ޔުކްރޭންގެ މުހިއްމު އައްސޭރި ރަށެއް ކަމުގައިވާ މާރިޔޯޕޮލަށް އަމާންދިނުމަށް ރަޝިޔާއިން އަމުރު ކުރުމުން ޔުކްރޭނުން "އަމާންނުދޭނެ ކަމަށް" ރަޝިޔާއަށް އަންގައިފިއެވެ. ރަޝިޔާ ސިފައިން ރޭ ވަނީ މާރިޔޯޕޮލްގައި ތިބި ޔުކްރޭން ސިފައިން ހަތިޔާރު ބެހެއްޓުމަށް އަމުރުކޮށްފައެވެ.
އެހެނަސް ޔުކްރޭން ބުނާގޮތުގައި ހަނގުރާމަ ހުއްޓުމާ ބެހޭގޮތުން ބޭއްވެމުންދާ ވާހަކަދެއްކުން މިއަދު އަލުން ވަނީ ފަށައިފައެވެ.
ޔުކްރޭންގެ ބޮޑުވަޒީރުގެ ނައިބު އިރީނާ ފްރިޝްޗޮކް މިއަދު ހެނދުނު ވިދާޅުވި ގޮތުގައި މާރިޔޯޕޮލް އަމާންދީ ހަތިޔާރު ބަހައްޓާނެ ކަމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫނެވެ. އުކްރާންސްކާ ޕްރާވްޑާ އަށް އޭނާ ދެއްވި ބަޔާނެއް ބުނާގޮތުގައި "އެކަން ނުކުރާނެކަން މިހާރު ވާނީ ރަޝިޔާއަށް އަންގައިފައެވެ."
ރަޝިޔާގެ ޤައުމީ މަރްކަޒުގެ ދިފާޢީ އިދާރާއާ ބެހޭ ޑިރެކްޓަރު ކަރނަލް ޖެނެރަލް މީޚާއީލް މެޒިންޓްސީވް ވިދާޅުވާ ގޮތުގައި "ތިޔަބައިމީހުން ހަތިޔާރުތައް ބަހައްޓާށޭ ބުނާ ލިޔުންތަކެއް އަހުރެމެން ވަނީ މާރިޔޯޕޮލްގެ ތެރެއަށް އަޅައިފައެވެ." އޭނާ ވިދާޅުވިއެވެ. "އެހެން ނޫނީ އިންސާނީ ވަރަށް ބިރުވެރި ކާރިސާއެއް ހިނގައިފާނެއެވެ. ހަތިޔާރު ބަހައްޓާ ކޮންމެ މީހަކަށް ރަށުން ފޭބުމަށް އަމާން މަގެއް ތަނަވަސްކޮށްދެވޭނެއެވެ."
އޭނާ ވިދާޅުވިގޮތުގައި މި އަމާން މަގު ހުޅުވިފައި އޮންނާނީ މޮސްކޯ ގަޑިން ހެނދުނު 10:00 ން ފެށިގެންނެވެ. އޭނާ ވިދާޅުވިގޮތުގައި ހަތިޔާރު ބެހެއްޓުމަށާއި އަމާން ދިނުމަށް މާދަމާ ހެނދުނާ ހަމައަށް ފުރްޞަތު އޮންނާނެއެވެ.
ރަޝިޔާއިން މި ހުސްވި ފެބްރުވަރީ މަހުގެ 24ން ފެށިގެން ދަނީ ވަރަށް ވަރުގަދައަށް އެ ރަށަށް ޙަމަލާދެމުންނެވެ. ހަތަރު ލައްކަ މީހުން ދިރިއުޅޭ އެ ސަހަރު ޙިޞާރު ކުރުމުގެ ސަބަބުން އެ ރަށް ވަނީ ފެނަށާއި ކާބޯތަކެއްޗަށާއި ހަކަތައަށް ޖެހިފައެވެ.
ރޫސީ ޖަނަރަލް ވިދާޅުވާ ގޮތުގައި ރަޝިޔާ އިން އެ ސަހަރާ ދެކޮޅަށް ބަރު ހަތިޔާރު ބޭނުންކުރަމުންދާ ކަމަށް ހުޅަނގުގެ މީޑިއާތަކުންނާއި ޔުކްރޭނުން ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް ޙަޤީޤަތެއް ނެތް ދޮގު ވާހަކަތަކެކެވެ. ރަޝިޔާއިން މިހާރު ވަނީ އެ ރަށުން ބައިލައްކަ މީހުން ބޭރަށް ގެންގޮސްފައެވެ. ޔުކްރޭން ބުނާގޮތުގައި ރަޝިޔާއިން ވަނީ އެ ސަހަރުން 130 ހާސް މީހުން ރަހީނުންގެ ގޮތުގައި ހިފަހައްޓައިފައެވެ.
އަނެއްކޮޅުން ޔުކްރޭނުގެ ރިޔާސީ އޮފީހުން ބުނާގޮތުގައި ހަނގުރާމަ ހުއްޓުމާބެހޭ ވާހަކަދެއްކުންތައް މިއަދު އަލުން ފަށައިފިއެވެ. މި ވާހަކަދެއްކުންތައް ބޭއްވެމުންދަނީ ދާދިވަރުކޮށް ވީޑިއޯ ޗެނެލް މެދުވެރިކޮށެވެ.
އަނެއްކޮޅުން ޔުކްރޭންގެ ރައީސް ޒިލެންސްކީ ވިދާޅުވާ ގޮތުގައި ޔުކްރޭން މަސްއަލަ ޙައްކުރެއްވުމަށް ޓަކައި އޭނާ ރޫސީ ރައީސް ޕޫޓިނާ ބައްދަލު ކުރައްވާނެއެވެ. މި ބައްދަލު ކުރެއްވުން އޮންނާނީ ޤުދްސުގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ރައީސް ޒިލެންސްކީ ޔަހޫދީއެކެވެ.



advertisment
One Response
ތިޔަހޫދީކޮމެޑިއަން ބޭނުންތާކު ކޮމެޑިއަނާއި ބަށްދަލުވުމެއް ބާއްވަން އުޅޭމީހަކު އެބަހުރިބާ