކަތް ކުރަމުން މި ދަނީ ޔުކްރޭނަށް ހަތިޔާރު ފޮނުވުމަށެވެ. އެތައް ޤައުމުތަކަކާއެކު ވިލަރެސްކޮށްގެން މި މަސައްކަތް ކުރެވެމުން އެބަދެއެވެ." އޭނާ ވިދާޅުވިގޮތުގައި ކޮންމެ ދުވަހަކު ޔުކްރޭނަށް އައު ހަތިޔާރު ލިބެމުން އެބަ ދެއެވެ.

އަނެއްކޮޅުން ވައިޓްހައުސް ބުނާގޮތުގައި ޔުކްރޭނަށް 1.7 ބިލިއަން ޑޮލަރުގެ ހަތިޔާރު ފޮނުވިއްޖެއެވެ. އޭގެތެރޭގައި މަތިންދާ ބޯޓާ އިދިކޮޅު ސްޓިންގަރ  ރޮކެޓާއި ޓޭންކާ އިދިކޮޅު ޖެލްވިން ރޮކެޓާއި ރައްކައުތެރިކަމަށް ބޭނުންވާ އައްޑަނައާއި ޙަމަލާދިނުމަށް ބޭނުންވާ ވަޒަނާއި ޢަސްކަރީ އުޅަނދުފަހަރު ހިމެނެއެވެ.

ޔުކްރޭންގެ ރައީސް ޒިލެންސްކީ ހާމަކުރައްވާ ގޮތުގައި ރަޝިޔާގެ "ޢުދްވާނުގެ" ސަބަބުން 44 މިލިއަން މީހުންގެ ގެދޮރު ނެތިއްޖެއެވެ. އެތައް ހާސް ބަޔަކު ޒަޚަމުވެއްޖެއެވެ. އެތައް ރަށެއްގެ ޢިމާރާތްތައް ބިމާހަމަވެއްޖެއެވެ.

ރަޝިޔާއިން ދޮގު ކުރޭ

ރަޝިޔާއިން ބުނާގޮތުގައި އެ ޤައުމުން ދެމުންގެންދާ ޢަސްކަރީ ޙަމަލާގައި ޢާންމުންނަށް އަމާޒުކޮށް އެއްވެސް ޙަމަލާއެއް ދީފައެއް ނުވާނެއެވެ. ޢާންމުންނަށް ޙަމަލާދެނީ ޔުކްރޭން ސިފައިން ކަމަށް މޮސްކޯއިން ތުހްމަތު ކުރިއެވެ. ރަޝިޔާ ބުނާގޮތުގައި އެ ޤައުމުން ޔުކްރޭނަށް އެރީ އެޤައުމުގައި އަތްގަދަކުރަމުންދާ އައު ނާޒީ ޙަރަކާތް ނައްތައިލުމަށާއި މިނިވަންކަމަށް ބޭނުންވެފައިވާ ރަޝިޔާގެ އެތައް މިލިއަން ރައްޔިތުންނެއް ޙިމާޔަތް ކުރުމަށް ޓަކައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް