Support Us

ކަރުދާސް ނެތިގެން ލަންކާ މަދަރުސާތަކުގެ ޓެސްޓްތައް ކެންސަލްކޮށްފި

ބޭރު ފައިސާ ދަތިވެގެން ކަރުދާހާއި ދެލި ނުގަނެވިގެން ސްރީލަންކާގައި އެތައް މިލިޔަން ކުދީންގެ ޓަރމް ޓެސްޓް ކެންސަލްކޮށްފިއެވެ.

ލަންކާގެ ތަޢުލީމާ ބެހޭ އިދާރާތަކުން ބުނާގޮތުގައި މާދަމާ ފަށަން ހަމަޖެހިފައިވާ އިމްތިޙާނުތައް ފަސްކުރަން ޖެހުނީ ބޭރު ފައިސާ ދަތިވެގެން ކަރުދާހާއި ދެލި ގަންނާނެ ފައިސާ ނެތިގެންނެވެ. ނޫސް އޭޖެންސީތައް ބުނާގޮތުގައި މިއީ 1948ގައި ސްރީލަންކާއަށް މިނިވަންކަން ލިބުނު ފަހުން އެ ޤައުމާ ކުރިމަތިވި އިޤްތިޞާދީ އެންމެ ބޮޑު ތަދެވެ.

ލަންކާގެ ހުޅަނގު ސަރަޙައްދުގެ މަދަރުސާތަކާ ބެހޭ އިދާރާއިން ބުންޏެވެ. " ޓެސްޓް ޕޭޕަރުތައް ޗާޕުކުރުމަށް ބޭނުންވާ ކަރުދާހާއި ދެލި ނުލިބިގެން އިމްތިޙާނުތައް ބޭއްވޭކަށް ނެތެވެ." މިކަމުގެ ސަބަބުން 4.5 މިލިއަން ދަރިވަރުންގެ އިމްތިޙާނު މިހާރު ވަނީ ފަސްކޮށްފައެވެ.

ލަންކާއާ ކުރިމަތިވެފައިވާ އިޤްތިޞާދީ ތަދުގެ ސަބަބުން އެ ޤައުމުގައި ވަނީ ތެލާއި ބޭހާއި ކާބޯތަކެތީގެ އަގު ވަރަށް ބޮޑުވެފައެވެ. ލަންކާއާ ކުރިމަތިވެފައިވާ އިޤްތިޞާދީ ތަދުން އަރައިގަތުމަށް ޓަކައި ކޮޅުބުން މިހާރު ވަނީ ބައިނަލްއަޤްވާމީ ފައިސާ ފަންޑުން (އައިއެމްއެފް) ދަރަންޏަށް އެދިފައެވެ. ބައިނަލްއަޤްވާމީ ފައިސާ ފަންޑުން (އައިއެމްއެފް) ހުކުރު ދުވަހު ބުނިގޮތުގައި ލަންކާގެ އެދުމާ ބެހޭގޮތުން އެ ފަންޑުން މިހާރު ދަނީ ވިސްނަމުންނެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

One Response

  1. ލަންކާ އަށް ވީވަރަކުން އެހީތެރިވާން އެބަޖެހޭ. ސްޕޯޓްސް އެވޯޑް ހަފްލާއަށް ލަންކާގެ މީހުން ރާއްޖެއަށް ގެންނަން ކުރި ޚަރަދު އެގައުމުގެ ދައުލަތަށް ދިންނަމަ އެވެސް ވެވުނު އެހީއަކަށް ވާނެ ދޯ.. ކީއްކުރާނީ….

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް