Support Us

އިސްރާއީލުގެ ކޮމާންޑޯ ސިފައިންގެ ބަޔަކު ޔުކްރޭނުގައި ތަމްރީނު ދެމުން އެބަދޭ

އިސްރާއީލު ސިފައިންގެ އޮފިސަރުންތަކެއް ޔުކްރޭންގައި ރަޝިޔާއާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ޓަކައި ޔުކްރޭން މީހުންނަށް ތަމްރީނު ދެމުން އެބަދާ ކަމަށް އިސްރާއީލުގައި ޢިބްރީ ބަހުން ނުކުންނަ ދުވަހު ނޫހެއް ބުނެފިއެވެ.

ބަދީޢޫތު އަޙްރަނޫތު މިއަދު ހާމަކުރިގޮތުގައި މި މީހުން މި ތަމްރީނުތައް ޔުކްރޭންގެ ވޮލަންޓިއަރުން ދެމުންދަނީ ވަރަށް ސިއްރު ތަނެއްގައެވެ.

މި ނޫސް ބުނާގޮތުގައި ޔުކްރޭންގައި ހަނގުރާމަކުރުމަށް ތަމްރީން ދިނުމުގައި އުޅެނީ ޚިދްމަތުން ވީއްލިފައިވާ ކޮމާންޑޯ ސިފައިންގެ ވަރަށް މަތީ ދަރަޖައިގެ އެލީޓް އޮފިސަރުންތަކެކެވެ.

އިސްރާއީލުގެ ކޮމާންޑޯ ސިފައިންގެ ބަޔަކު މި ތަމްރީނު ދެމުންދަނީ ތަފާތު ފެންވަރުތަކުގައި އެއްވެސް އަގެއް އުޖޫރައެއް ނުނަގައި ވޮލަންޓަރީކޮށްނެވެ. މި ނޫސް ބުނާގޮތުގައި އެ ނޫހަށް މި މަޢުލޫމާތު ދިނީ "ދާނީ" ނަމަކަށް ކިޔާ މީހެކެވެ. މިއީ އިސްރާއީލުގެ ކޮމާންޑޯ ގްރޫޕްގެ އިސްވާރެއްގެ ސިއްރު ނަމެވެ. މި ނޫސް ބުނާގޮތުގައި އޭނާއަކީ އިސްރާއީލުގެ ކޮމާންޑޯ އެލީޓް ގްރޫޕަކުން ވީއްލައިފައިވާ އޮފިސަރެކެވެ.

މި ނޫސް އޭނާއާ ޙަވާލާދީ ބުނާގޮތުގައި އޭނާ ތަމްރީނުދޭ ޔުކްރޭން މީހުންގެ ތެރޭގައި އަންހެނުންނާއި ފިރިހެނުން ހިމެނެއެވެ. މީގެތެރެއިން ބައެއް މީހުންނަކީ ޢަސްކަރީ ޚިދްމަތުގައި ކުރިން އުޅެފައިވާ ބައެކެވެ. އަނެއް ބައި މީހުންނަކީ ކުޅިވަރު ކުޅޭ ބައެކެވެ. ތިންވަނަ ބަޔަކީ ދޫނި ޝިކާރަކުރުމުގެ ތަމްރީނު ލިބިފައިވާ ބައެކެވެ.

މި ނޫސް ބުނާގޮތުގައި ރޫސީ ޖާސޫސީ އިދާރާއަށް އެނގިދާނެތީ މި ތަމްރީނުތައް ދެނީ ވަރަށް ސިއްރު ތަނެއްގައެވެ. ތަމްރީނު ދޭ އެއްވެސް މީހަކު އޭނާ އަކީ ކާކުކަން ހާމަކުރާން ބޭނުމެއް ނުވެއެވެ. އެހެނަސް މި ނޫސް ބުނާގޮތުގައި މި މީހުންނަށް ތަމްރީނު ދެނީ ވަރަށް ފުޅައުކޮށް ހުޅަނގު ޔުކްރޭނުގައެވެ. މި ކަން ކުރަނީ ޞިނާޢީ ބިނާތަކެއްގެ ތެރޭގައި މަސައްކަތު ގަޑި ނިމުނީމާ ކަމަށް މި ނޫސް ބުންޏެވެ.

ދާނީ ބުނި ގޮތުގައި މި ތަމްރީނުތަކުގެ ބޭނުމަކީ ރަޝިޔާގެ ކިބައިން ޔުކްރޭން ދިފާޢު ކުރުމަށް ޓަކައި ވީހާ ގިނަ ބަޔަކަށް ތަމްރީނު ދިނުމެވެ.

އިސްރާއީލު ސިފައިން ޔުކްރޭނަށް ދާން ތައްޔާރުވާ އިސްރާއީލުގެ ލަޝްކަރުގައި ހިމެނޭ އޮފިސަރެއް ކަމުގައިވާ ސަރގީ ނޮވިޓްސްކީ ބުނާގޮތުގައި އިސްރާއީލުގެ ޢަސްކަރިއްޔާގައި ޚިދްމަތްކޮށް ރިޓަޔަރ ކޮށްފައި ތިބި އެތައް ބަޔަކު ޔުކްރޭނަށް ހަނގުރާމަ ކުރުމަށް ޓަކައި މިހާރު ދަނީ ތައްޔާރުވަމުންނެވެ. އޭނާއާ ޙަވާލާދީ މި ނޫސް ބުނާގޮތުގައި އިސްރާއީލު ސިފައިންގެ ވޮލަންޓިއަރުން ޔުކްރާނަށް ދާނީ ޕޯލެންޑް މަގުންނެވެ. ވައިގެ މަގުން ޕޯލެންޑަށް ގޮސް އެއްގަމު މަގުން ޔުކްރޭނަށް ދާ ގޮތަށް އެމީހުން ހަތިޔާރާއެކު ވަރަށް އަވަހަށް ފުރާނެއެވެ.

ނޮވިޓްސްކީ, 38, (ފޮޓޯ) އަކީ ޔުކްރޭނުން އިސްރާއީލަށް ގޮސްފައިވާ ޔަހޫދީއެކެވެ. އޭނާ މީގެ 24 އަހަރު ކުރީން ވިހައިފައި ވަނީ ކިޔޭވްގައެވެ. އޭނާގެ ބައްޕަ އަދި ވެސް އުޅެނީ ކިޔޭވްގައެވެ. އޭނާ ބަދީޢޫތު އަޙްރަނޫތާ ވާހަކަ ދައްކަމުން ބުނި ގޮތުގައި އޭނާވެސް މިހާރު ތައްޔާރު ވަނީ ކިޔޭވަށް ދާށެވެ. އޭނާ ބުނިގޮތުގައި މި ދަތުރަކީ ވަރަށް ނުރައްކާތެރި ދަތުރެކެވެ.

އޭނާ ބުންޏެވެ. "އަހުރެމެންނަށް ދެވޭނީ ޔުކްރޭންގެ ކޮން ރަށަކަށް ކަމެއް ނޭނގެއެވެ. ދަތުރުކުރަން ޖެހޭ މަގު ވަރަށް ނުރައްކާތެރިއެވެ. ރޫސީ ސިފައިން ހަމަ ކުއްލިއަކަށް ޙަމަލާދީފާނެއެވެ."

ޔުކްރޭންގެ ރައީސަކީ ވެސް ޔަހޫދީއެކެވެ. ޔުކްރޭނަށް ދުނިޔޭގެ މީޑިއާތަކުން އެހާ ބޮޑު އަހައްމިއްޔަތެއް ދެނީ މިކަމާ ހެދިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

One Response

  1. އުއްމީދު ކުރަނީ ޔަހޫދީންގެ މައްޗަށް ރަޝިއާ ކުރި ހޯދާނެކަމަށް. އިންޝާﷲ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް