Support Us

ޔުކްރެނުގެ މަދަނީން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކުރަނީ

ރޫސީ-ޔޫކްރޭނު ހަނގުރާމަ: އިއްޔެ ހިނގީ ކޮން ކަމެއް؟

ޔޫކްރޭނުގައި ރޫސީން ހިންގާން ފެށި "އަސްކަރީ ޙަރަކާތް" ހިނގާތާ ދެ މަހާ ކައިރިވަނީއެވެ. މި ހަމަނުޖެހުމުގެ ފުރަތަމަކޮޅު އަޅުގަނޑުމެން ވެސް އެކަމަށް ސަމާލުކަން ދިން ވަރަކަށް މިހާރަކު ނުދެވެއެވެ. އެހެންނަމަވެސް ހަމަ ކޮންމެ ދުވަހަކު ވެސް މި ސަރަހައްދުގައި އެތައް ކަންތައްތަކެއް ހިނގަމުންދެއެވެ. އެހެންކަމުން އެ ސަރަހައްދައް ނަޒަރެއް ދެމާތޯއެވެ!

ރޫސީން ބޭނުންވި މަގުސަދު ހާސިލުވި ކަމަށް ބުނެ އުތުރު ޔޫކްރޭނުގެ ކްޔީވް ސަރަހައްދާއި ޚަރްކިވް ސަރަހައްދާއި ޗަރްނިހިވް ސަރަހައްދުތަކުން އެ މީހުންގެ ބިމުގެ ބާރުތަކުގެ ފައުޖުތައް ބޭރުވާން ފަށައިފި ކަމަށް އެމެރިކާއިން އިއްޔެވަނީ ޚަބަރުދީފައެވެ.

އެހެންކަމުން ޔުކްރޭނުގެ ބާރުތަކުން މިހާރު ގެންދަނީ، ރޫސީން ދޫކޮށްފައި ދިޔަ މައިނުތަކާއި އެހެނިހެން ތަކެތި ހޯދައި އެއްކޮށް ތަން ސާފުކުރުމުގައި އެ ސަރަހައްދުތަކުގައި ޙަރަކާތެރިވަމުންކަމަށް އެމެރިކާގެ އަސްކަރީ އިސް އޮފިޝަލަކާ ޙަވާލާދީ އޭއެފްޕީއިން ޚަބަރު ދީފައިވެއެވެ. އެމެރިކާއިން ލިބޭ ޚަބަރުތައް ބުނާ ގޮތުގައި ރޫސީން މިހާރު ގެންދަނީ ޔޫކްރޭނުގެ އުތުރުން ބެލަރޫސްގައި ނުވަތަ ރޫސީވިލާތުގައި އަލުން ފައުޖުތައް ރުކުރުވައިލަމުންނެވެ. އެމެރިކާގެ އަސްކަރީ ހެޑްކުއާޓަރު ޕެންޓަގަނުން ލަފާކުރާ ގޮތުގައި ރޫސީންގެ ބިންމަތީ ފައުޖުތައް އަލުން ޔޫކްރޭނަށް ފޮނުވުމަކީ ވަރަށް ކައިރިކަމެކެވެ. އަދި މިފަހަރު ލަސްކަރުތައް ފޮނުވާނީ، ރޫސީންގެ މިހާރުގެ އަމާޒު ކަމަށްވާ ޔޫކްރޭނުގެ އިރުމަތީ ފަޅިއަށް ކަމަށް ވެސް ޕެންޓަގަނުން ލަފާކުރެއެވެ.

އަނެއްކޮޅުން ރޫސީ ސިފައިން ހިޞާރުކޮށްފައިވާ މެރިއުޕޯލްގައި ތާށިވެފައި ތިބި 500 އަށް ވުރެ ގިނަ މަދަނީ ސަލާމަތްކޮށް ރައްކާތެރި ސަރަހައްދުތަކަށް ގެންދެވިފައިވާ ކަމަށް ވެސް ޚަބަރު ލިބެއެވެ. މަދަނީން އެހެން ސަރަހައްދުތަކަށް ގެންދާން ފެށީ، މެރިއުޕޯލް ސަލާމަތްކުރާން ޔޫކްރޭނުން ކުރި އެއްވެސް މާގައެއް ކާމިޔާބު ނުވުމުގެ ސަބަބުންނެވެ.

މި ސަރަހައްދު ރޫސީން ހިސާރުކޮށްފައި އޮތަސް ބައިނަލްއަޤުވާމީ ރެޑްކްރޮސްގެ އޮފިޝަލުންނަށް ބަހާއި ކާރުގައި އެ ސަރަހައްދަށް ވަންނާން ރޫސީން ހުއްދަދެއެވެ. މި ގޮތަށް ޒިޔާރަތްކުރާ އޮފިޝަލުން މަޢުލޫމާތުދޭ ގޮތުގައި އަދިވެސް އެތައް ހާސް މަދަނީންނެއް އެ ސިޓީގައި ތާށިވެފައި ތިބޭނެ ކަމަށް ލަފާކުރެވެއެވެ.

(ނޯޓް: މި ލިޔުމުގައި ތަންތަނާއި މީހުންގެ ނަންތައް އަޅުގަނޑު ލިޔެގައި ހުންނާނީ އިނގިރޭސީން ކިޔާ ގޮތަކަށް ނޫނެވެ. އެކަމަކު އެ ނަންތަކުގެ އަހުލުވެރީން ކިޔާ ގޮތާ އެންމެ ކައިކުރާ ގޮތަކަށެވެ. އެހެންވީމާ އެހެން ބޭފުޅުން ލިޔުއްވާ ގޮތާ ތަފާތުވެދާނެތީ މަޢޫލޫމާތަށް ޓަކައި މި ވާހަކަ ދަންނަވައިލީއެވެ.)

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *