ރަޝިޔާއާއި ނޭޓޯއާ ދެމެދުގައި ސީދާ ކުރިމަތިލުމެއް ހިނގިޔަ ނުދެއްވާނެ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑްން މިއަދު އަނެއްކާ ވެސް ވިދާޅުވެއްޖެއެވެ.
ބައިޑްން ވިދާޅުވިއެވެ. "ޔުކްރޭންގައި އެމެރިކާއިން ތިންވަނަ ބޮޑުހަނގުރާމައެއް ނުކުރާނެއެވެ." މިހެން ވިދާޅުވުމަށްފަހު އޭނާ ހާމަކުރެއްވި ގޮތުގައި މިއަދު އެމެރިކާއިން ރަޝިޔާއަށް ދަތިކުރުމުގެ ގޮތުން ވިޔަފާރީގެ މައިދާނުގައި އިތުރު ފިޔަވަޅުތަކެއް އަޅައިފައެވެ.
އެމެރިކާގެ ޚަޒާނާއާ ބެހޭ ވުޒާރާއިން އިޢުލާން ކުރިގޮތުގައި ރަޝިޔާގެ އިސް ބައެއް މަސްއޫލުވެރީންނާ ދެކޮޅަށް ދަތިކުރުމުގެ އައު ފިޔަވަޅުތަކެއް އެޅިއްޖެއެވެ. އެ ބޭފުޅުންގެ ތެރޭގައި ރަޝިޔާގެ ބަރްލަމާނު (ޑޫމާ)ގެ ރައީސް ވޮލޮޑިން ވެއެވެ. އެއީ ޔުކްރޭނަށް ޕޫޓިން ދެއްވަމުން ގެންދަވާ ޢަސްކަރީ ޢަމަލުތަކަށް ތާއީދު ކުރައްވާތީއެވެ.
އެ ބޭފުޅުންގެ ތެރޭގައި ރަޝިޔާގެ ވީޓީބީ ބޭންކްގެ އިދާރީ މަޖިލީހުގެ 10 ބޭފުޅަކާއި ބަރްލަމާނު (ޑޫމާ)ގެ 12 މެންބަރަކާއި ކްރެމްލިންގެ ތަރްޖަމާން ޑިމިޓްރީ ބިސްކޯވްގެ ޢާއިލާ ހިމެނެއެވެ.
އަނެއްކޮޅުން ބަލާއިރު ސަލާމަތީ މަޖިލީހުގައި ސިޔާސީ ކޯޅުންތައް އިތުރުވެ ހޫނުވާން ފަށައިފިއެވެ. ޔުކްރޭނުގެ ބިމުގައި ނުރައްކާތެރި ބަޔޮލޮޖިކަލް ހަތިޔާރާ ބެހޭ ތަޖްރިބާތަކާއި އިޖްރާއާތުތައް އެމެރިކާއިން ކުރަމުންދާ ކަމަށް އެ މަޖިލީހުގައި ހުންނަވާ ރަޝިޔާގެ މަންދޫބު ވަސީލީ ނީޔެންޒިޔާ ވިދާޅުވެ އެމެރިކާއަށް ވަރަށް ވަރުގަދަ ޙަމަލާތަކެއް ދެއްވިއެވެ. އޭނާ ސިފަކުރެއްވި ގޮތުގައި "މިއީ ވަރަށް ނުރައްކާތެރި" ކަމެކެވެ.
ރަޝިޔާގެ މަންދޫބު ވިދާޅުވި ގޮތުގައި ޔުކްރޭންގައި އެމެރިކާގެ ބަޔޮލޮޖިކަލް 30 ލެބޯޓަރީގެ ވިއުގައެއް ހުރިކަން މޮސްކޯއަށް ކަށަވަރުވެފައި ވެއެވެ. މި ކަމާ ބެހޭ ލިޔުންތަކާއި ފޮޓޯތައް ރަޝިޔާގެ ދިފާޢީ ވުޒާރާގައި އެބަ ހުށްޓެވެ. މި ލެބްތަކުގައި ނުރައްކާތެރި އެތައް ބަލިތަކެއް ވަނީ ތަރައްޤީކޮށްފައެވެ.
އދ.ގައި ހުންނަވާ އެމެރިކާގެ މަންދޫބާ މި ވާހަކަތައް ދޮގު ކުރެއްވިއެވެ.



advertisment