ރޫސީވިލާތުގެ ރައީސް ޕޫޓިންއަކީ ހަނގުރާމައިގެ މުޖްރިމެއް ކަމަށް އެމެރިކާގެ ރައީސް ބައިޑްން ރޭ ސިފަކުރައްވައިފިއެވެ. ރައީސް ބައިޑްން މި ގޮތަށް ސިފަކުރެއްވީ ރޭ ވައިޓްހައުސްގައި ނޫސްވެރީންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ބައިޑްނާ ޙަވާލާދީ ރޮއިޓަރޒް ބުނާގޮތުގައި މި ގޮތަށް އެމެރިކާގެ ރައީސް ވިދާޅުވީ އެމެރިކާގެ ކޮންގްރެސްއިން ރޭ އެ ގޮތަށް ނިންމުމުން އެކަމަށް ތާއީދުކުރައްވަމުންނެވެ. ސީއެންއެން ބުނާގޮތުގައި މިއިން ދޭހަވަނީ އެމެރިކާގެ ސިޔާސަތަށް ބަދަލުތަކެއް އަންނަމުންދާ ކަމެވެ.
އެމެރިކާގެ މަސްއޫލުވެރީން ވިދާޅުވާގޮތުގައި ޔުކްރޭނުގައި ޢާންމުންނަށް އަމާޒުކޮށް ދޭ ޙަމަލާތަކަކީ ހަނގުރާމައިގެ ޖަރީމާއެކެވެ.
ވައިޓްހައުސްގެ ތަރްޖަމާނު ސާކީ ވިދާޅުވާ ގޮތުގައި "ޚުދްމުޚްތާރު ނުލަފާ ވެރިއަކު އެހެން ރަށަކަށް އަރާ ހިންގަމުންދާ ޢަމަލުތަކަކީ ވަރަށް ލާއިންސާނީ ޢަމަލުތަކެކެވެ."
އެމެރިކާގެ ރައީސްގެ ވާހަކަފުޅަށް ރައްދުދީ ކްރެމްލިންގެ ތަރްޖަމާނު ވިދާޅުވިއެވެ. "ބައިޑްން ރައީސް ޕޫޓިން ހަނގުރާމައިގެ މުޖްރިމެއް ކަމަށް ސިފަކުރެއްވި ކުރެއްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އެކަމަށް މާފެއް ވެސް ނުދެވޭނެއެވެ." އޭނާ ވިދާޅުވިއެވެ. "މިފަދަ ގޮތަކަށް ރައީސް ޕޫޓިން ސިފަކުރާ މީހާއަކީ ދުނިޔޭގެ އެތައް މިތާނގައި އެތައް ހާސް ބަޔަކު މަރާފައިވާ މީހެކެވެ."
ރަޝިޔާ ބުނާގޮތުގައި އެ ޤައުމުން ޔުކްރޭނަށް ދެމުންގެންދާ ޢަސްކަރީ" ޚާއްޞަ ޢަމަލުތަކުގެ" ބޭނުމަކީ "ޔުރޭން ނާޒީންގެ ވަކިތަކުން ސަލާމަތްކުރުމެވެ. އަދި އެ ޤައުމު ހަތިޔާރުނެތް ޤައުމަކަށް ހެދުމެވެ." ރައީސް ޕޫޓިން ވިދާޅުވާގޮތުގައި "ޔުކްރޭނަކީ އެމެރިކާގެ ކޮލޮނީއެކެވެ. އެ ޤައުމުގެ ސަރުކާރަކީ ގޮނޑިކޮއްކޮއެކެވެ. އެއީ މިނިވަން ދައުލަތެއް ގޮތަށް ކަންތައްތައް ކުރާ ޤައުމެއް ނޫނެވެ."
އަނެއްކޮޅުން ޔުކްރޭންގެ ރައީސް ޒިލެންސްކީ ވިދާޅުވާގޮތުގައި ރަޝިޔާއިން އޭނާގެ ޤައުމަށް ދައްކަމުންދާ ބޮޑު ބިރުވެރިކަމަކީ 11 ސެޕްޓެންބަރުގެ ޙަމަލާއާއި ޕަރލް ހާބަރަށް ދިން ފަދަ ޙަމަލާތަކެކެވެ. ރައީސް ޒިލެންސްކީ މި ގޮތަށް ވިދާޅުވީ މި މަހު 16ވަނަ ދުވަހު ދާދިވަރުކޮށް ޓީވީ މެދުވެރިކުރައްވާ އެމެރިކާގެ ކޮންގްރެސްއާ މުޚާޠަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ޒިލެންސްކީ ވިދާޅުވިއެވެ. "މިއީ ޔޫރަޕް ވޭތުވެދިޔަ 80 އަހަރު ތެރޭގައި ދެކެފައިނުވާ ފަދަ ބޮޑު ބިރެކެވެ."
ދެވަނަ ބޮޑުހަނގުރާމައިގެ ތެރެއަށް 1941ވަނަ އަހަރު އެމެރިކާ ވެއްދި ޕަރލް ހާބަރ ޙަމަލާގެ މަތިން ހަނދާންކޮށް ދެއްވަމުން ޒިލެންސްކީ ވިދާޅުވިއެވެ. "މިއީ އެ ދުވަހު ޖަޕާނުން ދިން ޙަމަލާއަށްވުރެ ބިރުވެރި ޙަމަލާތަކެކެވެ."
އަނެއްކޮޅުން ބަލާއިރު ޔުކްރޭންގައި ރަޝިޔާއިން ދެމުންގެންދާ ޢަސްކަރީ ޙަމަލާތައް ވަގުތުން ހުއްޓައިލުމަށް ރޭ ބައިނަލްއަޤްވާމީ އިންސާފު ކޯޓުން ރަޝިޔާއަށް ވަނީ އަމުރުކޮށްފައެވެ.
ރަޝިޔާ ބުނާގޮތުގައި އެ ޤައުމުން ޔުކްރާނުގައި ހިންގަމުންދާ "ޢަސްކަރީ ޚާއްޞަ ޙަމަލާތައް" ހުއްޓައިލެވޭނީ ޔުކްރޭން ވަކި ފަރާތަކަށް ނުޖެހި އޮންނާނެ ކަމާއި ނޭޓޯ ފަދަ ޢަސްކަރީ އެއްވެސް ޖަމާޢަތަކާ ބައިވެރިނުވާނެކަމުގެ ޢަހްދު ކަށަވަރުދިނީމައެވެ.



advertisment
2 Responses
އެމެރިކާ މީހުންނަކަށް އަނިޔާވެރިކަމޭ ކިޔައިގެން އަނގަ އެއް ނުހުޅުވޭނެ. އެމީހުން ހަތިޔާރާއި ހުރިހާ މަދަދެއް ދީގެން ފަލަސް ތީނުގެ މުސްލިމުން މަރައި، ލާއިންސާނީ ޖަރީމާ ހިންގާއިރު އެކަމަށް ހިއްވަރުދިނުން ނޫންކަމެއް އެމެރިކާނުކުރޭ. ތިޔަބުނާ އދ އެއްގެ ކިތައް ގަރާރަކާ ޚިލާފުވެއްޖެތަ އެމީހުން، ވީ އެއްކަމެއްވެސް ނެތް. ކުޑަމިނުން ކުށްވެރިކޮށްލާކަށްވެސް ނުކެރޭ. ދެން ކޮންވާހަކައެއް ދައްކާކަށް!
ބައިޑަން މިގައްދާރު މުޖުރިމް މުޅިފަލަސްތީނު ރޮލުންކަމުން މުޅިއިސްލާމީ އުއްމަތް ސުނނާފަތިކުރާއިރު ލަދުހަޔާތުގެ ކަނފުޅެއްވެސްނެތްދޯ ތިއައީމުޖުރިމުންނަކީ