Support Us

ޗެޗްނިޔާގެ އެއްހާސް ހަނގުރާމަވެރީން ރަޝިޔާއާ އެއްކޮޅަށް ޔުކުރޭނަށް ދަނީ

ޗެޗްނިޔާގެ އެންމެ ވަރުގަދަ އެއް ކޮމާންޑަރާއެކު އެއްހާސް ހަނގުރާމަވެރީން ރަޝިއާއެކު ޔުކްރޭންގައި ހަނގުރާމަ ކުރުމަށް ފޮނުއްއްވާނެ ކަމަށް ޗެޗްނިޔާގެ ރައީސް ރަމަޟާން ޤަދީރޯފް ހާމަކުރައްވައިފިއެވެ.

ރަޝިޔާގެ ސްޕްޓްނިކް ނޫސް އޭޖެންސީ ބުނާގޮތުގައި ރައީސް ޤަދީރޯފް މިކަން ހާމަކުރެއްވީ އޭނާގެ ޓެލެގްރާމް ޗެނެލްގައި ރޭގެ ވަގުތެއްގައެވެ. އޭނާ ވިދާޅުވިއެވެ. "ޗެޗްނިޔާގެ ރައީސްގެ ދިފާޢީ ކަންތައްތަކާ ބެހޭ އެހީތެރިޔާ އަބަތީ ޢަލާއުއްދީނޯފް ޗެޗްނިޔާއަށް މި ފޮނުއްވަނީ އެއް ހާސް ހަނގުރާމަވެރީންނާއެކު ޔުކްރޭން އަތުގައި ހުރި ހަތިޔާރުތައް ނިގުޅައި ގަތުމުގެ މަސައްކަތްކުރައްވާށެވެ." ޤަދީރޯފް ވިދާޅުވިއެވެ. "އަބަތީ އަރްނޮވިޗް ޢަލާއުއްދީނޯފަކީ ވަރަށް ފުރިހަމައަށް ތަމްރީނު ލިބިވަޑއިގެން ހުންނެވި ހިތްވަރުގަދަ ފަހުލަވާނެކެވެ. އޭނާ ވަނީ ހަނގުރާމަތަކުގައި އޭނާގެ ޢަސްކަރީ ޤާބިލުކަން ދައްކަވައިފައެވެ."

ރައީސް ޤަދީރޯފް އިޝާރާތް ކުރެއްވި ގޮތުގައި ޗެޗްނިޔާގެ މި ކޮމާންޑަރަކީ ޢަސްކަރީ މަސައްކަތްތައް ރޭވުމާއި އިޖްރާއާތުތައް ވިލަރެސް ކުރެއްވުމުގައި ވަރަށް ފުންނާބު އުސް އިސްވާރެކެވެ. ހަނގުރާމައިގެ އެންމެ ދަތި ވަގުތުތަކުގައި ވެސް ރަނގަޅު ފިޔަވަޅުތައް އަޅުއްވަން އޭނާއަށް އެނގިވަޑައިގަންނަވާނެ ކަމަށް ރައީސް ޤަދީރޯފް ވިދާޅުވިއެވެ.

ކިޔޭފްގައި ހަނގުރާމަކުރާ ޗެޗްނިޔާގެ ހަނގުރާމަވެރީންނާ ބައްދަލު ކުރެއްވުމަށް ޗެޗްނިޔާގެ ރައީސް މިމަހު 13ވަނަ ދުވަހު ވަޑައިގެންފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޗެޗްނިޔާގެ ގްރޮޒްނީ ޓީވީ ޗެނެލުން މީސްމީޑިޔާގައި ޢާންމު ކުރި ވީޑިއޯ ކްލިޕެއްގައި ރައީސް ޤަދީރޯފް ޗެޗްނިޔާގެ ސިފައިންނާ ބައްދަލު ކުރައްވަމުން ގެންދެވި ތަން ދުރަށް ދައްކައިފައި ވެއެވެ.ޤަދީރޯފްގެ ތަރްޖަމާނު ވިދާޅުވިގޮތުގައި އެއީ ކިޔޭފާ ހަތް ކީލޯމީޓަރު ދުރު ހިސާބެކެވެ.

ޤަދީރޯފާ ދެކޮޅަށް ފާޑުކިޔާމީހުންނާ މުޚާޠަބު ކުރައްވާ ވިދާޅުވިއެވެ. "ތިޔަބައިމީހުންނަށް ވީޑިއޯއެއް ނުފެނޭ ހެއްޔެވެ؟" ޤަދީރޯފް ސިފަކުރައްވާ ގޮތުގައި އޭނާއަކީ "ޕޫޓިންގެ ސިފައެކެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

One Response

  1. ދަންނަވަންތޯއެވެ. މިހަނގުރާމައަކީ މުސްލިމުންނަށް މުހިއްމު ހަނގުރާމައެކެވެ. ބާޠިލު ގޮތުގަ އެހެރަ އެމެރިކާ ކުރިޔަށްދަނީ މުސްލިމުން ކިލަނބު ކުރަމުންނެވެ. އެމެރިކާގެ ސިޔާސަތުތަކާބެހޭ އެންމެ އިސް 50 ބޭފުޅުން 1999 ޖޫންމަހު އޭރުގެ ރައީސް ބިލް ކްލިންޓަނަށް ސިޓީ އެއް އެރުވީ އެމެރިކާގެ މާސްޓަރޕްލޭނުގައިވާ ނޭޓޯ ފުޅާކުރުމަކީ ސިޔާސީ ގޯހެއް ކަމަށްވާތީ އެކަން ހުއްޓުވައިދިނުމަށެވެ. އެހެނީ އޭރުގަ ރަޝިއާގެ ނުރައްކަލެއް އެމެރިކާއަށް ނެތްއިރު މި ކަންކަން މިހެން ކުރާންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް އެސިޓީގައި ވެއެެވެ. ހަމައެހެންމެ ވިލިއަމް ޖޭ ބާރންސް 2008 ގައި (ރަޝިއާއަށް އެމެރިކާއިން ކަނޑައަޅައިފައި ހުންނެވި ސަފީރު) އެމެރިކާގެ ޚާރިޖީ ވުޒާރާއަށް ފޮނުއްވި ސިޓީއެއްގައި ވެސް ޔޫކްރޭނަށް ނޭޓޯ މެންބަރުކަން ދިނުމަކީ ރަތް ރޮނގު ހުރަސްކުރުންކަމަށާ ކަނޑައެޅިގެން ރަޝިއާއަށް ކުރާ ޖެއްސުމެއް ކަމަށާއި ރަޝިއާ މީހުންނަށް ޖަހާ ގޮންޖެހުމެއް ކަމަށް އިންޒާރުކުރައްވައިފައިވެއެވެ. މިދައްކަނީ މީގެ އެތައް އަހަރެއް ކުރީގެ ވާހަކަ ތަކެވެ. ދަންނަވަންތޯއެވެ. ފަހުން، އެމެރިކާއާ ހުޅަނގުގެ ޕްލޭން ސައިލެންޓް ކޮށް އެހެން ގޮތަކަށް އަނބުރާލިއެވެ. އަދި، އެމެރިކާއާ ޔޫރަޕް އިސްނަގައި އެއްޖިންސުން ގުޅުން ހިނގުން ހުއްދަ ކުރަން ހުށަހެޅިއެވެ. މަދު ގައުމެއް އެކަމާ ގަބޫލުވިއެވެ. ރަޝިއާ ހެދީ އިދިކޮޅެވެ. އެއްޖިންސުން ގުޅުން ހިންގުން ރަޝިއާގައި ހުއްދަ ނުކުރިޔަސް ޔޫރަޕްގެ ކައުންސިލްގައި ދެމިއޮންނާނެކަމަށް އޭރު ޕުޓިން ބުންޏެވެ. އަދި އަސްކަރިއްޔާ ވަރުގަދަކުރަން ހިފާލިއެވެ. އެހިސާބުން އެމެރިކާއާ ހުޅަނގަށް ގަބޫލުކުރެވުނީ ޕުޓިން ގޮތްދޫ ނުކުރާނެކަމެވެ. އެހެންވެ ރަޝިއާގެ ބާރު ކަނޑުވާލައި ރަޝިއާގެ ގާނޫނު ބަދަލުކުރަން އެމެރިކާއާ އަދި އިސްވެ ދެންނެވުނު އެއްޖިންސުން ގުޅުން ހިންގަން ހުއްދަ ކުރުމަށް އާނ ބަސް ބުނި ގައުމުތައް ތެދުވާންފެށިއެެވެ. ޑެންމާކާ އިގިރޭސިވިލާތާ ކެނެޑާއާ ފްރާންސާ އަދި އެމެރިކާގެ ބައިވެރިންގެ ގޮތުގަ 30 ގައުމެއް އެއްޖިންސުގެ ގުޅުމަށް އާނ ބަސް ބުންޏެވެ. މިދެންނެވި 30 ގައުމުގެ ތެރެއިން ގިނަ ގައުމުތައް ފާޅުގައި މިއަދު ރަޝިއާ އާ ދެކޮޅަށް ފިއްތުންތައް ކުރިމަތިކޮށް ޔުކްރޭނަށް ހަތިޔާރުތައް އެބަ އޮއްސައެވެ. ޕުޓިންގެ ބާރުކަނޑުވާލުމަށްޓަކައެވެ. އޭރުން އެއްޖިންސުން ގުޅުންހިންގުން ހުއްދަ ކުރުމާ، ނިއުކްލިއަ ހަތިޔާރު ގެންގުޅުން މަނާކުރުން ފަދަ އިސްލާހުތައް ގާނޫނަށް ގެނެސް އެމެރިކާއާ ޔޫރަޕް ހިތްއެދޭ ވެރިއެއް ރަޝިއާއަށް އައްޔަންކުރުމަށް އެމީހުން ހަދާފައިވާ ޕްލޭން ކާމިޔާބު ވާނެކަމަށް ގަބޫލުކުރެވޭތީ އެެވެ. އޭރުން ހުޅަނގުން ގަބޫލުކުރާ އިންސާނީ ހައްގުތައް އދ.ގެ ތަޅުމަށް ހުށަހެޅޭއިރު ވީޓޯ ކުރާނެ ރަޝިއާއެއް ނޯންނާނެތީ އެވެ. މިޕްލޭން ފެއިލް ވެއްޖެނަމަ އިތުރު ޔޫނިއަންއެއް އުފެދުމަކީވެސް ގާތްކަމެކެވެ. ސަބަބަކީ ސޯވިއެޓް ޔޫނިއަން އުވިގެންދިޔައިރު ފިނިހަނގުރާމައިން އެންމެ 12 މެމްބަރުންނާއެކީ އުފެދުނު ނޭޓޯ މިއަދުފުޅާވެ ވަކިހިއްޕާލީމައެވެ. މިއީ އެމެރިކާ އިސްވެ އޮވެ މުސްލިމުންނާ ދެކޮޅަށް ހިންގި ޖަރީމާއިން ފަޅައިގެންދާ ކުރިތަކެކެވެ.ފައިސާގެ ބާރުވެރިކަމާ ބިމާ ހަތިޔާރާ މިހުރިހައި ކަމެއް ހިމެނޭނެއެވެ. ﷲގެޤާނޫނު މުގުރާލައި އާ ޤާނޫނަށް އަހުލުވެރިވުމަށް ބާރުގަދަ ހުރިހާ ގައުމެއްގެ ތާއީދު ބޭނުންވާތީއެވެ. ރަޝިއާ އަކީ ލިވާޠު ކުރުމަށް ހުއްދަދޭ ޤައުމެއް ނޫނެވެ. ސައޫދީ އަކީ އެމެރިކާގެ ޕަޕެޓެކެވެ. އިރާގެއް މިހާރަކު ނެތެވެ. ޑޮލަރުގެ ބަދަލު އެހެން ގައުމުތަކުގެ ފައިސާއަށް ތެޔޮ ވިއްކާތީއެގައުމު ފުނޑާލީއެވެ. ނޫސްވެރިން ޚަބަރާއި ރިޕޯޓް ކިޔާއިރު މިފަދަ ހަގިގަތްތަކަކީ އެނގެންޖެހޭ ހަގީގަތް ކަމަށް ވާތީ ލިޔެލަން ގަސްދު ކުރީއެވެ. ޝުކުރިއްޔާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *