Support Us

ޕޫޓިން ބޭނުންފުޅުވަނީ ދުނިޔޭގެ ގުޅުންތައް އާންމު ޙާލަތަކަށް ގެނައުން

އެހެން ދައުލަތްތަކާއެކު އޮންނަ ގުޅުން އާދައިގެ އާންމު ހާލަތަކަށް ގެންނާން ރޫސީ ރައީސް ވްލަޑިމީރ ޕޫޓިން ގޮވައިލައްވައިފިއެވެ. އޭނާ ވިދާޅުވީ "އެ ގައުމުގެ އަވަށްޓެރީނާ ދޭތެރޭ ކުޑަކޮށް ވެސް ނުބައި ނިޔަތެއް ނެތް" ކަމަށެވެ. ރޫސީން ޔޫކްރޭނަށް އަރައިގަތުން ދެވަނަ ހަފުތާއެއްގެ ތެރެއަށް ވަދެގެންދާއިރު، ރޫސީވިލާތުގައި އިއްޔެ ބޭއްވި ދިދަނެގުމުގެ ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުން ޕުޓިން ގޮވައިލެއްވީ ޢާލަމީ ވިލަރެސްކުރުމަކަށެވެ.

"އަޅުގަނޑަށް ހީވަނީ ގުޅުންތައް އާދައިގެ ކުރުމަށާއި އާންމު ޙާލަތެއްގައި ވިލަރެސްކުރުމާމެދު ހަމަ ކޮންމެ މީހަކު ވެސް ވިސްނާންޖެހޭނެ" ކަމަށެވެ. ޕޫޓިން ވިދާޅުވިއެވެ.

"ރޫސީން ދެކެނީ އެހެން ގައުމުތަކާއެކު ހަމަނުޖެހުންގަނޑެއްގެ ތެރެއަށް ދިޔުމުގެ މުހުތާދެއް ނެތްކަމުގައެވެ." އޭނާ ދައުވާކުރެއްވީ ޔޫކްރޭނުގައި ރޫސީން މިހާރު ހިންގާ ޢަމަލުތައް ވުޖޫދަށް ގެނުވީ ރޫސީންނާމެދު ގެންގުޅުނު މިތުރުކަން ނެތް ޢަމަލުތަކުގެ އިޖާބައެއްގެ ގޮތުންކަމަށެވެ.

"މިހާރުގެ ޙާލަތު އިތުރަށް ގޯސްކުރުމުގެ އަދި ހަރުކަށިކަން ހިންގުމުގެ މުހުތާދެއް ނެތެވެ. ހުރިހާ ވާޖިބުތަކެއް އަހަރެމެން ފުރިހަމަކުރާނަމެވެ. އެއްބާރުލުމެއްގެ އޮނިގަނޑުގެ ތެރޭގައި އެއްވެސް މީހަކު އަހަރެމެންނަށް އެއްބާރުލުން ދޭން ބޭނުން ނުވާނަމަ އަދި އެބަޔަކު އަމިއްލައަށް އެ ބަޔަކަށް ނުރައްކާކުރާނަމަ، އެއްވެސް ޝައްކެއް ނެތް ގޮތުގައި އެ ބަޔަކު އަހަރެމެންނަށް ވެސް ނުރައްކާ ކުރާނެއެވެ."

ރޫސީ ވިލާތް މުޅި ދުނިޔެއިން އެކަހެރިކުރުމަށްޓަކައި އެމެރިކާއާއި އެ މީހުންގެ ބައިވެރީން ރޫސީވިލާތާ ދެކޮޅަށް އަޅައިފައިވާ ދަތިކުރުމުގެ ތާރީޚީ ފިޔަވަޅުތަކަށް އިޝާރާތްކުރައްވައި ޕޫޓިން ވިދާޅުވީ "ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ރޫސީވިލާތަށް ކުރިމަތިވާ މައްސަލަތައް އެ ގައުމުން ހައްލުކުރާނެ" ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވި ގޮތުގައި "އިތުރު ހުނަރުތައް ތަރައްގީ ކޮށް ޤާބިލިއްޔަތު އިތުރުކޮށްގެން ރޫސީވިލާތަށް ފައިދާ ކުރާނެ" އެވެ.

"އަހަރެމެން ބޭނުންވަނީ އިތުރު ހުނަރާއި ޤާބިލިއްޔަތު ލިބިގަތުމަށް ޓަކައި އަހަރެމެންގެ މަޝްރޫޢުތައް ކުޑަކޮށް ކުރިއަށް ޙަރަކާތްތެރިވެލާށެވެ. އަހަރެމެންނަށް ކުރިމަތިވާ މައްސަލަތައް އަހަރެމެން ޙައްލުކުރާނަމެވެ. އާޚިރުގައި މި ދަތިކުރުމުގެ ފިޔަވަޅުތަކުން އަހަރެމެންނަށް ކުރާނީ ފައިދާއެވެ. އެހެނީ މި ކަމުގެ ސަބަބުން އިތުރު ޤާބިލިއްޔަތު އަހަރެމެން ހޯދާނަމެވެ."

ޕޫޓިންގެ މި ވާހަކަތައް އައިސްފައި މިވަނީ ޔުކްރޭނުގެ ނިޔުކްލިޔަރ އިންޖީނުގެ ރޫސީންގެ ބާރުގެ ދަށަށް ދިޔަކަން އިޢުލާންވިތާ މަދު ގަޑިއިރެއްގެ ތެރޭގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

One Response

  1. ދުނިޔޭގެ އެންމެން ތިބޭފުޅާ އަށް ސަޖިދަ ޖެހިޔަސް އަޅުގަނޑެއް ތި ބޭފުޅާ އާއި ދިމާއަށް ލޮލުގެ ކުޑަކޮޅުންވެސް ބަލައި ނުލާނަމެވެ. އަހަރެމެން ޤަބޫލުކުރަނީ ޞުލްޙައެވެ. އެކުވެރިކަމެވެ. ތި ބޭފުޅާ ގެންގުޅުއްވާ ހަނގުުރާމައަށް ބެރު ޖެހުމާ، ޓެރަރިޒަމްގެ ސިޔާސަތަކަށް ތާއީދެްް ނުކުރަމެވެ. ޢާލަމީ ވިލަރެސްކުރުމޭ ކިޔައުގެން ވާހަކަ ދައްކަވާއިރު، ތިޔައީ ޢާލަމީ ވަބާ އެކެވެ. މާތްﷲ ތިޔަ ބޭފުޅާގެ ނުބައިކަމުން މުޅި ދުނިޔެ ސަލާމާތްކުރައްވާށި އެވެ. އާމީން.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *