Support Us

ޔުކްރޭނުގައި ހިނގަމުންދާ ހަމަނުޖެހުމަށް "ހަނގުރާމަ"އޭ ނުކިޔާން އދ.އިން އަންގައިފި

ޔުކްރޭނުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުމަށް ނިސްބަތްކޮށް "ހަނގުރާމަ"އޭ ނުވަތަ "އިސްތިޢުމާރުކުރުމޭ" ނުކިޔާން އެކުވެރި ދައުލަތްތަކުގެ ޖަމުޢިއްޔާ (އދ)ގެ މުވައްޒިފުންނަށް އެ ޖަމްޢިއްޔާއިން އަންގައިފި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ. އަދި އެއްވެސް މީސްމީޑިއާގެ އެއްވެސް ފުރަމަލައަކަށް ޔޫކްރޭނުގެ ދިދަ (ނުވަތަ ދިދައިގެ ފޮޓޯ) ލުން މަނާކޮށްފި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އެއީ ރަސްމީ މަންސައެއް ކަމަށް ވިޔަސް ނުވަތަ އެ މުވައްޒަފެއްގެ ޒާތީ މަންސައެއް ކަމަށް ވިޔަސް އެ ފަދަ ފޮޓޯއެއް އެފަދަ އެއްވެސް މަންސައަކަށް ނުވަތަ ފުރަމަލައަކަށް ލައިގެން ނުވާނެކަމަށް ވަނީ އަންގައިފައެވެ.

މި ވާހަކަ ފުރަތަމަ އައިސްފައިވަނީ "ދި އައިރިޝް ޓައިމްސް" ނަމަކަށް ކިޔާ ނޫހެއްގައެވެ. އަދި ވާދަވެރި ދެފަރާތަށް ނުވަތަ އަރައިރުންވާ ދެ ފަރާތަށް ވެސް ހަމަހަމަކަމާއެކު މުޢާމަލާތުކުރުމަކީ އދ.ގެ މުވައްޒިފުންގެ މަސްއޫލިއްޔަތެއް ކަމަށް މުވައްޒިފުންނަށް ހަނދާންކޮށްދީފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

އަދި މިހާރުގެ ޙާލަތަށް ރިޢާޔަތްކޮށް ބޭނުންކުރާންޖެހޭ އަދި ބޭނުންކޮށްގެން ނުވާނެ ލަފުޒުތަކުގެ ޚާއްޞަ މިސާލުތައް ވެސް އެ ޖަމްޢިއްޔާގެ މުވައްޒަފުންނަށް އިއްޔެ ފޮނުވި އީމޭލެއްގައި ބަޔާންކޮށްފައިވާކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ. "އަރައިރުން" ނުވަތަ" އަސްކަރީ ހަމަނުޖެހުން"(ފަދަ ލަފުޒުތައް) ބޭނުންކުރާށާއި "ހަނގުރާމަ" ނުވަތަ "އިސްތިޢުމާރު"(ފަދަ ލަފުޒުތައް) ބޭނުން ނުކުރާން ވެސް އަނގައިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

"މިއީ އަހަރެމެންނަކީ ބައިނަލްއަޤުވާމީ މަދަނީ މުވައްޒަފުންނަށް ވާތީ އަހަރެމެންނަކީ ވަކި ފަރާތަކަށް ނުޖެހޭ ހަމަހަމަކަމަށް އިސްކަންދޭން ހަނދާންކޮށްދޭ މުހިންމު ހަނދާންކޮށްދިނުމެކެވެ." އެ އީމޭލުގައި ވާކަމަށް "އައިރިޝް ޓައިމްސް"ގައި ބުނެފައިވެއެވެ.

"ދި އައިރިޝް ޓައިމްސް"ގައި އިއްޔެ ޝާއިޢުކުރި މި ޚަބަރާ ގުޅިގެން މިއީ ޞައްޙަ ޚަބަރެއްތޯ އޮޅުން ފިލުވުމަށް ޓަކައި އދ.ގެ ތަރުޖަމާނު ސްޓޭފަން ޑުޖޭރިކް އަރިހުގައި ސުވާލު ދެންނެވުމުން އެއީ ޞައްޙަ އީމޭލެއް ކަމަށް އިޢުތިރާފު ވެވަޑައިގަތަސް އެއީ އދ.ގެ ރަސްމީ ސިޔާސަތެއް ކަމަށް އިންކާރުކުރެއްވިއެވެ. "އެއީ ޞައްޙަ އީމޭލެއްކަމާމެދު އަޅުގަނޑު ދެބަހެއް ނުވަމެވެ. ނަމަވެސް އެއީ މުއައްޒަފުންނަށް އޮތް ސިޔާސަތެއް ނޫނެވެ." އޭނާ ވިދާޅުވިއެވެ.

އޭގެފަހުން "ދި އައިރިޝް ޓައިމްސް"އަށް ފެނުން އދ.ގެ އީމޭލެއްގައި ކުރީގެ ސިޔާސަތު ބަދަލުކޮށް ބަސް ބޭނުންކުރުމުގެ ސިޔާސަތު އަދާހަމަކޮށް "ހަނގުރާމަ"އާއި "އިސްތިޢުމާރު" ބޭނުންކުރާން ހުއްދަދީފައިވާ ކަމަށް ވެސް އައިރިޝް ޓައިމްގައި ރިޕޯޓްކޮށްފައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *