Support Us

ޗަރްނޯބަލް ނިޔުކްލިއަރ ސްޓޭޝަނަކަށް ޔުކްރެއިނުން ހަމަލާދިން ކަމުގެ ތުހުމަތު

ޔުކްރޭނުގެ ޗަރްނޯބަލް ނިޔުކްލިއަރ ހަކަތަ ސްޓޭޝަންގެ ސަބް ސްޓޭޝަނަކަށާއި ހަކައިތައިގެ ލައިންތަކަށް ޔުކްރޭނުން ޙަމަލާދީފި ކަމަށް ރަޝިޔާއިން ތުހްމަތުކޮށްފިއެވެ. ރަޝިޔާ ބުނާގޮތުގައި "ޖެއްސުންކުރުމުގެ މި ނުރައްކާތެރި" ޙަމަލާ ދިނީ ރޭގެ ވަގުތެއްގައެވެ.

އަނެއްކޮޅުން ޔުކްރޭން ބުނާގޮތުގައި މި ސްޓޭޝަނުން ކަރަންޓް ކެނޑިފައިވާތީ މި ސްޓޭޝަނުން ރޭޑިއޭޝަން ފޭދުމުގެ ބިރު އެބަ އޮތެވެ. ޔުކްރޭނުން ބުނާގޮތުގައި ކަރަންޓް ކެނޑުނީ ރޫސީ ސިފައިންނާ ޔުކްރޭން ސިފައިންނާ ދެމެދުގައި ހިނގި ކުރިމަތިލުންތަކެއްގެ ސަބަބުންނެވެ. ރަޝިޔާއިން ވަނީ ޗަރްނޯބަލް ނިޔްކްލިއަރ ސްޓޭޝަން ހިފައި އެމީހުންގެ ބާރުގެ ދަށަށް އެ ތަން ގެނެސްފައެވެ.

އަނެއްކޮޅުން ނިޔުކްލިއަރ ހަކަތައާ ބެހޭ ބައިނަލްއަޤްވާމީ އޭޖެންސީ ބުނާގޮތުގައި ޗަރްނޯބަލްގައި ބަހައްޓައިފައި ހުރި ކެމެރާތައް މަސައްކަތް ކުރުން ހުއްޓިއްޖެއެވެ. ކިޔޭފް ކައިރީގައި ހުންނަ މި ތަނަށް ފާރަލުމަށް ބަހައްޓައިފައި ހުރި ކެމެރާތަކުން މަޢުލޫމާތު ނުފޮނުވާތީ އެކަމާމެދު ކަންބޮޑުވާކަމަށް އެ އޭޖެންސީން ބުންޏެވެ.މި ސްޓޭޝަންގައި ޔުކްރޭންގެ ދުއިސައްތައެއްހާ ފަންނީ މީހުންނާއި ފާރަވެރީން އެތާނގައި ބައްދަވުފައިވާ ކަމަށް ވެސް ކިޔޭފުން ބުނެއެވެ. އެމީހުން ރަޝިޔާގެ ބެލުމުގެ ދަށުން އެ ތާނގައި މަސައްކަތް ކުރާތާ 13 ދުވަސް ވެއްޖެއެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް