Support Us

ޞުލްޙައިގެ ވާހަކަދެއްކުންތަކާމެދު ކިޔޭފާއި މޮސްކޯ ބަޙުސްކުރަނީ

ޔުކްރޭނާއި ރަޝިޔާއާ ދެމެދު ހިނގަމުންދާ ހަނގުރާމަ ހުއްޓުމަށް ވާހަކަދެއްކުންތައް ބޭއްވުމާ ބެހޭގޮތުން ކިޔޭފާއި މޮސްކޯ މަޝްވަރާ ކުރަން ފަށައިފި ކަމަށް ޔުކްރޭންގެ ރައީސް ޒިލެންސްކީ ރޭ ވިދާޅުވެއްޖެއެވެ. އެހެނަސް ރޫސީ ޚާރިޖީ ވަޒީރު ލެފްރޯފް ވިދާޅުވާގޮތުގައި ޔުކްރޭންގެ ޢަސްކަރީ ބާރުތައް އަމާން ދިނުމުގެ ކުރީން މޮސްކޯއިން ޔުކްރޭނާއެކު ވާހަކައެއް ނުދައްކާނެއެވެ.

ޔުކްރޭންގެ ރައީސްގެ ޚަބަރާ ބެހޭ ތަރްޖަމާނު ވިދާޅުވިއެވެ. "ޔުކްރޭން އޮތީ ހަނގުރާމަ ހުއްޓައި ޞުލްޙަ ޤާއިމު ކުރުމަށް ތައްޔާރަށެވެ." ޔުކްރޭނުން ވާހަކަދެއްކުމާ ދެކޮޅު ހަދާ ކަމަށް ބުނާ ޚަބަރުތައް އޭނާ ދޮގުކުރެއްވިއެވެ. އޭނާ ހާމަކުރެއްވި ގޮތުގައި ޔުކްރޭން އޮތީ ވާހަކަދެއްކުންތައް ފެށުމަށް ރަޝިޔާއިން ހުށައަޅައިފައިވާ ޝަރްޠުތައް ޤަބޫލުކުރުމަށް ވެސް ތައްޔާރަށެވެ. އޭނާ ވިދާޅުވިއެވެ. "ވާހަކަ ދެއްކުންތައް ފެށުން އަވަސްވި ވަރަކަށް އާދައިގެ ޙަޔާތަށް އެނބުރިދިޔުމުގެ ފުރްޞަތު އަވަސްވާނެއެވެ."

ރޫސީ ޚާރިޖިއްޔާގެ ތަރްޖަމާނު އިއްޔެ ވިދާޅުވި ގޮތުގައި ހަނގުރާމަ ހުއްޓުމާ ބެހޭގޮތުން ރަޝިޔާއިން ހުށައެޅި ހުށައެޅުން ކިޔޭފުން ވަނީ ބަލައިނުގަންފައެވެ.

ރަޝިޔާގެ ޝަރްޠުތައް

ޔުކްރޭން ސަރަހައްދުން ވަކިވެގަންފައިވާ ދެ ސަރަޙައްދުގެ މަސްއޫލުވެރީންނާ ބައްދަލުކުރެއްވުމުގެ ތެރޭގައި ރޫސީ ޚާރިޖީ ވަޒީރު ލެފްރޯފް ވިދާޅުވިގޮތުގައި ޔުކްރޭންގެ ލަޝްކަރު ރަޝިޔާއަށް އަމާން ދިނުމުގެ ކުރިން މޮސްކޯ ކިޔޭފާއެކު ވާހަކައެއް ނުދައްކާނެއެވެ. އޭނާ ރައީސް ޕޫޓިންގެ ވާހަކަފުޅުތަކާ ޙަވާލާދެއްވައި ވިދާޅުވިއެވެ. "ޙަމަލާގެ ބޭނުމަކީ ހަތިޔާރު ނިގުޅައިގަތުމާއި ނާޒިއްޔަތު ނައްތައިލުމެވެ."

ރަޝިޔާގެ ރިޔާސީ ގަނޑުވަރުގެ ތަރްޖަމާނު ބިސްކޯފް ހާމަކުރެއްވިގޮތުގައި ޔުކްރޭނާއެކު ހަނގުރާމަހުއްޓުމާ ބެހޭގޮތުން ވާހަކަ ދެއްކުމަށް ޓަކައި މިންސްކަށް ވަފްދެއް ފޮނުވުމަށް މޮސްކޯ އޮތީ ތައްޔާރަށެވެ. މި ވަފްދުގައި ރަޝިޔާގެ ޚާރިޖީ ވުޒާރާއާއި ދިފާޢީ ވުޒާރާގެ މަސްއޫލުވެރީން ހިމެނިވަޑައިގަންނަވާނެއެވެ. އޭނާ ވިދާޅުވިގޮތުގައި ވާހަކަދައްކަން ޖެހޭ އެންމެ މުހިއްމު ނުކުތާއަކަށް ވާނީ ޔުކްރޭން ހަތިޔާރު ނެތް ޤައުމަކަށް ހެދުމެވެ. އޭނާ ވިދާޅުވިގޮތުގައި ޔުކްރޭނުން ވާހަކަދެއްކުންތައް މިންސްކްގެ ބަދަލުގައި ވޯސޯގައި ބޭއްވުމަށް ހުށައެޅިއެވެ. އެއަށްފަހު މި ވަނީ ރަޝިޔާއއެކު ގުޅުން ކަނޑައިފައެވެ.

ޖަޒީރާ ބުނާގޮތުގައި ރަޝިޔާއިން ޔުކްރޭނަށް ހުށައަޅައިފައިވާ ޝަރްޠުތަކަކީ؛
1- ޔުކްރޭން ވަކި ފަރާތަކަށް ނުޖެހޭނެކަން ޖާމިނުކޮށްދޭ ބައިނަލްއަޤްވާމީ މުޢާހަދާއަކަށް މި އެއްބަސްވުން ވުން
2- އެއްވެސް ޖަމާޢާތެއްގައި ޔުކްރޭން ބައިވެރިނުވުން
3- ޙަމަލާދެވޭވަރުގެ ހަތިޔާރު ނެތް ޤައުމެއްގެ ގޮތުގައި ޔުކްރޭން ދެމިއޮތުން
4- ޔުކްރޭނުގައި ދިރިއުޅޭ ރަޝިޔާގެ ރައްޔިތުންނަށް ލިބެން ޖެހޭ ޙައްޤުތައް ދިނުން

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *