Support Us

ނަޤަބު ސަރަޙައްދުގެ ފަލަސްޠީނީންނާ ކުރިމަތިލުމަށް އިސްރާއީލު ވަނީ ނުކުޅެދިފައި: ބެނެޓް

އިސްރާއީލު ހިފާފައިވާ ފަލަސްޠީނުގެ ނަޤަބު ސަރަޙައްދުގައި ދިރިއުޅޭ ފަލަސްޠީނީންނާ ކުރިމަތިލުމަށް އިސްރާއީލު ސަރުކާރު ނުކުޅެދިފައިވާ ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓް ވިދާޅުވެއްޖެއެވެ.

ބެނެޓް މި ގޮތަށް ވާހަކަފުޅު ދެއްކެވީ ނަޤަބުގެ ފަލަސްޠީނީންގެ ބިންތަކަށް ތައްލު އަބީބުން އަތްގަދަކުރަމުންދާތީ އެކަމާ ދެކޮޅަށް ފަލަސްޠީނީން ކުރަމުންދާ މުޒާހަރާތައް ހުއްޓުވުމަށް އިސްރާއީލު ކުރަމުންދާ މަސައްކަތްތައް ނާކާމިޔާބުވެފައިވާ ކަމަށް ވިދާޅުވަމުންނެވެ. އިސްރާއީލު ސަރުކާރުން ބޭނުންވާ ޔަހޫދީ މަޝްރޫޢުތަކަށް ބިން ބޭނުންވެފައިވާތީ ތައްލު އަބީބުން ނަޤަބުގެ ބިންތައް ޔަހޫދީ ދައުލަތަށް ދަނީ ނަގަމުންނެވެ.

އިސްރާއީލު ސަރުކާރުގެ ލާއިންސާނީ މި ޢަމަލާ ދެކޮޅަށް ފަލަސްޠީނީން ކުރަމުންގެންދާ މުޒާހަރާތައް ހުއްޓުވުމަށް ޓަކައި ތައްލު އަބީބުން ދަނީ ނަޤާބު ސަރަޙައްދަށް ފުލުހުންގެ ބާރުތައް ފޮނުވަމުންނެވެ. އިސްރާއީލު ފުލުހުން މި މުޒާހަރާތައް ހުއްޓުވުމަށް ޓަކައި ބާރުގެ ބޭނުން ކުރަމުންދާތަން ފެނެއެވެ. މިހާތަނަށް އައިއިރު ފަލަސްޠީނީންގެ އެތައް ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެތެރޭގައި ފަލަސްޠީނުގެ އެތައް އަންހެނުންނެއް ވެސް ހިމެނޭ ކަމަށް ޣައްޒާއިން ބުނެއެވެ.

އައު ފާރެއް ބިނާކުރުމުގެ އިންޒާރު

އިސްރާއީލުގެ ދުވަހު ނޫހަކާ ބައްދަލު ކުރައްވަމުން ބެނެޓް ވިދާޅުވިއެވެ. "ނަޤަބުގައި އުޅޭ ފަލަސްޠީނީންގެ މައްޗަށް އަތްގަދަކުރުމުގެ ބާރު ތައްލު އަބީބުގެ ކިބައިގައެއް ނެތެވެ." އޭނާ ފަލަސްޠީނީންނަށް އިންޒާރު ދެއްވަމުން ވިދާޅުވިއެވެ. "އަހުރެމެންނަށް ޖެހޭނީ ފާރެއް އަލުން ރާނައި އެމީހުން ހައްޔަރު ކުރާށެވެ." ބެނެޓް ވިދާޅުވިއެވެ.  ވޭތުވެދިޔަ ވިހި އަހަރުގެތެރޭގައި އިސްރާއީލަށް ވަނީ ނަޤަބުގެ ބައެއް ގެއްލިފައެވެ. އޭނާ ވިދާޅުވިގޮތުގައި އިސްރާއީލަށް ނަޤަބުގެ ބައެއް ބިންތައް ގެއްލުނީ ކުރީގެ ސަރުކާރުތަކުގެ ގަމާރުކަމާއި ގަބުކަމުންނެވެ." ބެނެޓް ހާމަކުރެއްވި ގޮތުގައި ނަޤަބުގެ ރައްޔިތުން ކޮންޓްރޯލް ނުކުރެވިއްޖެނަމަ އިސްރާއީލަށް ޖެހޭނީ ދަގަނޑު ފާރެއް ރާނާށެވެ. ނަޤަބުގައި ދިރިއުޅޭ ފަލަސްޠީނީންނަކީ އިސްރާއީލަށް އޮތް ބިރެއްކަމަށް ބެނެޓް ވިދާޅުވިއެވެ.

ނަޤަބުގެ ކުރިމަތިލުންތައް

އިސްރާއީލުން މަސައްކަތް ކުރަނީ ޔަހޫދީ ޤައުމީ ފަންޑުގެ އެހީގައި ނަޤަބު ސަހަރާގައި ދަނޑުވެރިކަން ކުރިއަށް ގެންގޮސް މި ބިންތައް އިސްރާއީލަށް ހިފުމަށެވެ. މި ފަންޑަކީ ފަލަސްޠީނުގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރިކުރުވުމަށް ޓަކައި އާބާދީތައް ހެދުމަށް ބޭނުންވާ ފައިސާ ޖަމާކުރާ ފަންޑެކެވެ. ދުނިޔޭގެ ހުރިހާ ޔަހޫދީން މި ފަންޑަށް ފައިސާ ދައްކައެވެ.

ބެނެޓްގެ ކޯލިޝަން ސަރުކާރުގައި ހިމެނޭ މަންޞޫރު ޢައްބާސްގެ ޖަމާޢަތް ބުނާގޮތުގައި ނަޤަބުގެ ބިންތައް އިސްރާއީލަށް ނެގުން ހުއްޓައިލައިފުމަށް ދާންދެން އެ ޖަމާޢަތުން ބެނެޓާ އެއްކޮޅަށް ވޯޓެއް ނުދޭނެއެވެ.

ޙަޤީޤަތަށް ބަލާއިރު ނަޤަބުގައި ފަލަސްޠީނު މީހުންނަށް ދީފައިވަނީ އެ ބިމުގެ އެންމެ ފަސް ޕަސަންޓެވެ.  އަނެއް 95 ޕަސަންޓް ބިމަށް ވަނީ އިސްރާއިލުން އަތްގަދަކޮށްފައެވެ. އެ ސަރަޙައްދުގައި ޢަރަބީންގެ ތިން ލައްކައެއްހާ މީހުން ދިރިއުޅެއެވެ. އެއީ ނަޤަބުގެ މުޅި އާބާދީގެ ތިންބައިކުޅަ އެއްބައެވެ.ނަޤަބު ސަރަޙައްދުގެ ބޮޑުމިނަކީ 14 ހާސް އަކަ ކީލޯ މީޓަރެވެ. މިއީ ސަހަރާވީ ބިމެކެވެ. މި ބިމުގައި އުޅޭ ޢަރަބީންނަކީ ގާތްތިމާގެކަމުގެ ގޮތުން މިޞްރާއި އުރްދުންގެ ޤަބީލާތަކާ ގުޅިފައިވާ ބައެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް