Support Us

ބައިނަލްއަޤްވާމީ މަސްއަލަތަކާމެދު މަޝްވަރާކުރެއްވުމަށް ޢަރަބި 4 ޒަޢީމަކު ބައްދަލު ކުރައްވައިފި

އުރްދުންގެ ރަސްގެފާނު ދެވަނަ ޢަބްދުﷲގެ މެހެމާންދާރީގައި އުރްދުންގެ ޢަޤަބާގައި މިޞްރުގެ ރައީސް ސީސީއާއި އިމާރާތުގެ ވަލީ ޢަހްދު މުޙައްމަދު ބިން ޒާއިދާއި ޢިރާޤުގެ ބޮޑުވަޒީރު މުޞްޠަފާ އަލްކާޡިމީގެ ސަމިޓެއް ރޭ ބާއްވައިފިއެވެ. އުރްދުންގެ ރަސްގެފާނުގެ ޝާހީ ދީވާނުން ބުނާގޮތުގައި މި ސަމިޓްގައި މަޝްވަރާ ކުރެވުނީ މި ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުންތަކާއި ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ މަސްއަލަތަކާ ބެހޭގޮތުންނެވެ.

އުރްދުނުގެ މި ބަޔާން ބުނާގޮތުގައި މި ބައްދަލުވުމުގައި އެ ބޭފުޅުންގެ އިތުރަށް އުރްދުންގެ ވަލީޢަހްދު އަލްޙުސައިން ބިންޢަބްދުﷲ (2ވަނަ)އާއި ސުޢޫދީ ދައުލަތުގެ ވަޒީރު ތުރްކީ ބިން މުޙައްމަދާއި އިމާރާތުގެ ޤައުމީ ސަލާމަތާ ބެހޭ މުޝީރު މުޙައްމަދު ބިން ޙަމަދު ބިން ޠަޙްނޫން ބައިވެރިވެވަޑައިގަތެވެ.

އަނެއްކޮޅުން ބަލާއިރު އެމެރިކާގެ ޚަރިޖީ ވަޒީރު ބްލިންކެން މިއަދު މެދުއިރުމައްޗަށް ކުރައްވާ ދަތުރުފުޅެއް ފަށްޓަވާނެއެވެ. ބްލިންކެން މި ދަތުރުފުޅުގައި އިސްރާއީލަށާއި މަޣްރިބަށާއި ޖަޒާއިރަށާއި ހުޅަނގު އައްސޭރިއަށް ވަޑައިގަންނަވާނެއެވެ.

މީގެ ދެތިން ދުވަސްކުރީން މިޞްރުގެ ޝަރްމުއް ޝއިޚުގައި  މިޞްރުގެ ރައީސް ސީސީގެ ދަޢުވަތަކަށް މިޞްރު– އިމާރާތު– އިސްރާއީލު ސަމިޓެއް ވަނީ ބާއްވައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް