Support Us

ހުޅަނގު އައްސޭރީގެ ސަރަޙައްދުތަކަށް އިސްރާއީލުން ބަދަލުހިފުމުގެ ޙަމަލާތަކެއް ދޭން ފަށައިފި

ގަދަކަމުން ވަޒަންވެރިކުރުވާފައިވާ ޔަހޫދީންގެ ބަޔަކު ފަލަސްޠީނު މީހަކަށް ޙަމަލާދީ ޒަޚަމުކޮށްލައިފިއެވެ. މި ހާދިސާ ހިނގައިފައި ވަނީ އިސްރާއީލު ފުލުހުންނާއި ޔަހޫދީ ވަޒަންވެރީން ގުޅިގެން ހުޅަނގު އައްސޭރީގެ ބައެއް ރަށްރަށަށް ދެމުންގެންދާ ބަދަލުހިފުމުގެ ޙަމަލާތަކުގެ ތެރޭގައެވެ. ފަލަސްޠީނު މީހާ ޒަޚަމުވީ ޔަހޫދީންގެ ބަޔަކު އެނާގެ ގައިގައި ތަޅައިގަތުމުގެ ސަބަބުންނެވެ.

ހުޅަނގު އައްސޭރީގެ ނާބްލްސްގެ ރެޑް ކްރެސެންޓް ޖަމްޢިއްޔާގެ އެންބިއުލެންސާއި ކުއްލި ޙާލަތްތަކާ ބެހޭ ބައިގެ ޑިރެކްޓަރު އަޙްމަދު ޖިބްރީލް ހާމަކުރެއްވި ގޮތުގައި ޔަހޫދީން ޙަމަލާދިން ފަލސްޠީނު ޒުވާނާގެ އަތް ވަނީ ބިންދައިލައިފައެވެ. އޭނާ ވަނީ ރުފައިދިޔާ ހަސްފަތާލަށް ގެންގޮސްފައެވެ.

ޚަބަރު ފަތުރާ ވަސީލަތްތައް ބުނާގޮތުގައި ޔަހޫދީ ވަޒަންވެރީންތަކެއް ހުޅަނގު އައްސޭރީގެ ޝާފީ ޝަމްރޫން ނަމަކަށް ކިޔާ ސަރަޙައްދަށް ވަދެ އެ ސަރަޙައްދުގެ ރައްޔިތުންނަށް ވަނީ އަނިޔާކޮށްފައެވެ. އެއީ އިރުމަތީ ނާބްލްސްގެ ސަރަޙައްދެކެވެ. އަނާޟޫލު ނޫސް އޭޖެންސީ ބުނާގޮތުގައި ޔަހޫދީ އާބާދީއެއް ކަމުގައިވާ ޝޭލޫ އާބާދީގެ ވަޒަންވެރީން އެއްވެ ފަލަސްޠީނު މީހުންގެ އުޅަނދުތަކަށް ގަލުން ޙަމަލާދީ އޭއްޗެއްސަށް ވަރަށް ބޮޑަށް ވަނީ ގެއްލުންދީފައެވެ.

މި ނޫސް އޭޖެންސީ ބުނާގޮތުގައި އެ ހިސާބާ ކައިރީގައި އޮންނަ ޔަހޫދީ އާބާދީއެއް ކަމުގައިވާ މަޢާލޭ ލިވޫނާ އަށް ވަޒަންވެރީން އެއްވެ ފަލަސްޠީނު މީހުންގެ އުޅަނދުތަކަށް ވެސް ވަނީ ގެއްލުންދީފައެވެ.

އަނެއްކޮޅުން އިސްރާއީލު ބުނާގޮތުގައި ހުޅަނގު އައްސޭރިއަށް ވަދެވޭ އެންމެ ބޮޑު މަގު މިހާރު ވަނީ އިސްރާއީލު ސިފައިން ބަންދުކޮށްފައެވެ. މި ކަމުގެ ސަބަބުން ސިންޖަލް ނަމަކަށް ކިޔާ ރަށުގައި ދިރިއުޅޭ ފަލަސްޠީނު މީހުންނަށް ގެއަށް ދިޔުމަށް ވަނީ ވަރަށް ބޮޑަށް ދަތިވެފައެވެ.

ފަލަސްޠީނުގެ ރަސްމީ ނޫސް އޭޖެންސީ ބުނާގޮތުގައި ހުޅަނގު އައްސޭރީގެ އުތުރު ރަށެއް ކަމުގައިވާ މަރްދާ ރަށަށް ޔަހޫދީ ވަޒަންވެރީން އަރައި ފަލަސްޠީނީންގެ ގޭގެއަށާއި އުޅަނދުތަކަށް ޙަމަލާދީ ބޮޑެތި ގެއްލުންތަކެއް ވަނީ ދީފައެވެ.

ހުޅަނގު އައްސޭރީގައި ވަޒަންވެރިކުރުވާފައިވާ ޔަހޫދީންގެ ފައިލް ބަލަހައްޓަވާ ރަސްމީ މަސްއޫލުވެރިޔާ ޣައްސާން ދަޣްލަސް ވިދާޅުވާ ގޮތުގައި ނާބްލުސް ކައިރިއަށް ޔަހޫދީ ވަޒަންވެރީންގެ އެތައް ބަޔަކު އެބަ ޖަމާވަމުން ދެއެވެ. އޭނާ ނޫސްވެރީންނަށް ހާމަކުރެއްވި ގޮތުގައި ނާބްލުސްގެ ދެކުނުގައި އޮންނަ ބޮރޭން ނަމަކަށް ކިޔާ ރަށަށް ޔަހޫދީ ވަޒަންވެރީންގެ ބަޔަކު އަރައި ފަލަސްޠީނު މީހުންގެ ބައެއް އުޅަނދުތައް ވަނީ ހަލާކުކޮށްލައިފައެވެ.

ފަލަސްޠީނުގެ ރަސްމީ ނޫސް އޭޖެންސީ "ވަފާ" ބުނާގޮތުގައި އިސްރާއީލު ސިފައިން މިހާރު ވަނީ ޠުލްކަރަމުގެ އިރު ދެކުނުގައި އޮންނަ ޝޫފާ  ހުރަސްމަގާއި ޠުލްކަރަމުގެ ދެކުނުގައި އޮންނަ ޖަބާރާ  ހުރަސްމަގު  ބަންދުކޮށްފައެވެ.

މި ދިޔަ އަންގާރަ ދުވަހުގެ ރޭ ބަނީ ބައްރާކު ސަހަރުގައި ބަދަލު ކުރެވުނު ބަޑީގެ ޙަމަލާތަކެއްގައި ފަސް އިސްރާއީލީން ވަނީ މަރުވެފައެވެ. މި ސަހަރުގައި ޙައްދުފަހަނަޅައިފައިވާ ޔަހޫދީން "ޙަރީދީމުން" ގެ ވަރަށް ގިނަ ބަޔަކު ވަނީ ވަޒަންވެރިވެފައެވެ. އިސްރާއީލުގެ "ކާން" ޓީވީ ޗެނެލް ބުނާގޮތުގައި މި ޙަމަލާދިނީ ޟިޔާއު ޙަމާރުޝާ، 27، ނަމަކަށް ކިޔާ ފަލަސްޠީނީއެކެވެ. އިސްރާއީލު ބުނާގޮތުގައި ފަލަސްޠީނުގެ މި މިހާ އެ ރަށުގައި ދިރިއުޅެނީ ޤަވާޢިދާ ޚިލާފަށެވެ. އިސްރާއީލުގެ ދުވަހުނޫސް ބަދީޢޫތު އަޙްރަނޫތު ބުނާގޮތުގައި މި ޙަމަލާދިން މީހާ ވަނީ މަރައިލައިފައެވެ. އޭނާއާއެކު މި ޙަމަލާގައި ބައިވެރި އަނެއް މީހާ ވަނީ ހައްޔަރު ކޮށްފައެވެ. ތިންވަނަ މީހަކު ވަނީ ފިލައިފައެވެ. އިސްރާއީލު ސިފައިން މި މީހާ ހޯދުމަށް ޓަކައި މުޅި އެ ހިސާބު ދަނީ ބަލައި ފާސްކުރަމުންނެވެ.

ހުޅަނގު އައްސޭރީގައްޔާއި އިރުމަތީ ޤުދުސްގައި 1967ގެ ފަހުން ޔަހޫދީން ވަޒަންވެރިކުރުވުމަށް ޓަކައި 130 ޔަހޫދީ އާބާދީ ހަދައިފައި ވެއެވެ. މި އާބާދީތަކުގައި 650 ހާސް ޔަހޫދީން ވަނީ ވަޒަންވެރިކޮށް ބާރުވެރި ކުރުވައިފައެވެ.

.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *