Support Us

އީރާނުން ހެދިހަނދެއް ހަވާއަށް ފޮނުވައިފި

އީރާނުން ހެދިހަނދެއް މިއަދު ޖައްވަށް ފޮނުވައިފިއެވެ. މި ހަނދުގެ ނަމަކީ "ނޫރު 2″ އެވެ.

މި ހަނދު އެރުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އީރާނުގެ އިންޤިލާބީ ފާރަވެރީންގެ ލަޝްކަރުގެ ޢާންމު ވެރިޔާ ޖެނެރަލް ޙުސައިން ސަލާމަތީ ވިދާޅުވި ގޮތުގައި އީރާނަކީ އިސްލާމީ ޤައުމަކުން ހެދިހަނދެއް ހަވާއަށް ފޮނުވި އެންމެ ފުރަތަމަ ޤައުމެވެ. އޭނާ ވިދާޅުވި ގޮތުގައި މިއީ ހަމައެކަނި ފަންނިއްޔާތުގެ އަރުތައެއް ނޫނެވެ. އެއަށްވުރެ ބޮޑަށް އިސްލާމީ ޤައުމުތައް މި ފަންނިއްޔާތުން މަޙްރޫމު ކުރަން މަސައްކަތް ކުރާ ބާރުތަކަށް ދެވުނު ރައްދެކެވެ.

އޭނާ ވިދާޅުވިގޮތުގައި މިއީ އެކަމަށް ޓަކައި އީރާނުގެ ރައްޔިތުން މާތްﷲއަށް ޝުކްރު ދަންނަވާ ކަމެކެވެ. މި ކަމުގައި މާތްﷲ ތައުފީޤު ދެއްވިކަމަށް ޓަކައެވެ. އޭނާ ވިދާޅުވިއެވެ. "މި ކާމިޔާބީގެ ސަބަބުން އަހުރެމެންނަށް މި ވަނީ ހަވާއިން ބިމަށް ބެލުމުގެ ފުރްޞަތު ލިބިފައެވެ." އޭނާ ވިދާޅުވި ގޮތުގައި މިއީ "އީރާނުގެ ދުޝްމަނުން ބަލިކުރެވުނު ދުވަހެކެވެ. ކުރިއަރައިފައިވާ މި ފަންނިއްޔާތު އުފެއްދުންތެރި އެއްޗަކަށް މި ވަނީ ހެދިފައެވެ."

އީރާނުން އެރުވި ހެދިހަނދު (ނޫރު 2) ދުނިޔެ ވަށައި ބުރުޖަހަމުން ދާނީ 500 ކީލޯމީޓަރުގެ އޯބިޓެއްގައެވެ. މި ހަނދު އަރުވައިފައި ވަނީ ޤާޞިދު ނަމަކަށް ކިޔާ ތިން ފިޔަވަހީގެ ރޮކެޓެއް ބޭނުންކޮށްގެންނެވެ. މި ހަނދު އަރުވައިފައި ވަނީ އީރާނުގެ އިރު އުތުރު ޞަޙަރާއިންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް