Support Us

ޔުކްރޭންގެ މަސްއަލައިގައި ރަޝިޔާއާ ދެކޮޅަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން ޔޫރަޕަށް ގޭސް ނުލިބުމުގެ ބިރު

ރަޝިޔާއިން ޔުކްރޭނަށް އަރައިފިނަމަ ރަޝިޔާއާ ދެކޮޅަށް ހުޅަނގުން އަޅާ ފިޔަވަޅުތަކުގެ ސަބަބުން ޔޫރަޕަށް ގޭސް ފޮނުވުން މޮސްކޯއިން ހުއްޓައިލައިފާނެކަމުގެ ބިރު ބޮޑުވެއްޖެއެވެ. މި ޙާލަތުގައި ފިނި މޫސުމުގައި ޔޫރަޕަށް ބޭނުންވާ ގޭސް ޔޫރަޕަށް ތަނަވަސްކޮށް ދިނުމަށް ޓަކައި ރައީސް ޖޯ ބައިޑްންގެ އިދާރިއްޔަތުގެ މަސްއޫލުވެރީން ޤަޠަރުން ގޭސް ހޯއްދެވުމާމެދު ވިސްނަވަމުންދާ ކަމަށް ބްލުމްބަރގް ނޫސް އޭޖެންސީން މިއަދު ބުންޏެވެ.

ބްލުމްބަރގް ބުނާގޮތުގައި މި މަހު ޤަޠަރުގެ އަމީރު ތަމީމު ބިން ޙަމަދު އާލު ސާނީ ވޮޝިންގްޓަނަށް ކުރައްވާ ދަތުރުފުޅުގައި ރައީސް ބައިޑްން މި މަސްއަލައާމެދު ބަޙުސް ކުރައްވާނެއެވެ. ފިނި މޫސުމުގައި ޔޫރްޕް މީހުން ހީފިލުވުމަށް ޓަކައި ގޭސް އެތެރެކުރަނީ ރަޝިޔާއިންނެވެ. ރަޝިޔާއިން ލިބޭ ގޭހުގެ އަގުވެސް ނިސްބަތުން ހެވެވެ. އެމެރިކާއިން ބޭނުންވަނީ ގޭހުގެ މަސްއަލައިގައި ޔޫރަޕަށް އެހީވެ ދިނުމަށެވެ.

ބްލުމްބަރގް ބުނާގޮތުގައި ޔޫރަޕްގެ ބައެއް ޤައުމުތައް ކަންބޮޑުވާ ގޮތުގައި ރަޝިޔާއާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅުތައް އަޅައިފިނަމަ ރަޝިޔާއިން ވެސް އިދިކޮޅު ފިޔަވަޅުތައް އަޅާނެއެވެ. ގޭހަކީ ރަޝިޔާ އަތުގައި އޮތް ބާރުގަދަ "ހުކުން ގަނޑެވެ." ހުޅަނގުންނާއި އެމެރިކާއިން އިންޒާރު ކުރާ ގޮތުގައި ރަޝިޔާއިން ޔުކްރާނަށް އަރައިފިނަމަ މޮސްކޯއާ ދެކޮޅަށް ވަރަށް ހަރުކަށި ފިޔަވަޅުތައް އަޅާނެއެވެ. މި އަށް ރައްދު ދެއްވުމުގެ ގޮތުން ރައީސް ޕޫޓިން ރަޝިޔާގެ ގޭސް ޔޫރަޕަށް ވިއްކުން މުޅިން ހުއްޓާލައްވަފާނެއެވެ. ނުވަތަ ދޭ މިންވަރު ކުޑަކޮށްލައްވަފާނެއެވެ. ޔޫރަޕަށް ބޭނުންވާ ގޭހުގެ 40 ޕަސަންޓު ހޯދަނީ ރަޝިޔާއިންނެވެ. މި ގޭހުގެ ތިން ބައި ކުޅަ އެއްބައި ޔޫރަޕަށް ގެންދެވެނީ ޔުކްރޭން ތެރެއިންނެވެ.
ޤަޠަރަކީ ދުނިޔޭގައި އެންމެ ގިނައިން ގޭސް އުފައްދާ އެއް ޤައުމެވެ. ޤަޠަރުން އުފައްދާ ގޭހުގެ 75 ޕަސެންޓް ގަންނަނީ ޖަޕާނާއި ދެކުނު ކޮރެއާ ފަދަ އޭޝިޔާގެ ޤައުމުތަކުންނެވެ. ޤަޠަރުން ޔޫރަޕަށް ވިއްކާ ގޭހުގެ މިންވަރަކީ އެންމެ ފަސް ޕަސެންޓެވެ.

ވައިޓްހައުސްގެ އިޤްތިޞާދީ ވަޠަނީ މަޖިލީހުގެ ޑިރެކްޓަރ ބްރިއާން ޑޭސް ވިދާޅުވާ ގޮތުގައި ޔޫރަޕަށް ބޭނުންވާ ގޭސް އިތުރުކުރުމާ ބެހޭގޮތުން އެމެރިކާގެ ބައިވެރީންނާއެކު މިހާރު ދަނީ ވާހަކަ ދައްކަމުންނެވެ. ޑޭސް ހާމަކުރެއްވި ގޮތުގައި ޔޫރަޕަށް ފޮނުވޭހައި ގިނަ ގޭސް އެމެރިކާ އަތަކު ނެތެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *