Support Us

ރަޝިޔާގެ ޢަސްކަރީ ބާރުތައް ޤައުމުން ބޭރަށް ފޮނުވުމުގެ ހުއްދަދީފި

ރަޝިޔާގެ ބަރްލަމާނުގެ އެންމެ މަތީ ކޮމެޓީ (ރޫސީ އިއްތިޙާދުގެ މަޖިލިސް) އިން ރަޝިޔާގެ ޢަސްކަރީ ބާރުތައް ޤައުމުން ބޭރަށް ފޮނުވުމުގެ ހުއްދަ ރޭ ރަޝިޔާގެ ރައީސަށް އަރުވައިފިއެވެ. މަޖިލީހުން މި ހުއްދަ ދިނީ އެކަމަށް ރައީސް ޕޫޓިން އެދިވަޑައިގަތުމުންނެވެ.

މި މަޖިލިސް ބުނިގޮތުގައި މި ހުއްދަ ދޭންޖެހުނީ ޔުކްރޭނުން ވަކިވެގެންފައިވާ އިރުމަތީ ޔުކްރޭނުގެ ދެ ސަރަޙައްދުގައި ސުލްޙަ ރައްކައުތެރިކުރުމަށް ޓަކައި އަޅަންޖެހިދާނެ ފިޔަވަޅުތައް އެޅުމަށް ޓަކައެވެ. މިކަމާ ގުޅިގެން ރައީސް ޕޫޓިން ޔުކްރޭނަކީ ހަތިޔާރު ނެތް ސަރަޙައްދަކަށް ހަދަން ގޮވައިލެއްވިއެވެ.

ރޮއެޓަރޒް ބުނާގޮތުގައި ރަޝިޔާގެ ބަރްލަމާނުގެ އެންމެ މަތީ ކޮމެޓީގައި މި މަސްއަލައާމެދު ބަހުސްކުރަމުންދިޔައިރު މެންބަރަކު ވިދާޅުވިގޮތުގައި މި ނިންމުމަށް ވަގުތުން ޢަމަލުކުރަން ޖެހޭނެއެވެ.

ރަޝިޔާއަށް އަމާޒުކޮށް ކުރާ މަސައްކަތެއް

ރޫސީ ރައީސް ޕޫޓިން ޔުކްރޭން މަސްއަލައާމެދު ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ. " ޔުކްރޭނުގެ ނިޔުކްލިއަރ އެދުންތަކަކީ ރަޝިޔާއަށް އަމާޒުކޮށް ކުރެވޭ މަސައްކަތެކެވެ. " ޕޫޓިން ވިދާޅުވިއެވެ. "އަހުރެމެންނާ ހަމައަށް އެ މެސެޖް އަތުވެއްޖެއެވެ." ރޫސީ ރައީސް ވިދާޅުވިއެވެ. "ރޫސީ ސިފައިންގެ ފައުޖުތައް ޑޮންބާސްގައި ޙަރަކާތްތެރިވާނީ ބިންމަތީގެ ޙާލަތުތަކަށް ބަލައިގެންނެވެ." ޕޫޓިން ހުޅަނގަށް އަމާޒު ކުރައްވައި ވިދާޅުވިއެވެ. "މި ސަރަޙައްދުގައި ރޫސީ ސިފައިން ޙަރަކާތްތެރިވަމުންދާނެ ގޮތް އެއްވެސް ބާރަކަށް ނިމުތެއް ނުކުރެވޭނެއެވެ."

ޕޫޓިން ވިދާޅުވިއެވެ. "މޮސްކޯއިން ޑޮންބާސަށް ކަށަވެތިވެފައިވާ ގޮތަށް ފިޔަވަޅުތައް އަޅާނެއެވެ." އޭނާ ވިދާޅުވިއެވެ. "އަހުރެމެންގެ ސިފައިން ވަގުތުން އެ ތަނަށް ދާނެ ވާހަކައެއް ނުބުނަމެވެ."

މިންސްކް އެއްބަސްވުމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ޕޫޓިން ވިދާޅުވިއެވެ. "އެއީ މިހާރު އޮތް އެއްޗެއް ނޫނެވެ. ރަޝިޔާއިން އިރުމަތީ ޔުކްރޭންގެ ދެ ސަރަޙައްދާ ބެހޭގޮތުން ގޮތެއް ނިންމުމުގެ މާ ކުރިން އެ މުޢާހަދާ ވަނީ މަރުވެފައެވެ."

ޔުކްރޭންގެ މަސްއަލައާ ބެހޭގޮތުން ނޭޓޯގެ އަމީން ޢާންމު ޔެންސް ސްޓޮލްޓެންބަރގް ވިދާޅުވިގޮތުގައި "ޔުކްރޭނަށް ވަރުގަދަ ޙަމަލާއެއް ދިނުމަށް މޮސްކޯއިން ރާވައިފައިވާ ރޭވުމަށް އަދި ބަދަލެއް ނާދެއެވެ." އޭނާ ވިދާޅުވިއެވެ. "އަހުރެމެން މޮސްކޯއަށް މި ގޮވައިލަނީ މޮސްކޯގެ މި ރޭވުމާ ދިރަށް ދިޔުމަށެވެ."

އަނެއްކޮޅުން ބަލާއިރު ރަޝިޔާއާ ކުރިމަތިލުމަށް ޓަކައި ޔުކްރޭނަށް ހަތިޔާރު ދިނުމަށް ކިޔީފުން ރޭ ވެސް ހުޅަނގަށް ގޮވައިލިއެވެ.
ޔުކްރޭނުގެ މަސްއަލައާ ބެހޭގޮތުން ޔޫރަޕްގެ އިއްތިޙާދުގެ ޚާރިޖީ ކަންތައްތަކާއި ސަލާމަތީ ސިޔާސަތާ ބެހޭ އެންމެ އިސް މަންދޫބު ޖޯޒިޕް ބޮރެލް ވިދާޅުވާގޮތުގައި ޔޫރަޕްގެ އިއްތިޙާދުގެ ޚާރިޖީ ވަޒީރުން ރަޝިޔާއާ ދެކޮޅަށް އަޅަންޖެހޭ ފިޔަވަޅުތަކާމެދު ބަޙުސްކުރައްވައި ގޮތްތަކެއް ނިންމަވާނެއެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް