Support Us

ނޭޓޯއާ ގުޅިގެން ޔޫރަޕްގައި ސަލާމަތީ އައު ނިޒާމެއް ޤާއިމު ކުރުމަށް މެކަރޯން ގޮވައިލައްވައިފި

ރަޝިޔާއާ ކުރިމަތިލުމަށް ޓަކައި ނޭޓޯއާ ގުޅިގެން ޔޫރަޕްގައި ސަލާމަތީ އައު ނިޒާމެއް ޤާއިމުކުރަން ރައީސް މެކަރޯން ގޮވައިލައްވައިފިއެވެ. ފަރަންސޭސި ރައީސް މެކަރޯން ވިދާޅުވިގޮތުގައި ޔޫރަޕްގެ ހަމަޖެހުމަށާއި ސަލާމަތަށް ޓަކައި އައު ނިޒާމެއް ޤާއިމު ކުރަން ވަނީ ޖެހިފައެވެ.

ރައީސް އިމަނޮވީލް މެކަރޯން މި ކަމަށް ގޮވައިލެއްވީ ޔޫރަޕްގެ އިއްތިޙާދުގެ ބަރްލަމާނުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ. މެކަރޯން ވިދާޅުވިއެވެ. "އަހުރެމެންގެ ނޭޓޯ އެކުވެރީން ބައިވެރިކޮށްގެން ޔޫރަޕްގައި ސަލާމަތާ ބެހޭ އައު ނިޒާމެއް ޤާއިމުކުރުމުގެ ވަގުތު އަތުވެއްޖެއެވެ." މިކަމާ ބެހޭ ވާހަކަދެއްކުންތަކުގައި ރަޝިޔާ ބައިވެރިކުރަން އޭނާ ހުށައެޅުއްވިއެވެ.

އޭނާ ވިދާޅުވިއެވެ. "އަހުރެމެންގެ ބައްރުގެ ސަލާމަތާއި އަމްނަށް ޓަކައި ބާރުގަދަ ތިލަފަތް ހަމަ ތަވާޒުނު އިސްތިރާތީޖީ ބާރެއް ޤާއިމު ކުރަން މިހާރު މި އޮތީ މަޖްބޫރުވެފައެވެ." އޭނާ ވިދާޅުވިގޮތުގައި ރަޝިޔާއާ އެކު ވާހަކަ ދެއްކޭނީ މިފަދަ ބާރެއް އޮވެގެންނެވެ.

ރައީސް މެކަރޯން ވިދާޅުވިގޮތުގައި ޔޫރަޕް އޭގެ މަތީގައި ޤާއިމު ކުރެވިފައިވާ ބިންގަލަށް ލޮޅުން އެރުވުމަށް މަސައްކަތް ކުރާ ބާރުތަކެއް އޮތްތަން ފެނެއެވެ.

އޭނާ ވިދާޅުވި ގޮތުގައި މީގެ 30 އަހަރު ކުރީން ރަޝިޔާއާއެކު އޮތްފަދަ އުޞޫލުތަކަކަށް ޔޫރަޕް ބޭނުން ވެއެވެ. މެކަރޯން ވިދާޅުވިގޮތުގައި ޖަމްޢިއްޔާތަކާއި ޖަމާޢާތްތަކުގައި ބައިވެރިވުމުގެ އިޚްތިޔާރު އޮންނަން ޖެހޭނެއެވެ. އަދި ޤައުމުތަކުގެ ސަރަޙައްދަށާއި ޤައުމުތަކުގެ ބިމުގެ ސަލާމަތަށް އިޙްތިރާމު ކުރެވެން ޖެހޭނެއެވެ.
މެކަރޯންގެ ވާހަކަފުޅުގައި ޔޫރަޕްގެ އިއްތިޙާދާ އިނގިރޭސިވިލާތާ ދެމެދުގައި އިތުބާރު ބިނާކުރަން ޖެހިފައިވާކަމަށް ވިދާޅުވިއެވެ.
ފަރަންސޭސި ނޫސް އޭޖެންސީ ހާމަކުރި ގޮތުގައި ރަޝިޔާއާއެކު ވާހަކަ ދެއްކުންތައް ކުރިއަށް ގެންދިޔުމަކީ ޚިޔާރެއްނޫނެވެ.
ރައީސް މެކަރޯން ޔޫރަޕްގެ އިއްތިޙާދުގައި މި މޭރުމުން ވާހަކަފުޅު ދެއްކެވީ 2022ގެ ފުރަތަމަ ހަ މަސްދުވަހުގެ މުއްދަތަށް މި އިއްތިޙާދުގެ ރައީސްކަމާ ފަރަންސޭސިވިލާތް ޙަވާލުވުމުގެ މުނާސަބަތުގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *