ޔޫކްރޭންގައި މިހާރު ރޫސީވިލާތުން ޙިޞާރުކޮށްފައިވާ ބަނދަރު ސިޓީއެއް ކަމުގައިވާ މެރިއުޕޯލްގައި ދިފާޢީ ޙާމަލާތައް ދެމުންގެންދާ ޔޫކްރޭން ސިފައިންނަށް އަމާންދިނުމާއި ނުދިނުމާމެދު ގޮތެއް ނިންމާން ރޫސީން ދީފައިވާ މުއްދަތު ހަމަވެގެން ދިޔައިރު ވެސް ޔޫކްރޭނުން އަމާނެއް ނުދިނެވެ. ޔޫކްރޭނުގެ ރައީސް ވޮލެޑީމީރު ޒެލެންސްކީ ޔޫރޯވިޜަނަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވާ ގޮތުގައި އެ ގޮތަށް ދޭ "މުހުލަތެއް" މަސައްކަތެއް ނުކުރާނެއެވެ. އެހެނީ "ޙިޞާރުކުރެވިފައިވާ ޔޫކްރޭނީން އެންމެ ފަހު ވަގުތާ ޖެހެންދެން ހަނގުރާމަކުރާނެއެވެ."
އަނެއްކޮޅުން އެމެރިކާގެ ޕެންޓަގަނުން ބުނާ ގޮތުގައި ޔޫކުރޭނުގެ އަސްކަރީންނާއި މަދަނީން ގެންދަނީ ރޫސީންގެ ހަމަލާތައް ވަރުގަދައަށް ދިފާޢުކުރަމުންނެވެ. އަދި ކްރެމްލިނުންގެ ގެންދަނީ އެ މީހުންގެ މަގުސަދު ހާސިލުކުރުމަށް ޓަކައި ޔޫކްރޭންގައި ޤުރުބާންވަމުންނެވެ. "މިހާރު މި ހާލަތުން ފެންނަހެން އަހަންނަށް ހީވަނީ ރޫސީން ތިބީ ކަންބޮޑުވެ މާޔޫސްވެފައި ކަމަށެވެ. އެމީހުން ތިބީ މޭތެޅިތެޅިއެވެ." ޕެންޓަގަންގެ ތަރުޖަމާނު ޖޯން ކާރބީ ބުނެފައިވެއެވެ.
މީގެ ކުރީން ޔޫކްރޭންގެ އިދާރާތަކުން ބުނެފައިވަނީ މިއަދު ހެނދުނު ފަހެއް ޖެހުމުގެ ކުރީން މެރިއުޕޯލް ސިޓީ ރޫސީންނަށް ހަވާލުކުރާން މޮސްކޯއިން އަންގައިފައިވާ ކަމަށެވެ. އަދި ރޫސީން ބުނެފައިވަނީ އެ މީހުންގެ އަމުރަށް ތަބާވެ އަމާންދޭ މީހުންނަށް ރޫސީން ރައްކާތެރިކަމާއި ސަލާމަތްތެރިކަން ދޭނެ ކަމަށެވެ.
އެތައް ހާސް މަދަނީންނެއް އެ ސިޓީގައި ތާށިވެފައި ތިބި އިރު އަސާސީ މުހުތާދުތަކަށް ބޭނުންވާ ކާނާއާއި ބޯފެނާއި ބޭސް ވަނީ ނުރައްކާތެރި މިންވަރަކަށް މަދުވެފައެވެ.
އެމެރިކާއިން ފަތުރާ މަޢޫލޫމާތު ބުނާ ގޮތުގައި މަހެއްހާ ދުވަހަށް ދެމިގެންދާ ޔޫކްރޭން ހަމަނުޖެހުމުގައި ރޫސީން ވަނީ އެބައިމީހުންގެ ލަނޑުދަނޑިތައް ޙާޞިލުކުރާން ނުކުޅެދިފައެވެ. ހަނގުރާމަ ފެށުމުގައި އެ މީހުން ކުރި ހީކުރުންތަކާ އެއް ގޮތަށް ކަންތައް ނުދާތީ އެ މީހުންތިބީ ކަންބޮޑުވެ ހާސްވެފައި ކަމަށް ވެސް އެމެރިކާއިން ބުނެއެވެ.
އެހެންނަމަވެސް އެމެރިކާއަކީ މި ބާވަތުގެ ކަންކަމުގައި ދުވަހަކު ވެސް ތެދު މަޢުލޫމާތު ފަތުރާ ބަޔަކަށް ނުވާތީ ހަމައެކަނި އެ މީހުން ފަތުރާ ޚަބަރަށް އެކަނި ބަރޯސާ ވެގެން މައްސަލައިގެ ހަގީގަތާ ހަމައަށް ވާޞިލެއް ނުވެވޭނެއެވެ. ރޫސީންނަކީ އެމެރިކާގެ އެންމެ ބޮޑު ހަތުރުވެރިޔާ ކަމަށް ވާތީ އެ މީހުންގެ ވާހަކަތައް މުޅިން ވެސް ހުންނާނީ ރޫސީންނާ ދެކޮޅަށްކަން ފާހަގަކުރެވެއެވެ. ހަގީގަތް އެނގޭނީ ހުރިހާ މަސްދަރުތަކަކުން ލިބޭ ޚަބަރުތައް ދިރާސާކޮށްގެންނެވެ.



advertisment
One Response
ދިވެހި ބައެއް ނޫސްތަކުގަ އެބަހުރި ލިޔެފަ އެމެރިކާގެ ހީލަތްތެރިކަމުން ޕްރޮޕެގެންޑާ ފަތުރަން އެމެރިކާއިން ލިޔާ ލިޔުންތައް ނަކަލުކޮށްފަ. ހުޅަނގުން ހިންގާފޭކު ބްލޮގު ތަކުގަ އެބައިން ލިޔެފަ، ރަޝިއާ ސިފައިން ޓޭންކަރާ ވެޕަންތައް ހަވާލުކުރީމަ 10،000 ޑޮލަރު އެމީހަކަށް ދޭނެ ކަމަށާ އަދި ސިޓިޒެންޝިޕްވެސް ދޭނެ ކަމަށް. މިޝާ ކިޔާ ރަޝިއާގެ ސިފައިންގެ މީހަކަށް ހަނގުރާމަ ނިމުނީމަ މިބުނި އިނާޔަތްތައް ދޭނެ ކަމަށް. މިވާހަކަތައް އަދި އޮތެންޓިކެއް ނޫން. ނަމަވެސް ސޯސް ނުހިމަނާ ހަބަރު ލިޔެފަވެސް އޮތީ އަދި ރަޝިއާގެ އަސްކަރީ ގާބިލްކަމާއިމެދު ޝައްކު އުފައްދާފަ. ގައިމު ރަޝިއާގެ ބާރު ނެތްނަމަ ހުޅަނގުން މިހާރު ރަޝިއާ ފުނޑައި، ތިރިކޮށް، ޔުކްރޭނު ނޭޓޯއަށް ވެއްދީސް. ރަޝިއާ އިން ޔުކްރޭނުގެ އާންމުންނަކަށް ޓާގެޓެއް ނުކުރޭ. އާންމުންގެ އިމާރާތްތަކަށް އެޓޭކް ދެނީ އެތަންތަނުގައި ތިބެގެން ރަޝިއާގެ މީހުނާ ދިމާލަށް ބަޑި ޖެހީމަ. ހުޅަނގުން ހިންގާ ފޭކު ބްލޮގު ތަކުގަ އެބައިން ލިޔެފަ، ޓޭންކަރާ ވެޕަންތައް ހަވާލުކުރީމަ 10،000 ޑޮލަރު އެމީހަކަށް ދޭނެ ކަމަށާ އަދި ސިޓިޒެންޝިޕްވެސް ދޭނެ ކަމަށް. މިޝާ ކިޔާ ރަޝިއާގެ ސިފައިންގެ މީހަކަށް ހަނގުރާމަ ނިމުނީމަ މިބުނި އިނާޔަތްތައް ދޭނެ ކަމަށް. ބލެވެ ގޮތުގަ މިއީ ހަނގުރާމައިގައި ފިތުނަ އުފައްދައި ނަފްސާނީ ގޮތުން ރަޝިއާ ބަލިކޮށްލަން ފަތުރާ ޕްރޮޕެގަންޑާ