Support Us

އަހަރެމެންގެ ޢުޤޫބާތްތަކުން ވަރަށް ދިލަ ނަގާނެ: ހުޅަނގު

އެމެރިކާއާއި ހުޅަނގުގެ ޤައުމުތަކުން ރަޝިޔާއާ ދެކޮޅަށް އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ވަރަށް އަވަހަށް ރައްދު ދޭނެކަމަށް މޮސްކޯއިން ބުނެފިއެވެ. މޮސްކޯ ބުނާގޮތުގައި މި ފިޔަވަޅުތަކުގެ އަސަރު ކުޑައެއް ނުވާނެއެވެ. އެކަމުގެ ސަބަބުން ހުޅަނގުގެ ހުރިހާ ސެކްޓަރުތަކަކަށް ގެއްލުން ލިބޭނެއެވެ. ރަޝިޔާގެ ޚާރިޖިއްޔާގެ އިޤްތިޞާދީ އެއްބާރުލުމާ ބެހޭ އިދާރާގެ ޑިރެކްޓަރު ޑިމިޓްރީ ޕެރިޗްވިސްކީ ރަޝިޔާގެ ނޫސް އޭޖެންސީތަކަށް ދެއްވި ބަޔާނެއް ބުނާގޮތުގައި "މޮސްކޯއިން ދަނީ އަޅަން ޖެހޭ ފިޔަވަޅުތައް ދިރާސާ ކުރަމުންނެވެ. މި ފިޔަވަޅުތައް އިޙްސާސްވާ ގޮތަށް ވަރަށް އަވަހަށް އެޅޭނެއެވެ."

ރަޝިޔާއިން މި ބަޔާން ދިނީ އެ ޤައުމަށް ދަތި ކުރުމަށް އެމެރިކާއާއި ހުޅަނގުން ފުލުފުލުގައި ދަތިކުރުމުގެ އެތައް ބަންޑެލިތަކެއް ބަންނަމުންދާތީއެވެ. މި ފިޔަވަޅުތައް ކުރިބޯށްޓާ ހަމައަށްވާޞިލުވީ 8 މާރިޗް ގައެވެ. ރައީސް ބައިޑްން ވަނީ ރަޝިޔާއިން ތެލާއި ގޭސް ގަތުން ހުއްޓައިލުމަށް އަމުރު ކުރައްވައިފިއެވެ. މި ފިޔަވަޅާ ވިދިގެން އެމެރިކާއިން މިހާރު ދަނީ ވެނެޒުއޭލާއިން ތެލާއި ގޭސް ގަތުމަށް ޓަކައި ރައީސް މެޑޯރާއާ އެކު ވާހަކަދައްކަމުންނެވެ.

ޑޮލަރު ކޮންޓްރޯލް ކުރުން

ރޫސީ މަސްއޫލުވެރިޔާ ހާމަކުރެއްވި ގޮތުގައި ދަތިކުރުމުގެ ފިޔަވަޅުތަކާ ހެދި ޑޮލަރު ބޭނުން ކުރުން މިހާރު ވަނީ ކޮންޓްރޯލް ކުރެވިފައެވެ. ބޭރު ފައިސާގެ ރިޒަރވް ކޮންޓްރޯލް ކުރުމަށާއި ބޭރާއެކު ކުރާ މުޢާމަލާތުތަކުގައި ޑޮލަރު ބޭނުން ކުރުން ވަނީ މަދު ކުރެވިފައެވެ. ރަޝިޔާއިން މިހާރު ދަނީ ހުޅަނގުގެ ބާޒާރުތައް ދޫކޮށް އެހެން ބާޒާރުތަކާ ކުރިމަތިލަމުންނެވެ. އެއީ ބޭރުގެ ނައްސި އަސަރުތަކުން ރަޝިޔާގެ ވުނަކުރުމުގެ މަޝްރޫޢުތައް ޙިމާޔަތް ކުރުމަށް ޓަކައެވެ.

ރޫސީ ޚާރިޖިއްޔާގެ މި މަސްއޫލުވެރިޔާ ވިދާޅުވިއެވެ. "ޤައުމުގެ އެތެރޭގެ ބާޒާރުތަކާއި އިޤްތިޞާދީ ޚާރިޖީ ގުޅުންތަކާ އެއްގޮތަށް ރަޝިޔާގެ އިޤްތިޞާދު ބައްޓަން ކުރެވޭނެއެވެ. އޭނާ ވިދާޅުވިގޮތުގައި ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ހިރާސްތަކާމެދު މޮސްކޯއިން ވަނީ ވަރަށް ކުރީއްސުރެ ދިރާސާތައް ކޮށްފައެވެ. ރަޝިޔާގެ އިޤްތިޞާދު ބަރޯސާ ވަނީ މި އިޤްތިޞާދުގެ ޤާބިލުކަމާއި އަމިއްލަވަންތަކަމުގެ މައްޗަށެވެ."

ސްޕްޓްނިކް ނޫސް އޭޖެންސީ ބުނާގޮތުގައި ރަޝިޔާގައި އުފައްދާ އެއްޗެއްސާއި ރަޝިޔާގެ ރޯ މާއްދާ ބޭރުކުރާނީ ރަޝިޔާގެ ކެބިނެޓުން ކަނޑައަޅައި އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.ރައީސް ޕޫޓިން ވިދާޅުވާ ގޮތުގައި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ޢާންމު ރައްޔިތުންނަށް ބޭނުންވާ އަސާސީ މާއްދާތަކަށް އެއްވެސް ނުބައި އަސަރެއް ނުފޯރާނެއެވެ.

ދަތިކުރުމުގެ ފިޔަވަޅުތައް ހުޅަނގުން އެންމެ ބޮޑަށް އަޅައިފައިވަނީ ރަޝިޔާއާ ދެކޮޅަށް

ފަހުގެ ތަފާސްހިސާބުތައް ބުނާގޮތުގައި މިއަދު ދުނިޔޭގައި އެ ޤައުމަކާ ދެކޮޅަށް ދަތިކުރުމުގެ އެންމެ ގިނަ ފިޔަވަޅުތައް ހުޅަނގުން އަޅައިފައިވާ ޤައުމަކީ ރަޝިޔާއެވެ. ވޭތުވެދިޔަ ދިޔަ 10 ދުވަހުގެ ތެރޭގައި ރަޝިޔާ ވަނީ އީރާނާއި ސޫރިޔާ ފަހަނަޅައި ގޮސްފައެވެ.
ބްލޫމްބަރގް ބުނާގޮތުގައި ވޮޝިންގްޓަނާއި އެމެރިކާގެ ބައިވެރީން ރަޝިޔާއާ ދެކޮޅަށް އަޅައިފައިވާ ފިޔަވަޅުތަކުގެ ޢަދަދު މިހާރު ވަނީ 5553 ފިޔަވަޅަށް އިތރުވެފައެވެ. ރަޝިޔާއަކީ އޭރިޔާގެ ގޮތުން ބަލާއިރު ދުނިޔޭގެ އެންމެ ބޮޑު ޤައުމެވެ. ޢަސްކަރީ ބާރުގެ ގޮތުން ދެވަނައަށް އެންމެ ބާރުގަދަ ޤައުމެވެ. އީރާނާ ދެކޮޅަށް އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ޢަދަދަކީ 3616 އެވެ. ސޫރިޔާއާ ދެކޮޅަށް އަޅައިފައިވާ ފިޔަވަޅުތަކުގެ ޢަދަދަކީ 2608 އެވެ. އުތުރު ކޮރެއާ އާ ދެކޮޅަށް އަޅައިފައިވާ ފިޔަވަޅުތަކުގެ ޢަދަދަކީ 2077އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް