"މިއަދު ޔުކްރޭނުން ފެންނަމުންދާ ކަންތައްތަކަކީ ރަޝިޔާގެ އެކައުންޓްގެ މަތީގައި ހުޅަނގު ވުޖޫދުވުމަށް ކުރާ މަސައްކަތެއް" ކަމަށް ރޫސީ ޚާރިޖީ ވަޒީރު ސަރގީ ލެފްރޯފް ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވި ގޮތުގައި އެއީ "ދުނިޔެ އެންމެ ޤައުމެއްގެ ސިޔާސަތުގެ މައްޗަށް ބަރޯސާ ކުރުވަން " ކުރާ މަސައްކަތެކެވެ.
ރޫސީ ވަޒީރު ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވި ގޮތުގައި "ހުޅަނގުން މަސައްކަތް ކުރަނީ ރަޝިޔާ އެކަހެރި ކުރާށެވެ. ނޭޓޯ އިރުމަތީ ބިތަށް ފުޅައު ކުރާށެވެ. މިއީ އަހުރެމެންގެ އަމްނަށާއި ސަލާމަތް ހިރާސަށް ހާސާ ކުރުމެވެ."
ދުނިޔޭގެ މީޑިއާތަކުން މުޚާޠަބު ކުރައްވާ ރޫސީ ޚާރިޖީ ވަޒީރުގެ މި ބަޔާން ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "ހުޅަނގުން ހިތްވަރުދެނީ ޤައުމީ ނަސްލީ އިމްތިޔާޒުގެ ތިޔަރީއަށެވެ. ޒުވާން ޖީލުތަކުގެ ހުޅަނގުގެ ތަރްބިޔަތާއި ތަޢުލީމުން މި މަންހަޖު ފެނެއެވެ." އޭނާ ވިދާޅުވިއެވެ. "ހުޅަނގުގެ ތަޢުލީމީ މަންހަޖުގައި އޮތީ ތާރީޚާއި ސަޤާފަތު ނައްތައިލުމުގެ އައު ނަމޫނާއެކެވެ. އެއީ ރަޝިޔާ ފުހެލުމަށް ކުރާ މަސައްކަތެކެވެ."
އޭނާ ވިދާޅުވިއެވެ. "ހުޅަނގުން ނަސްލީ އިމްތިޔާޒަށް ގޮވައިލާ ޖަމާޢަތްތަކަށް ވާގިވެރިވަމުންދާތާ އެތައް ޒަމާނެއް ވެއްޖެއެވެ. ޔުކްރޭންގައި މިހާރު ހިނގަމުން އެ ދާ ކަންތައްތަކަކީ މީގެ ވަރަށް ރަނގަޅު މިސާލެކެވެ. ޔުކްރޭންގެ ޤައުމީންނާއި ޢުންޞުރީން ޔުކްރޭނުގެ ޤާނޫނުތައް ފުޑުފުޑުކޮށްލައިފިއެވެ. މިއީ އެތައް އަހަރެއް ކުރީން ފަށަފައިވާ މަސައްކަތެކެވެ."
"ޔޫރަޕްގެ އިއްތިޙާދަށް ޔުކްރޭން ވައްދައިފިނަމަ ރަޝިޔާގެ ހުރިހާ މަޞްލަޙަތުތަކެއް ހިރާސަށް ހާސާވެގެންދާނެކަން އަހުރެމެން ހުޅަނގަށް އަންގައި ސަމާލު ކުރުވީމެވެ. އެމީހުންނަށް އަހުރެމެންގެ އަޑެއް ނީވުނެވެ. އެމީހުން ރަޝިޔާއާއެކު އެއްބަސްވެފައިވާ މުޢާހަދާތަކަށް އެއްވެސް ކަށަވެތިވުމެއް ނުދިނެވެ. ކްރިމިއާގައި އުޅޭ ރޫސީ ރައްޔިތުންގެ ޙައްޤުތައް ނުރައްކަލަށް ހާސާވުމުން އަހުރެމެން ހުޅަނގު އެކަމަށް ސަމާލު ކުރުވީމެވެ. އެއްވެސް ދައުލަތެއްގެ އަމްނު ހިރާސަށް ހާސާނުކުރާނެކަމުގެ ސަލާމަތީ ޖާމިނުވުމަކަށް އެދުނީމެވެ." މިއިން އެއްވެސް ކަމަކަށް އިޖާބައެއް ނުލިބުނެވެ.
.



advertisment