Support Us

ހައިޕަރސޮނިކް މިސައިލުން ރޫސީވިލާތުން ޔޫކްރޭނަށް ހަމަލާދީފި

ޔޫކްރޭނަށް ހަމަލާދޭން ރޫސީވިލާތުގެ އައު ހައިޕަރސޮނިކް މިސައިލް ފުރަތަމަ ފަހަރަށް ބޭނުންކޮށްފިއެވެ. ރޫސީވިލާތުން ހުކުރުދުވަހު ޔޫކްރޭނަށް ދިން މި ޙަމަލާއަކީ މި ބާވަތުގެ މިސައިލެއް ބޭނުންކޮށްގެން ދިން ފުރަތަމަ ޙަމަލާ ކަމަށް ޚަބަރު ލިބެއެވެ.

ހައިޕަރސޮނިކް މި މިސައިލުން ޙަމަލާދިނީ ޔުކްރޭނުގެ ހުޅަނގުދެކުނުގައި ހުންނަ ބިމުއަޑީގެ ބޮޑު ހަތިޔާރު ގުދަނަކަށެވެ. ރޫސީ އޮފިޝަލަކާ ޙަވާލާދީ ބްލޫމްބާރގް ނިއުސްއިން މި ޚަބަރު އާންމުކޮށްފައި ވީ ނަމަވެސް އެއްވެސް މިނިވަން އެހެން މަސްދަރަކުން އަދި މި ޚަބަރު ކަށަވަރުކޮށެއް ނުދެއެވެ.

ހައިޕަރސޮނިކް މިސައިލަކީ އަޑު ދަތުރުކުރާ ބާރުމިނަށްވުރެ ފަސް ގުނަ ބާރަށް ދަތުރުކުރާ ގޮތަށް ފަރުމާކޮށްފައިވާ ހަނގުރާމަވެރި އާލަތެކެވެ. އެއީ ގާތްގަނޑަކަށް ގަޑިއަކު 6100 ކިލޯމީޓަރުގެ ބާރުމިނުގައި ދަތުރުކުރާ ބާރުގަދަ ހަތިޔާރެކެވެ. މި ފަދަ މިސައިލުގެ ދުވެލި ބާރުކަމާއި އެއަށް ލިބިފައިވާ ޚާއްޞަ ގާބިލިއްޔަތުގެ ސަބަބުން އޭގެ އަމާޒަށް ވާސިލުވުމުގެ ކުރީން އެއަށް ހަމަލާދީ ވައްޓައިލުމަކީ ވަރަށް އުނދަގޫކަމެއް ކަމަށް ތަޖުރިބާކާރުން ބުނެއެވެ. މި ބާވަތުގެ ހައިޕަރސޮނިކު ހަތިޔާރު އަދި އުފައްދާކަމަށް ވަނީ އެމެރިކާއާއި ރޫސީވިލާތާއި ސީނުކަރައާއި އުތުރުކޮރެއާއިން އެކަނިކަމަށް ވެސް މަޢުލޫމާތު ލިބެއެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *