Support Us

އެންމެ އިންޗިއެއްވެސް ފަހަތަކަށް ނުޖެހޭނަން: އީރާން

ޞުލްޙަވެރި ލަޑުދަނޑިތަކަށް ޓަކައި އީރާނުގެ ނިޔުކްލިއަރ މަސައްކަތްތައް ތަރައްޤީ ކުރުން ހުއްޓައި ނުލައި ކުރިއަށް ގެންދާނެކަމަށް އީރާނުގެ ރައީސް އިބްރާހީމު ރައީސީ މިއަދު ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވިގޮތުގައި އީރާނާއެކު 2015ގައި އެއްބަސްވެ މުޢާހަދާގައި ސޮއިކޮށްފައިވާ ހުރިހާ ޤައުމުތަކަކުން މި އެއްބަސްވުމަށް އިޙްތިރާމު ކުރާން ވާނެއެވެ.

ރައީސީ މިމޭރުމުން ވާހަކަފުޅު ދެއްކެވީ އީރާނުގެ ނިޔުކްލިއަރ އަރުތަތަކާ ބެހޭ މަޢުރަޟެއް ބައްލަވައިލެއްވުމަށްފަހު ނޫސްވެރީންނާ ވާހަކަފުޅު ދައްކަވަމުންނެވެ. މި މަޢުރަޟުގައި ނިޔުކްލިއަރ މައިދާނުގައި އީރާނުން ތަރައްޤީ ކުރަމުން ގެންދާ އައު ނުވަ މަޝްރޫޢެއް ދައްކައިލައިފައި ވެއެވެ. އޭގެ ތެރޭގައި ޔޫރޭނިއަމް މުއްސަނދިކުރުމަށް ޓަކައި ބޭނުންކުރާ ސެންޓްރިފއުގަލް އާލަތްތަކެއް ވެސް ވެއެވެ.

އީރާނުގެ ރައީސް ރައީސީ ވިދާޅުވިއެވެ. "އެހެން މީހުން ބޭނުންވާ ގޮތަށް އީރާނުގެ ޞުލްޙަވެރި ނިޔުކްލިއަރ ޕްރޮގްރާމުތައް ބަދެފައެއް ނުބާއްވާނަމެވެ. އަހުރެމެން މި މަޝްރޫޢުތަކަށް ތާއިދު ކޮށް މި މަޝްރޫޢުތަކަށް ވާގިވެރިވާނަމެވެ." އޭނާ ވިދާޅުވިއެވެ. "މި ކަމުގައި އަހުރެމެން އެންމެ އިންޗިއެއްވެސް ފަހަތަކަށް ނުޖެހޭނަމެވެ." އޭނާ ބާރުލައްވައި ވިދާޅުވިގޮތުގައި އީރާނުގެ ނިޔުކްލިއަރ ހަކަތައާ ބޭހޭ ޢިލްމީ ޕްރޮގްރާމްތައް ހުއްޓުވައެއް ނުލެވޭނެއެވެ. އަދި މި ޕްރޮގްރާމުތައް ފަހަތަކަށް ވެސް ނުޖެއްސޭނެއެވެ.

އޭނާ ވާހަކަފުޅު ކުރިއަށްގެންދަވަމުން ވިދާޅުވިއެވެ. "އަހުރެމެންގެ މި ޕްރޮގްރާމުތަކަކީ ޞުލްޙަވެރި ޕްރޮގްރާމުތަކެކެވެ." އޭނާ ހާމަކުރެއްވި ގޮތުގައި އީރާނުގެ އަމިއްލަ ތަޖްރިބާއާއި މަސައްކަތުން އީރާނުގެ ހުޅަނގު ދެކުނުގެ ދާރުޚުވީން ސަރަހައްދުގައި ނިޔުކްލިއަރ ސްޓޭޝަނެއް ބިނާކުރެވޭނެއެވެ.

އެމެރިކާގެ 24 މަސްއޫލުވެރިއަކާ ދެކޮޅަށް އީރާނުން ފިޔަވަޅު އަޅައިފި

އަނެއްކޮޅުން ބަލާއިރު އިންސާނީ ޙައްޤުތަކާ ދެކޮޅަށް މަސައްކަތް ކުރައްވާކަމަށް އީރާނުން ތުހްމަތުކޮށް އެމެރިކާގެ 24 މަސްއޫލުވެރިއަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އީރާނުން މިއަދު ނިންމައިފިއެވެ. އީރާނުގެ ޚާރިޖިއްޔާ ބުނާގޮތުގައި މި ބޭފުޅުންނާ ދެކޮޅަށް ފިޔަވަޅު އަޅަން ނިންމީ އީރާނުގެ ރައްޔިތުންނާ ދެކޮޅަށް މި ބޭފުޅުން ނިރުބަވެރި ޢަމަލުތައް ހިންގަވައިފާވާތީއާއި އެފަދަ ޢަމަލުތަކަށް ހިތްވަރުދެއްވައިފައިވާތީއެވެ. މިބޭފުޅުންގެ ތެރޭގައި އެމެރިކާގެ ކުރީގެ ޗީފް އޮފް ސްޓާފް ޖޯރޖް ކޭސީއާއި އެމެރިކާގެ ސެންޓްރަލް ކޮމާންޑްގެ ކުރީގެ ވެރިޔާ ޖެނެރަލް ޖޯޒިފް ވޮޓޭލްއާއި ވިޔަފާރިއާ ބެހޭ ކުރީގެވަޒީރާއި މާލީވަޒީރު ވިލްބަރ ރޮސް އާއި ޖޭކަބް ޖޯޒިފް ލޯ އާއި ނިވްޔޯރކްގެ ކުރީގެ މޭޔަރ ރޯޑީ ޖޫލިޔާނީ ވެއެވެ. ޖަނަވަރީ 2021ގައި އީރާނުން ވަނީ އެމެރިކާގެ 51 ބޭފުޅަކު ކަޅު ލިސްޓަށް ލައިފައެވެ. އެއީ އީރާނުގެ އިންޤިލާބީ ލަޝްކަރުގެ ވެރިޔާ ޤާސިމު ސުލައިމާނީ ބަޣްދާދަށް ވަޑައިގެންނެވިތަނާ އަވަހާރަކޮށްލި މަސްއަލައިގައެވެ. އެ ބޭފުޅުންގެ ތެރޭގައި އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އޭނާގެ ޚާރިޖީ ވަޒީރު ޕޮމްޕިއޯއާއި ދިފާޢީ ވަޒީރު މާރކް އެސްޕަރ ހިމެނިވަޑައިގަންނަވައެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް