އެމެރިކާއަށް އުފަން ޓީޗަރެއް، 3 މިނެޓު ތެރޭގައި 1 ކިލޯ ނޫޑްލްސް ކައިގެން ދުނިޔޭގެ ރެކޯޑު ހޯދައިފިއެވެ.
ޖަޕާނުގައި އިނގިރޭސި ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާ ޖެރެމީ ލެނިން ބުނިގޮތުގައި އޭނާއަކީ އަބަދުވެސް ނޫޑްލްސް ކެއުމަށް ލޯބިކުރާ މީހެކެވެ. އަދި ޖަޕާނުގެ ހާއްސަ ނޫޑްލްސެއް ކަމަށްވާ އަޑަން ނޫޑްލްސް ކައިގެން ދުނިޔޭގެ ރެކޯޑު ހޯދަން އޭނާ ނިންމީ އޭނާގެ 40 ވަނަ އުފަންދުވަސް ފާހަގަކުރުމުގެ ގޮތުންނެވެ.
އަޑަން ނޫޑްލްސްއަކީ އާދައިގެ ނޫޑުލިހަށްވުރެ ބޮޑު އަދި ފުޅާ ބާވަތެއްގެ ނޫޑުލިހެކެވެ.
ޖެރެމީ ބުނީ ދުނިޔޭގެ ރެކޯޑު ހަދާ ގިނަ މީހުންނެކޭ އެއްފަދައިން އޭނާ ވެސް މި ރެކޯޑު ހަދައިފައި ވަނީ ހަމައެކަނި ރެކޯޑެއް ހޯދާލުމުގެ ނިޔަތުގައި ނޫން ކަމަށާއި، އޭނާގެ އެންމެ ބޮޑު މަޤްސަދަކީ ޖަޕާނުގައި އެންމެ މަޝްހޫރު އެއް ބާވަތުގެ ނޫޑްލްސް ކަމުގައިވާ ސަނުކީ އަޑަން ކެއުމުގެ ސަޤާފަތް ދިރުވާ އާލާކުރުން ކަމަށެވެ.