Support Us

ހަނގުރާމަ ހުއްޓުމުގެ ވާހަކަތަކަށް ކުރިއެރުމެއް ނުލިބުނީތީ ޔޫކްރޭނުން ހިޖުރަކުރާ މީހުން އިތުރުވެއްޖެ

ރޫސީން އެބައިމީހުންގެ އަވަށްޓެރި ޔޫކްރޭނަށް ޙަމަލާދިނުން ހުއްޓުވައި ޞުލްޙަ ޤާއިމުކުރެވޭތޯ، ބެލަރޫސްގައި ޔޫކްރޭނާއި ރޫސީންނާ ދެމެދު ފުރަތަމަ ފަހަރަށް އިއްޔެ ބޭއްވުނު ވާހަކަތައް މާ ބޮޑު ކުރިއެރުންތަކެއް ނުލިބި ނިމިފައިވާތީ މި ދަނޑިވަޅުގައި ޔޫކްރޭނުގެ އެތައް ހާސްބަޔަކު ގައުމު ދޫކޮށް އަވަށްޓެރި ޤައުމުތަކަށް ހިޖުރަކުރުން އިތުރުވެއްޖެއެވެ. އެހެންނަމަވެސް ބައްދަލުވުން ނިންމައިލީ މަޝްވަރާކުރެވުނު ކަންކަމާމެދު އިސްވެރީންނާ ބައްދަލުކުރުމަށް ފަހު އަލުން ބައްދަލުމެއް ބާއްވާން އެއްބަސްވުމަށްފަހުގައެވެ. އަނެއްކޮޅުން އިވޭން ފެށީ ޔޫކްރޭނުގެ ދެވަނައަށް އެންމެ ބިޔަ ސަހަރުކަމަށްވާ ޚަރްކިބް ގެ އެކި ސަރަހައްދުތަކަށް އިހާ ބޮންތައް އަމާޒުވާން ފެށި ވާހަކައެވެ. އެހެންކަމުން ރޫސީން ކުރިއަށް ދާން ބޭނުންވަނީ ކިހާ ދުރަކަށްކަން ޔަގީން ނުވާތީ މުޅި ޝަހަރުގައި ސައިރަންގެ އަޑު ވަނީ ގުގުމައިލައިފައެވެ. ދުނިޔޭގެ ހުރިހާ ގައުމަކުން ވެސް ކުށްވެރިކުރާނެ އިހާ ބޮމުން ނުވަ މަދަނީއަކު މަރުވެ އެތައް ދޮޅަހެއްގެ ބަޔަކު ވަނީ ޒަޚަމްވެފައެވެ.

އަލުން ބައްދަލުވާން އެއްބަސްވެވުން ފިޔަވައި މާ ބޮޑު ކުރިއެރުމެއް ނުލިބި ނިންމައިލެވުނު ފެންނާން ފެށީ ހުއްޓުމެއް ނެތި މި ހނަގުރާމަ ދިގުލައިގެންދާނެކަމުގެ ނިޝާންތަކެވެ.

މިހާރު ޔޫކްރޭނުގައި ހިނގަމުންދާ ހަނގުރާމައަކީ ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ވިލާތުގައި ފެނުނު އެންމެ ބޮޑު ހަނގުރާމަވެރި ޢަމަލުކަމަށް ވިޔަސް ރޫސީންނަށް ވެސް ކުރިމަތިލާން ޖެހިފައިވަނީ އެ މީހުން ކުރީން އުންމީދުކޮށްފައިނުވާ ފަދަ ވަރުގަދަ ދިފާޢީ ކުރިމަތިލުންތަކަކާއެވެ. އަދި ރޫސީން ކުރީން ހީކޮށްފައިނުވާހާ ގިނަ ގައުމުތަކަކުން މި ޢަމަލު ކުށްވެރިކުރަމުން އެބަ ގެންދެއެވެ.

ރޫސީ ފައުޖުތައް މިހާރު ޚަރްކިބްގެ ރަށްބޭރުން ޙަމަލާތައް ދެމުންދާއިރު އެ މީހުންގެ ޙަމަލާތައް ބައިބޯ ސަރަހައްދުތަކަށް މައިގަނޑު ގޮތެއްގައި އަމާޒު ނުކުރިކަމުގައި ވިޔަސް މަދަނީންނަށް ވެސް ގެއްލުންވަމުން އެބަދެއެވެ.

"މިއަދު ފެނުނީ ހަމައެކަނި ހަނގުރާމައެއް ނޫން. އެއީ އަހަރެމެން ޔޫކްރޭނު މީހުންތައް ކަތިލުން،" ޚަރްކިބްގެ ޙާލަތު ސިފަކޮށްދެމުން އެ ސަހަރުގެ މޭޔަރު އިގޯރް ތެރެޚޯބް ބުނެފައިވެއެވެ. "މިއީ އެތައް ޒަމާނެއްގެ ތާރީޚަށް ބަލާއިރު ވެސް ޚަރްކިބްގެ ރައްޔިތުން މި ފަދަ ކަމަކާ ކުރިމަތިލާން ޖެހުނު ފުރަތަމަ ފަހަރު: ޙަމަލާތައް އަރައި މީސްމީހުންގެ ގެދޮރު ސުންނާފަތިވަނީ، މަޢުޞޫމު އެތައް ދޮޅަހެއްގެ ބަޔަކު މަރުވަނީ."

ޖުމްލަ 1.5 މީހުންގެ އާބާދީއެއް ދިރިއުޅޭ ޚަރްކިބް ސަހަރުގެ މީސްމަދު ހިސާބަށް ރަށް ބޭރުން ޙަމަލާތައް ދިނަސް މި ހަނގުރާމައިގެ ފަސްވަނަ ދުވަސް ފާއިތުވެގެންދިޔައިރު އެ ސަހަރަށް ވަނީ ރޮކެޓް ޙަމަލާތައް އަމާޒުވާން ފަށައިފައެވެ.

ތެރެޚޯބް ބަޔާންކޮށްފައިވާ ގޮތުގައި "ހަތަރު މީހަކު މަރުވީ ބޯ ފެން ހޯދުމަށް ޓަކައި އެ މީހުން ދިރިއުޅޭ އިމާރާތް ދޫކޮށް ނުކުތްތަނާއެވެ. އިތުރު ދެ މީހަކާއި ތިން ކުޑަކުދީން ދަތުރުކުރަމުން ދިޔަ ކާރަކަށް ރޮކެޓެއް އަމާޒުވެ ކާރު ރޯވުމާ ގުޅިގެން އެ އެންމެން ވަނީ ދިރިތިއްބައި އަލިފާން ރޯވެ ފިހިގެން މަރުވެފައެވެ. އިތުރު 37 މީހަކު ވަނީ ޒަޚަމުވެފައެވެ.

ރައީސް ޕުޓީންގެ މި ހަރުކަށި ޙަމަލާ މި ދިޔަ ހަފުތާގައި އިޢުލާނުކުރި ފަހުން އެތައް ހާސް ބަޔަކު ވަނީ ޔޫކްރޭން ދޫކޮށް އެހެން ގައުމުތަކަށް ހިޖުރަކޮށްފައެވެ. އެހެންނަމަވެސް ގައުމު ދޫކޮށް ނުގޮސްތިބި މީހުން ވަނީ ދިފާޢާށް ނުކުމެ ރައްދު ޙަމަލާ ދޭން ފަށައިފައެވެ. ޔޫކްރޭންގެ ޢާންމުންނަށް ހަތިޔާރު ބަހައިފައިވާއިރު، ޖަލުގައި ތިބި ބޮޑެތި ކުށްވެރީންވަނީ މިނިވަންކޮށް ދިފާޢަށްޓަކައި ހަތިޔާރުދީ މަގުތަކަށް ނެރެފައެވެ.

އަނެއްކޮޅުން ރޫސީންނަށް ވެސް އަންނަނީ ބައިނަލްއަގުވާމީ ދެކޮޅު ހެދުންތަކާ ކުރިމަތިވަމުންނެވެ. އަދި މުޅި ދުނިޔެއާ އަންނަނީ އެކަހެރިވަމުންނެވެ. ރޫސީންގެ ހަތުރުވެރިޔާއަށް ލިބިފައިވާ ފުރުޞަތުގެ ބޭނުން ފުރިހަމައަށް ހިފައި،  އެމެރިއާއާއި ބައިވެރީން އަންނަނީ ރޫސީންނަށް ދަތިކުރުމުގެ ބޮޑެތި ފިޔަވަޅުތަކެއް އަޅަމުންނެވެ.

ރޫސީންނާއެކު ތެލުގެ ވިޔަފާރިކުރަމުން އަންނަ އެންމެ ބޮޑު ކުންފުނި ކަމަށްވާ "ރޯޔަލް ޑަޗް ޝެލް" ކުންފުނީން ރޫސީންނާ އޮންނަ ވިޔަފާރީގެ ގުޅުން ކަނޑައިލައިފައި ވާއިރު، ބްރިޓިޝް ޕެޓްރޯލިއަމް ކުންފުނީން އާދީއްތަ ދުވަހު ވަނީ ރޫސީންނާ ގުޅުން ކަނޑައިލައިފިއެވެ.

އިވޭ އަޑުތަކާއި ފެންނަ މަންޒަރުތަކާއި އެޅޭ ފިޔަވަޅުތަކާއި މީހުންގެ ގޮތްދޫނުކުރުންތަކުގެ ސަބަބުން ދުނިޔޭގެ ކުރިމަގުގެ ހިރާސް ވަރަށް ބޮޑެވެ. މާލީ އިޤްތިޞާދީ އިޖުތިމާޢީ ދާއިރާގައި ބޮޑެތި ދަތިތަކަކާ މުޅި ދުނިޔެ ކުރިމަތިލާންޖެހިދާނެ ކަމުގެ ބިރު މިވަނީ އުފެދިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *