Support Us

ފަރަންސޭސި ރައީސް އިމަނޮވޭލް މެކަރޯނީއާއި ޖަރްމަނުގެ މުސްތަޝާރު އޮލާފް ޝުލްޓްޒް (ވ)

ރަޝިޔާ-ޔުކްރޭން ހަނގުރާމަ އިތުރަށް ހޫނުވިޔަ ނުދިނުމަށް ކުރެވޭ މަސައްކަތްތައް ކުރިއަށް

ރަޝިޔާ-ޔުކްރޭން ހަނގުރާމަ އިތުރަށް ހޫނުވެގެން ދިޔަ ނުދިނުމަށް ޓަކައި ކުރެވެމުންދާ ބައިނަލްއަޤްވާމީ މަސައްކަތްތައް ކުރިއަށްދާ ކަމަށް ޚަބަރުފަތުރާ ވަސީލަތްތަކުން ހާމަކޮށްފިއެވެ.

މި މަސްއަލައާ ބެހޭގޮތުން ޖަރްމަނުގެ މުސްތަޝާރު އޮލާފް ޝުލްޓްޒް އާއި ފަރަންސޭސި ރައީސް އިމަނޮވޭލް މެކަރޯނީއާއި ރޫސީ ރައީސް ވްލެޑްމީރު ޕޫޓިނާ ފޯނުން ބައްދަލު ކުރައްވާ ވަރަށް ދިގުކޮށް މިއަދު ވާހަކަފުޅު ދައްކަވައިފިއެވެ. މި ވާހަކަފުޅުދެއްކެވުންތައް ތިން ގަޑިއެއްހާ އިރަށް ދެމިގެން ދިޔަކަމަށް ޚަބަރު ލިބެއެވެ. މި ބޭފުޅުން ދެއްކެވި ވާހަކަފުޅުތަކުގެ އެއްވެސް ތަފްޞީލެއް އެއްވެސް ފަރާތަކުން އަދި ހާމައެއް ނުކުރެއެވެ.

އަނެއްކޮޅުން ޔުކްރޭންގެ ރައީސްގެ މުޝީރު ވިދާޅުވާ ގޮތުގައި ރަޝިޔާ– ޔުކްރޭން ވާހަކަދެއްކުން ކުރިއަށް އެބަދެއެވެ. މި ވާހަކަދެއްކުންތައް ބޭއްވެމުން ދަނީ ވީޑިޔޯ މެދުވެރިކޮށް އެއްބަޔަކު އަނެއް ބަޔަކަށް ފެނިގެންނެވެ. ޔުކްރޭންގެ ރައީސް ވިދާޅުވާ ގޮތުގައި މޮސްކޯއިން މި ވާހަކަދެއްކުންތައް ކުރިއަށްދާ ގޮތާމެދު ރުހޭކަން އެނގެއެވެ. ރައީސް ޒިލެންސްކީ ވިދާޅުވި ގޮތުގައި ކުރީން ބޭއްވުނު ވާހަކަދެއްކުންތަކުގައި މޮސްކޯއިން ދެމުން ގޮސްފައި ވަނީ އިންޒާރުތަކެކެވެ. ރައީސް ޕޫޓިން ވިދާޅުވާގޮތުގައި ކިޔޭފުން ރަނގަޅު އިޝާރާތްތަކެއް ދަނީ ދެމުންނެވެ.

އަނެއްކޮޅުން ބަލާއިރު ރަޝިޔާގެ ޚާރިޖީ ވަޒީރުގެ ނާއިބު ސަރގީ ރިޔަބިކޯވް ވިދާޅުވާގޮތުގައި ޔުކްރޭނަށް ހަތިޔާރު އުފުލައިދޭ ޤާފިލާތަކާއި އުޅަނދުތައް ރަޝިޔާގެ ޢަސްކަރީ އަމާޒުތަކެއް ކަމުގައި ހެދޭނެކަން ދަންނަން ވާނެއެވެ. އޭނާ ހާމަކުރެއްވި ގޮތުގައި އެމެރިކާއިން ޔުކްރޭނަށް ހަތިޔާރު ނުދިނުމަށް މޮސްކޯއިން ވާނީ ވޯޝިންގްޓަނަށް އިންޒާރުކޮށްފައެވެ.

ރަޝިޔާގެ ދިފާޢީ ވުޒާރާ ބުނާގޮތުގައި ޔުކްރޭންގެ ބްރޮވާރީގައި ހުންނަ އެ ޤައުމުގެ ޖާސޫސީ މައި މަރްކަޒާއި ވެސިކޭފުގައި ހުންނަ ޢަސްކަރީ ވައިގެ ބަނދަރު މިހާރު ވާނީ މުޅިން ހަލާކުކޮށް ޚިދްމަތް ނުދެވޭ ވަރަށް ހަލާކުކޮށްލައިފައެވެ. އެ ވުޒާރާއިން ހާމަކުރިގޮތުގައި ޔުކްރޭން ސިފައިން މައިދާނަށް އުކާލައިފާ ވާ ކޮނޑުމަތީ އުފުލޭ ދިފާޢީ ނިޒާމުތައް އެއްކުރުމުގެ މަސައްކަތް ރޫސީ ސިފައިން ދަނީކުރަމުންނެވެ.

މެކްސާރު ކުންފުނީގެ ހެދިހަނދުގެ ފޮޓޯތައް ދައްކާގޮތުގައި ރޫސީން ޙިޞާރުކޮށްފައިވާ ޔުކްރޭންގެ މާރިޔޫޕޯލް ސަހަރު ވަނީ ވަރަށް ބޮޑަށް ފުނޑުފުނޑުވެފައެވެ.

ޔުކްރޭނުން ވަކިވެގަންފައިވާ ޑޮނެސްޓްކްގެ ޒަޢީމާ ޙަވާލާދީ ޓާސް ނޫސްއޭޖެންސީ ބުނާގޮތުގައި "އަހުރެމެންގެ ބާރުތަކުން މިހާރުވަނީ މުޅި ސަހަރު ހިފައިފައެވެ. ޔުކްރޭން ސިފައިން ފިލަންވެގެން މިހާރު ދަނީ ޒަރަޕޯޖިޔާއަށް ދަތުރު ކުރަމުންނެވެ."

ރަޝިޔާގެ ދިފާޢީ ވުޒާރާ ބުނާގޮތުގައި ވޭތުވެދިޔަ ދުވަސްތަކުގައި ރަޝިޔާ ސިފައިން ވަނީ ޔުކްރޭންގެ ޢަސްކަރީ 3687 މަރްކަޒު ހަލާކުކޮށްލައިފައެވެ. އަދި ހަނގުރާމަމަތީ 99 ބޯޓާއި 128 ޑްރޯނާއި 1،194 ޓޭންކާއި އާޓިލަރީ އުޅަނދާއި 121 މިސައިލް ހަރާއި 443 ބޮޑު ބަޑި ފުނޑުފުނޑުކޮށް ނައްތައިލައިފައެވެ.

އިނގިރޭސިވިލާތުން ބުނާގޮތުގައި ރަޝިޔާ ސިފައިން ދަނީ ޔުކްރޭނުގެ އިރުމަތީ ފަރާތުން ކުރިއަރަމުންނެވެ. އިނގިރޭސި ވިލާތުން ބުނާގޮތުގައި ޔުކްރޭން ސިފައިން ދަނީ ރޫސީ ސިފައިން ހުއްޓުވޭތޯ މަސައްކަތް ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް