Support Us

ރަޝިޔާ- ޔުކްރޭން ހަނގުރާމަ ވަގުތުކޮޅަކަށް ހުއްޓައިލެވޭނެކަން އިޢުލާންކޮށްފި

ރަޝިޔާއިން ޔުކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ، މިއަދު މެންދުރު 12:00 ން ފެށިގެން ވަގުތުކޮޅަކަށް ހުއްޓައިލެވޭނެކަން އިޢުލާންކޮށްފިއެވެ.

ޔުކްރޭން ހަނގުރާމައިގެ 13 ވަނަ ދުވަހު ރަޝިޔާގެ ލަޝްކަރުތަކުގެ ޗީފް އޮފް ސްޓާފްގެ އޮފީހުން ނެރުނު ބަޔާނެއް ބުނާގޮތުގައި ވަގުތުކޮޅަކަށް ހަނގުރާމަ ހުއްޓައިލުމަށް ނިންމީ ހަނގުރާމައިގެ ސަބަބުން ބަންދުވެފައި ތިބި ޢާންމުންނަށް ރަށުން ބޭރަށް ނުކުމެވޭނެ އަމާން މަގުތަކެއް ތަނަވަސްކޮށް ދިނުމަށް ޓަކައެވެ. ހަނގުރާމަ ހުއްޓައިލަނީ ކިތަށް ގަޑިއިރަށް ކަމެއް ހާމައެއް ނުކުރެއެވެ.

ރަޝިޔާ ބުނާގޮތުގައި އެމެރިކާއިން ބޯލްޓިކް ކަނޑަށް ފޮނުވައިފިއެވެ. ރަޝިޔާއިން ދަނީ މި ދެ ޑިސްޓްރޯޔަރ މަނަވަރުގެ ޙަރަކާރްތަކަށް ފާރަލަމުންނެވެ. މި ދެ މަނަވަރުގައި މިސްރާބު ކުރެވިފައިވާ މިސައިލްތައް އެބަ ހުރި ކަމަށް ރަޝިޔާއިން ބުނެއެވެ.

އަނެއްކޮޅުން ޔުކްރޭނުން ބުނާގޮތުގައި ރޫސީ ސިފައިން މިހާރު ދަނީ ވެރިރަށް ކިޔޭފަށް އެރުމަށް ޓަކައި ހުރިހާ ފަރާތުން ކަރުމަޅި ބާރުކުރަމުންނެވެ. ޔުކްރޭންގެ ދިފާޢީ ވުޒާރާ ބުނާގޮތުގައި ރަޝިޔާ ސިފައިން މިހާރު މަސައްކަތް ކުރަމުންދަނީ ކްރިމިޔާގެ އެއްގަމު މަގުން ޔުކްރޭންގެ މަރިޔާޕޯލަށް ވަނުމަށެވެ.

ޔުކްރޭނުން ޚަބަރުދޭ ގޮތުގައި ރަޝިޔާ ސިފައިން ކިޔޭފް ހިފުމަށް ޓަކައި މިހާރު މަސައްކަތް ކުރަމުން ދަނީ ޕޫޗާއަށާއި އިރްބީނަށް ފުރިހަމައަށް ވެރިވެގަތުމަށެވެ. ޔުކްރޭނުން ބުނާގޮތުގައި ރަޝިޔާ ސިފައިންނަށް މަދަދު އަންނަމުންދަނީ ބިލޯރޫސްގެ ތެރެއިންނެވެ.ޔުކްރޭނުން ކަށަވަރުކޮށްދޭ ގޮތުގައި ރޫސީސިފައިން މިހާތަނަށް ޒަޕަރޯޖިޔާ ސަރަހައްދުން ހަ ސަހަރެއް ހިފައިފިއެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް