Support Us

ސޫދާނުގައި ރަޝިޔާގެ ކަނޑުގެ ބޭހެއް ޤާއިމު ކުރުމާމެދު މިިޞްރު ކަންބޮޑުވެއްޖެ

ރަޝިޔާއާއި ސޫދާނުގެ ގުޅުންތައް ބަދަހިވެ ރަތްކަނޑުގައި ރަޝިޔާގެ ކަނޑުގެ ޢަސްކަރީ ބޭހެއް ޤާއިމު ކުރުމުގެ މަސައްކަތް ކުރަމުންދާތީ މިޞްރުގެ ރައީސް ޢަބްދުލްފައްތާޙުއްސީސީ ސޫދާނުގެ ސިޔާދަތީ މަޖިލީހުގެ ނާއިބު ރައީސް މުޙައްމަދު ޙަމްދާން ދިޤްލޫ (ޙަމީދަތީ) އަށް އިޙްތިޖާޖުގެ ސިޓީފުޅެއް ފޮނުއްވައިފިއެވެ. މި ޚަބަރު ދުރަށް ފަތުރައިފައި ވަނީ ފަރަންސޭސި ވިލާތުގެ ޖާލު ޞަފްޙާއެއް ކަމުގައިވާ އެފްރިކަން އިންޓެލިޖެންސުންނެވެ.

މާރިޗު މަހުގެ ކުރީކޮޅުގައި ޙަމީދަތީ މޮސްކޯއަށް ކުރެއްވި ދަތުރުފުޅާ ބެހޭގޮތުން މަޢުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި "އޭނާގެ ޤައުމުގެ ޤައުމީ ސިޔާދަތަށާއި އަމަންއަމާންކަމަށް ގެއްލުމެއް ނުލިބޭނަމަ ރަޝިޔާގެ ބޭހެއް ސޫދާނުގެ ރަތްކަނޑުގެ ސަރަޙައްދުގައި ބިނާކުރުމަކީ އެކަމާ ދެކޮޅު ހަދާނެ ކަމެއްނޫނެވެ."

މި ޞަފްޙާ ބުނާގޮތުގައި ޙަމީދަތީ ރަޝިޔާއަށް ކުރެއްވި އެއް ހަފުތާގެ ދިގު ދަތުރުފުޅަށްފަހު ޚުރްޠޫމަށް އެނބުރިވަޑައިގެން ނޫސްވެރީންނާ ބައްދަލުކުރައްވާ މި ދެއްކެވި ވާހަކަތަކާމެދު މިޞްރުގެ ރައީސްގެ މުޝީރު ދެކޮޅު ހައްދަވާ ކަންބޮޑުވުން ހާމަކުރެއްވިއެވެ. މި ޞަފްޙާ ބުނާގޮތުގައި މިޞްރުގެ ޖާސޫސީ އިދާރާގެ ރައީސް ޢައްބާސް ކާމިލް ވިދާޅުވާ ގޮތުގައި ޙަމީދަތީ މޮސްކޯގައި ދެއްކެވި ވާހަކަފުޅުތައް ބަލައެއްނުގަނެވޭނެއެވެ.

މިޞްރުން ފޮނުވި ރަސްމީ އިޙްތިޖާޖު ބުނާގޮތުގައި ކުރީގެ ރައީސް ޢުމަރުލް ބަޝީރުގެ ޒަމާނުގައި ސޫދާނުގައި ތުރްކީގެ ބޭހެއް ޤާއިމު ކުރައްވަން އުޅުއްވުމުން މިޞްރު އެކަމާ ވަރަށް ބޮޑަށް ދެކޮޅު ހެދިއެވެ. މިޞްރު ބުނާގޮތުގައި ސޫދާނުގައި ރަޝިޔާއިން ޢަސްކަރީ ބޭހެއް ޤާއިމުކޮށްފިނަމަ މިޞްރު ޙިޞާރުވެގެންދާނެއެވެ. މިޞްރު ބުނާގޮތުގައި މިޞްރު ސަރަޙައްދު ކައިރީގައި އިރުމަތީ ލީބިޔާގައި ރަޝިޔާގެ ބޭހެއް މިހާރު އެބަ އޮތެވެ.

ސޫދާނުގެ ނާއިބު ރައީސް ޙަމީދަތީ ސޫދާނަށް އެނބުރިވަޑައިގެންނެވި މަގުމަތީގައި ޤާހިރާގައި ދެތިން ގަޑިއިރަށް މަޑުކޮށްލައްވައި މިޞްރުގެ ޖާސޫސީ އިދާރާގެ ރައީސް ޢައްބާސާ ބައްދަލު ކުރެއްވިއެވެ. ޙަމީދަތީ މޮސްކޯއަށް ކުރެއްވި ދަތުރުފުޅުގައި ރަޝިޔާގެ ޤައުމީ ސަލާމަތާ ބެހޭ މުޝީރު ނިކޮލައި ޕެޓްރޮޝީފާއާއި ބޮޑު ވަޒީރުގެ ނާއިބު އެލެގްޒަންޑަރު ނޮވަކާއާ ބައްދަލު ކުރެއްވިއެވެ.

ޙަމީދަތީގެ ދަތުރުފުޅުގައި އިސްކަން ދެއްވައިފައި ވަނީ އިޤްތިޞާދީ މަސްއަލަތަކަށް ކަމަށް ޚުރްޠޫމުން ބުންޏެވެ. އޭގެތެރޭގައި ސޫދާނުގެ ރަން ރަޝިޔާއަށް ވިއްކުން ވެއެވެ.މޮސްކޯއާ ދެކޮޅަށް ހުޅަނގާއި އެމެރިކާއިން އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ރަޝިޔާއަށް ވަނީ ވިޔަފާރި ކުރުމަށް ޓަކައި ރަނަށް ބޭނުން ވެފައެވެ.

ބޭސް ހެދުން މޮސްކޯއިން އަވަސް ކުރާނެ

އެމެރިކާއިން ބުނާގޮތުގައި ރަޝިޔާ އިން މި ބޭސް ހެދުމަށް ނިންމައިފައި ވަނީ ސޫދާނުގެ ޕޯޓްސޫދާނު ސަހަރު ކައިރީގައި ރަތް ކަނޑުގެ އައްސޭރީގައެވެ. ރަޝިޔާއިން މި ބޭހުގައި 400 ސިފައިންނާއި މުވައްޒަފުން ބައިތިއްބާނެއެވެ. އަދި ޢަސްކަރީ ހަތަރު މަނަވަރު ފޮނުވާނެއެވެ. އޭގެތެރޭގައި ނިޔުކްލިއަރ ސާމާނާއި އާލަތްތައް ހުރި އުޅަނދެއް ހިމެނޭނެއެވެ. ރަޝިޔާއިން މި ބޭސް ބޭނުން ކުރާނީ ރަޝިޔާގެ މަނަވަރުތައް މަރާމާތު ކުރުމަށާއި އެ މަނަވަރުތަކަށް ބޭނުންވާ ސާމަނާއި ކާބޯތަކެތި ފޯރުކޮށް ދިނުމަށާއި ރޫސީ ކަނޑުގެ ސިފައިން އަރާމުކުރުމަށް ޓަކައި މަޑުކޮށްލުމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް