Support Us

އިސްރާއީލުން ލުބްނާނަށް ގޭސް ފޮނުވުމާބެހޭ އެއްބަސްވުން އެމެރިކާ ބަލައިގެެންފި

އިސްރާއީލުން ލުބްނާނަށް ގޭސް ފޯރުކޮށްދިނުމާބެހޭ އެއްބަސްވުމަށް އެމެރިކާ ފެހިއަލި ދީފިއެވެ.

އިސްރާއީލުގެ ޗެނެލް 12 ބުނާގޮތުގައި މި ގޭސް ލުބްނާނަށް ގެންދެވޭނީ އިސްރާއީލުން އުރްދުނަށެވެ. ދެން އުރްދުން ސޫރިޔާއަށެވެ. އެއަށްފަހު ސޫރިޔާ މަގުން ލުބްނާނަށެވެ.

ގޭހުގެ މަސްއަލައިގައި ސޫރިޔާއާ ދެކޮޅަށް އެމެރިކާއިން އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުން ދިމަޝްޤު އިސްތިސްނާ ކުރެވޭނެއެވެ. އިސްރާއީލުން މި ފޮނުވާ ގޭސް ނަގަނީ ތާމާރު ދަނޑުންނާއި ލީވިޔާޘާނި ދަނޑުން ކަމަށް ވެސް މި ޗެނެލް ބުންޏެވެ.
މިއީ އީރާނުން ނޫން ޤައުމަކުން ގޭސް ހޯދުމަށް ޓަކައި ރޭވިރޭވުމެކެވެ. މި އެއްބަސްވުމަށް ރަޝިޔާގެ އެއްބާރުލުން ވެސް ލިބިފައިވާ ކަމަށް މި ޗެނެލުން ބުންޏެވެ.

މިޞްރު މި އެއްބަސްވުމުގައި ނުހިމެނޭ

މި އެއްބަސްވުން ބުނާގޮތުގައި މި އެއްބަސްވުމުގައި މިޞްރެއް ނުހިމެނެއެވެ. މި އެއްބަސްވުން ބުނާގޮތުން ގޭސް ގެންދެވޭނީ މިޞްރަކުންނޫނެވެ. އެހެނަސް އިސްރާއީލުން އުރްދުނަށެވެ. މި އެއްބަސްވުމާ ބެހޭ ގޮތުން ރަސްމީ އެއްވެސް ބަޔާނެއް އަދި ނެރެފައެއް ނުވެއެވެ.

އަނެއްކޮޅުނ ބަލާއިރު ލުބްނާނުގައި ހުންނަވާ އެމެރިކާގެ ސަފީރާ ޑޮރޮޓީ ޝިޔާ އިއްޔެ ނޫސްވެރީންނަށް ހާމަކުރެއްވި ގޮތުގައި ގޭހުގެ މަސްއަލައާ ބެހޭގޮތުން ލުބްނާނު ސަރުކާރުގައި ހުރި ކަންބޮޑުވުންތަކާ ބެހޭގޮތުން ހުށައަޅައިފައިވާ ސުވާލުތަކުގެ ޖަވާބު އެމެރިކާގެ ޚަޒާނާއާ ބެހޭ ވަޒީރު ދެއްވައިފިއެވެ. މި ޖަވާބުތައް ލުބްނާނުގެ ބޮޑުވަޒީރު މީޤާތީއަށް އަރުއްވައިފައިވާނެ ކަމަށް އެމެރިކާގެ ސަފީރާ ވިދާޅުވިއެވެ.

މި ދިޔަ ސެޕްޓެންބަރު މަހު ލުބްނާނާއި އުރްދުނާއި މިޞްރާއި ސޫރިޔާގެ ހަކަތައާ ބެހޭ ވަޒީރުން ވަނީ ލުބްނާނަށް ބޭނުންވާ ކަރަންޓާއި ގޭހާއި ބެހޭގޮތުން އެއްބަސްވުމަކާ ހަމައަށް ވަޑައިގެންފައެވެ. މި ދިޔަ ޑިސެންބަރު މަހުގެ 23ވަނަ ދުވަހު ހަކަތަޔާ ބެހޭ މިޞްރުގެ ވަޒީރު ޠާރިޤުލް މުއްލާ ހާމަކުރެއްވި ގޮތުގައި ސޫރިޔާ މަގުން ލައިފައި ލުބްނާނަށް ގޭސް ފޮނުވުމާ ބެހޭ އެއްބަސްވުމަށް އެމެރިކާއިން އަދި ރުހުމެއް ނުދެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *