ޞުލްޙައާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވުމަށް ޓަކައި ރަޝިޔާއާއި ޔުކްރޭންގެ ޚާރިޖީ ވަޒީރުން ތުރްކީގައި މި އަންނަ ބުރާސްފަތި ދުވަހު ބައްދަލު ކުރައްވާނެ ކަމަށް ތުރްކީގެ ޚާރިޖީ ވަޒީރު މައުލޫދު ޖާވީޝް އޮގްލޫ ހާމަކުރައްވައިފިއެވެ. މިކަމާ ގުޅިގެން ރަޝިޔާއިން ރޭ ހާމަކުރި ގޮތުގައި ޔުކްރޭން ހަނގުރާމަ ހުއްޓުމަކަށް އަންނާނީ ޝަރްޠުތަކެއްގެ މަތީންނެވެ.
ކްރެމްލިންގެ ތަރްޖަމާނު ވިދާޅުވިގޮތުގައި އެންމެ ފުރަތަމަ ޝަރްޠަކީ ކްރެމިއާ ސަރަޙައްދަކީ ރަޝިޔާގެ ބިމެއްކަން ޤަބޫލުކުރުމާއި ޔުކްރޭނުން ވަކިވެގަންފައިވާ ޑޮނެޓްސްކާއި ލޮގާންސްކަކީ މިނިވަން ދެ ޖުމްހޫރިއްޔާ ކަން ޤަބޫލުކުރުމެވެ.
ކްރެމްލިންގެ ތަރްޖަމާނު ވިދާޅުވި ގޮތުގައި ރަޝިޔާއިން ޔުކްރޭންގައި ހުރި ޙަމަލާދެވޭ ހަތިޔާރުތައް ނައްތައިލާނެއެވެ. އޭނާ ހާމަކުރެއްވިގޮތުގައި މޮސްކޯގެ މި ޝަރްޠުތައް ކިޔޭފުން ޤަބޫލުކޮށްފިނަމަ ވަގުތުން ހަނގުރާމަ ހުއްޓައިލެވޭނެއެވެ.
ކްރެމްލިންގެ ތަރްޖަމާނު ވިދާޅުވި ގޮތގައި ޔުކްރޭންގެ ޤާނުނު އަސާސީ ބަދަލުކޮށް ޔުކްރޭން އެއްވެސް ޖަމާޢާތެއްގައި ބައިވެރިވުން މަނާކުރެވެން ޖެހޭނެއެވެ.
ޔުކްރޭންގެ ޚާރިޖީ ވަޒީރާ ބައްދަލު ކުރައްވާގޮތަށް ހަމަޖެހިފައިވާ ކަމަށް ރޫސީ ޚާރިޖީ ވަޒީރު ލެފްރޯފް ވެސް ވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ދެ ވަޒީރުން ބައްދަލުކުރައްވަން ހަމަޖެހިފައި ވަނީ ތުރްކީގެ ދެކުނު ހިސާބެއްގައެވެ. މިއީ ހަނގުރާމަ ފެށުނު ފަހުން މި ދެ ވަޒީރުން ބައްދަލު ކުރައްވާ ފުރަތަމަ ފަހަރެވެ. ތުރްކީގެ ޚާރިޖީ ވަޒީރު މައުލޫދު އޮގްލޫ ވިދާޅުވާ ގޮތުގައި މި ބައްދަލުވުން އޮންނާނީ އަންޠާލިޔާގައެވެ. އޭނާ މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވާނެއެވެ. ތުރްކީއަކީ ކަޅު ކަނޑުގެ ސަރަޙައްދުގައި ރަޝިޔާއާއި ޔުކްރޭނާ ގުޅިފައިވާ ޤައުމެކެވެ. އޭނާ ވިދާޅުވި ގޮތުގައި ޔުކްރޭން ހަނގުރާމައަކީ ބަލައިގަނެވޭނެ ޢަމަލެއްނޫނެވެ. އެހެނަސް މޮސްކޯއަށް ދަތިކުރުމުގައި ފިޔަވަޅުތަކުގައި ތުރްކީ ބައިވެރިއެއް ނުވެއެވެ.



advertisment
One Response
ރަޝިޔާ އާއި ޔުކްރެއިން އާއި ދެމެދު ހިނގަމުންދާ ހަނގުރާމަ ހުއްޓުމަށް ޓަކައި މެދުވެރިއެއްގެ ދައުރު ކުޅެވޭނީ ވަކިފަރާތަކަށް ނުޖެހޭ ގައުމަކަށެވެ. ތުރުކީ އަކީ މިހަނގުރާމައިގައި ޔުކްރެއިން ކޮޅަށް ބުރަވެ، ރަޝިޔާ އާއި ދެކޮޅަށް ބޭނުން ކުރުމަށްޓަކައި"ހަނގުރާމަމަތީ ޑްރޯން" ޔުކްރެއިން އަށް ފޮނުވި ގައުމެކެވެ.