Support Us

ޔުކްރޭނުގެ ވެރި ރަށުން މަދަނީން ބޭރުވާން ރަޝިޔާ އިލްތިމާސްކޮށްފި

ޔޫކްރޭނުގެ ވެރިރަށް ކްޔީވްއިން މަދަނީން ބޭރުވާން ރަޝިޔާއިން އިލްތިމާސްކޮށްފިއެވެ.

ރޫސީ ދިފާޢީ މުޒާރާއިން މި ކަމަށް އިލްތިމާސްކޮށް މިއަދު ޢާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ ކްޔިވާ 20 ކިލޯމީޓަރު ހުޅަނގު-ދެކުނުގައި އޮންނަ ސިޓީއެއް ކަމަށްވާ ވެސިލްކޯވްއަށް ދާން އޮންނަ ހަލިމަގުން އަމާންކަމާއެކު އާންމުންނަށް ދަތުރުކުރެވޭނެކަމަށެވެ. އިތުރު ތަފްސީލުދެމުން މި ބަޔާނުގައި ބުނެފައިވަނީ "މި މިޞްރާބަށް ދާނެ މަގު އޮތީ ހުޅުވައިލެވިފައި" ކަމަށާއި "އަދި އެއީ އަމާން މިޞްރާބެއް" ކަމަށެވެ. ރޫސީ ދިފާޢީ މުޒާރާއިން ބުނެފައިވަނީ "ރޫސީން ޙަމަލާދެނީ ހަމައެކަނި އަސްކަރީ ތަކެއްޗަށް"ކަމަށާއި "ޢާންމު ރައްޔިތުންނަށާއި ފަރުދުންނަށް ޙަމަލާ ނުދޭނެ"ކަމަށެވެ. އެހެންކަމުން އާންމު ރައްޔިތުންނަށް އެއްވެސް ހިރާހެއް ނެތްކަމަށް ވެސް މޮސްކޯ ބުނެއެވެ.މި

ހާރު ކްޔީވާއި މޮސްކޯ ސުލްހައިގެ ވާހަކަދައްކާން އެއްބަސްވެފައިވީ ނަމަވެސް މިއަދު ހެނދުނު ޔޫކްރޭނުގެ ރައީސް ވޮލޮޑީމީރ ޒެލެންސްކީ ދެއްވި ޢާންމު ތަޤުރީރެއްގައި ވިދާޅުވެފައިވަނީ ބެލަރޫސްގައި މި ފެށޭ ވާހަކަތަކުން އެދެވޭ ނަތީޖާއެއް ނުކުމެދާނެކަމަށް އޭނާ ކުރައްވާ އުންމީދު ވަރަށް ކުޑަކަމުގައެވެ. އަދި އޭނާގެ ޤައުމު މި ހަނގުރާމައިގައި އަމާން ނުދޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކްޔީވްގެ މޭޔަރު ވައިޓާލީކްލިޝްކޯއަށް އިއްޔެ ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވެފައިވަނީ ރޫސީ ފައުޖުތަކުން މުޅި ކްޔީވް ވަށައިލައިފައިވާ ކަމަށެވެ. އެހެންނަމަވެސް އެހެންވިދާޅުވި ވިދާޅުވުން އޭނާ ފަހުން ވަނީ އަނބުރައި ގެންދަވައިފައެވެ.

ޔޫކްރޭނު ސަރުކާރުން ކުރީން ވަނީ މަދަނީންނަށް ހަތިޔާރު ބަހައިފައެވެ. އަދި ޖަލުހުކުމް ތަންފީޒުކުރަމުން ގެންދިޔަ ބޮޑެތި ކުށްވެރީންގެ ތެރޭގައި ހިމެނޭ، ހަތިޔާރު ގެންގުޅުމުގެ ތަޖުރިބާ ލިބިފައިވާ ބޮޑެތި ކުށްވެރީން ވަނީ މިނިވަންކޮށްފައެވެ. މި ހުރިހާ އެންމެންނަށް ވެސް ޔޫކްރޭނުން އަނގައިފައިވަނީ ރޫސީ ފައުޖުތަކަށް އިސްވެ ހަމަލާތައް ދޭށެވެ.

ރޫސީން މި ފެށި ހަނގުރާމައާ ގުޅިގެން މާކުރީން ފެށީގެން އެމެރިކާއާއި ވިލާތުން ރޫސީންނާ ދެކޮޅަށް ގެންދިޔައީ ހަރުކަށި ފިޔަވަޅުތައް އަޅަމުންނެވެ. އެހެންނަމަވެސް ޝީޝާންގެ ރައީސް ގަދީރޯފު ޕޫޓީނަށް ތަޢުރީފުކުރައްވަމުން ވިދާޅުވެފައިވަނީ އެއީ "ބައިޑްންގެ ބިލާހެއް" ކަމަށާއި "އެ ފިޔަވަޅުތަކުން ބައިޑްންއަށް އެއްވެސް ލާބައެއް ނުކުރާނެ ކަމަށެވެ."

ރައީސް ޤަދީރޯފް ވިދާޅުވިގޮތުގައި "ރަޝިޔާއާ ނުލައި އިޤްތިޞާދެއް ނޯންނާނެއެވެ." ރަޝިޔާ ޓުޑޭ އަށް ރައީސް ޤަދީރޯފް ދެއްވި އެ ބަޔާން ބުނާ ގޮތުގައި "އެ ޤައުމު އޮތީ ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ދަށުގައި"ކަމަށާއި އެހެންނަމަވެސް "އަހުރެމެން މި އުޅެމުން ދަނީ އެއްވެސް ދަތިކަމެއް ނެތި"ކަމަށެވެ.

ރޫސީން ޔޫކްރޭނަށް މިދިޔަ ބުރާސްފަތިދުވަހު ހަމަލާދޭން ފެށިކަމަށް އެ މީހުން ބުނަނީ ރޫސިންނަށް ދުއްތުރާކުރާތީ ޔޫކްރޭނުގެ އަސްކަރީ ގާބިލިއްޔަތު ނައްތައިލާށާއި އެ މީހުންގެ ނާޒިއްޔަތު ފުނޑުފުނޑުކޮށްލާށެވެ. އެއީ ޑާނީސްކް ޖުމްހޫރިއްޔަތާއި ލުގަންސްކް ޖުމްހޫރިއްޔަތު ޙިމާޔަތްކުރުމަށް ޓަކައި ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ދެ ޖުމުހޫރިއަޔަތު ޙިމާޔަތްކުރުމުގެ ނަމުގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *