Support Us

ހަނގުރާމަ ހުއްޓުމާ ބެހޭ ހުށަހެޅުމުގެ ރައްދަކަށް ޕުޓިން އިންތިޒާރު ކުރައްވަނީ

އިސްރާއީލުގެ ދުވަހު ނޫހެއް ކަމުގައިވާ ޖެރޫސަލަމް ޕޯސްޓް ބުނާގޮތުގައި އެތާނގެ ބޮޑުވަޒީރު ބެނެޓް މޮސްކޯއަށް ކުރެއްވި ދަތުރުފުޅަކީ ވަރަށް މުހިއްމު ދަތުރުފުޅެކެވެ. އޭނާއާ ޙަވާލާދީ ބުނާގޮތުގައި ޔުކްރޭން މަސްއަލަ ނިމުމަކަށް ގެނައުމަށް ރަޝިޔާއިން މިހާރު ވަނީ އެންމެ ފަހު "ހުށައެޅުން" ހުށައަޅައިފައެވެ. މަސްއަލައަށް ނިމުމެއް އަންނާނީ ރައީސް ޒިލެންސްކީ މި ހުށައެޅުމަށް ދެއްވާ ރައްދާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

މި ނޫސް ބުނާގޮތުގައި ރައީސް ޕޫޓިންގެ ހުށައެޅުއްވުމަކީ "އުނދަގޫ" ހުށައެޅުމެކެވެ. އެހެނަސް އެއީ "މުސްތަޙީލު" ހުށައެޅުމެއްނޫނެވެ. މި ނޫސް ހާމަކުރި ގޮތުގައި ހަނގުރާމަ ފެށުމުގެ ކުރީން ރައީސް ޒިލެންސްކީއަށް މިއަށްވުރެ "ފަސޭހަ" ހުށައެޅުމެއް ލިބިވަޑައިގަތެވެ. މި ނޫސް ހާމަކުރި ގޮތުގައި ރައީސް ޕޫޓިން ވަގުތީ ގޮތުން ހަނގުރާމަ ހުއްޓުވައިލައްވައިފައި މި އޮތީ މި ހުށައެޅުމަށް ޔުކްރޭނުން އިޖާބަ ދޭތޯއެވެ.

ރޫސީ ރައީސްގެ ހުށައެޅުން

ފަރަންސޭސި ރައީސް މެކަރޯން ވިދާޅުވާ ގޮތުގައި ޔުކްރޭނުން މި ހުށައެޅުން ޤަބޫލު ނުކޮށްފިނަމަ "އަހުރެމެންގެ ކުރިމަތީގައި އޮންނާނީ މިހާރަށްވުރެ ނުބައި ކަންތައްތަކެކެވެ."

ރައީސް ޕޫޓިން ޔުކްރޭނިޔާ މުޅިން ބަދަލުކޮށްލައްވާނެއެވެ. އިސްރާއީލުގެ މި ނޫސް ބުނާގޮތުގައި ރައީސް ޒިލެންސް ހުންނެވީ "ހައްދަވާނެ ނަހައްދަވާނެ ގޮތެއް" އެނގިވަޑައިނުގެން ބޮޑު ޙައިރާންކަމެއްގެ ތެރޭގައެވެ. ރައީސް ޒިލެންސްކީއަށް އޭނާގެ ޤައުމުގައި އޮތް ތާއީދު ދަނީ ބޮޑުވަމުންނެވެ. އޭނާގެ ޤައުމުގައި އޭނާއަކީ "ޝީ ޖީވާރާ" ފަދަ ބަޠަލެކެވެ. މި ބަޠަލުގެ ނިމުން އޮތް ގޮތް އޭނާއަށް އެނގިވަޑައިގަންނަވައެވެ. މި ނޫސް ބުނާގޮތުގައި ޔުކްރޭންގެ މިނިވަންކަން ޒިލެންސްކީއަށް ވަރުގަދަ ކުރެއްވިދާނެއެވެ. މި ކަމަށް ޓަކައި ވަރަށް ބޮޑު އަގެއް ދައްކަވަން ޖެހިވަޑައިގަންނަވާނެއެވެ.

އެއީ

  • ޑޮންބާސް ސަރަޙައްދު ރަޝިޔާއަށް ދޫކޮށްލެއްވުމާއި
  • ވަކިވެގަންފައިވާ ދެ ސަރަޙައްދުގެ މިނިވަންކަން ޤަބޫލު ކުރެއްވުމާއި
  • ޔުކްރޭން ނޭޓޯއަށް ނުވަންނާނެކަމުގެ ޢަހްދު ކަށަވަރު ދެއްވަން ޖެހިވަޑައިގަތުމާއި
  • " ޔުކްރޭންގެ ލަޝްކަރު ކޮށައިމަށައި" ވަކިނެތް ބާރަކަށް ހައްދަވަން ޖެހިވަޑައިގަތުމެވެ.
  • މި ހުށައެޅުންތައް ޤަބޫލު ނުކުރައްވައިފިނަމަ ޔުކްރޭންގެ އެތައް ހާސް ބަޔަކު މަރުވެގެންދާނެއެވެ، އަދި ފަހަރެއްގައި ޔުކްރޭންގެ މިނިވަންކަން ވެސް ގެއްލިގެން ހިނގައިދާނެއެވެ.

ޕޫޓިންގެ ވިސްނުންފުޅު

އިސްރާއީލުގެ ނޫސް ބުނާގޮތުގައި ބޮޑުވަޒީރު ބެނެޓް މޮސްކޯއަށް ވަޑައިގަތީ މޮސްކޯއާއި ކިޔޭފް ޞުލްޙަ ކުރުވާކަށްނޫނެވެ. އޭނާ ވަޑައިގަތީ ރައީސް ޕޫޓިންގެ ސިޔާސަތަކީ ކޮބައިތޯ ބައްލަވާށެވެ. އޭނާގެ ރަތް ރޮނގުތަކަކީ ކޮބައިތޯ ބައްލަވާށެވެ. އެއަށްފަހު މި މަޢުލޫމާތުތައް ހުޅަނގާ ޙިއްޞާ ކުރެއްވުމަށެވެ.

ހުޅަނގުން ބުނާގޮތުގައި ރަޝިޔާއާއި ޔުކްރޭނާ ދެމެދުގައި ސީދާ ވާހަކަ ދެއްކުންތައް ދަނީ ބޭއްވެމުންނެވެ. މި ވާހަކަތައް ބޭއްވެމުންދަނީ ސަމާސާ ކަނޑައިލައިފައެވެ. މި ވާހަކަތައް ކުރިއަށްދާ ގޮތް ކިޔޭފުން ހުޅަނގާ ޙިއްޞާއެއް ނުކުރެއެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް