...

Support Us

ޔުކްރޭނާ ބެހޭ ވާހަކަދެއްކުންތައް ބަންދުވެފައިވާ މަގެއްމައްޗަށް ނުކުމެ ހަނގުރާމައިގެ ޑަނޑޫރާ ޖަހައިފި

ޔުކްރޭން މަސްއަލަ ޑިޕްލޮމެޓިކް ވަސީލަތްތަކުން ޙައްލު ކުރުމުގެ މަސައްކަތް މޮސްކޯއިން ހުއްޓައިނުލައި ކުރަމުންދާ ކަމަށް ބުނިނަމަވެސް ރަޝިޔާއިން ޢަސްކަރީ ޚިޔާރަށް ތައްޔާރުވަމުންދާ ކަމަށް ޕޯލެންޑްގެ ޚާރިޖީ ވަޒީރު ރޭ ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވިގޮތުގައި ޔޫރަޕާ މިހާރު ވަނީ ހަނގުރާމައެއްގެ ބިރާ ކުރިމަތިވެފައެވެ. ޔުކްރޭނުގެ މަސްއަލައިގައި ރަޝިޔާއާއި ހުޅަނގުގެ ގުޅުންތައް ދަނީ އިތުރަށް ނުތަނަވަސްވަމުންނެވެ.

ޔުކްރޭން – ރަޝިޔާ ސަރަޙައްދީ ރޮގު ކައިރިއަށް ރަޝިޔާގެ ލައްކައެއްހާ ސިފައިން ޖަމާކުރުމާ ވިދިގެން ވައިޓްހައުސް ބުނާގޮތުގައި ރަޝިޔާއިން ޔުކްރޭނަށް އަރައިފާނެކަމުގެ ބިރު ވަރަށް ބޮޑުވެއްޖެއެވެ. ވޮޝިންގްޓަން ބުނާގޮތުގައި މޮސްކޯއިން މިހާރު ދަނީ ޔުކްރޭނަށް ޙަމަލާއެއް ދިނުމަށް ޓަކައި ކޮންމެވެސް ބަހަނާތަކެއް އުފެއްދުމަށް މަސައްކަތް ކުރަމުންނެވެ.

ޕެންޓަގަންގެ ތަރްޖަމާނު ހާމަކުރެއްވިގޮތުގައި އެމެރިކާގެ ދިފާޢީ ވަޒީރު ލުވިޑް އޮސްޓިން ޔުކްރޭނުގެ ދިފާޢީ ވަޒީރު އޮލެކްސީ ރިޒްނިންކޯފާ ރޭ ފޯނުން ބައްދަލު ކުރެއްވިއެވެ. އޮސްޓިން ވިދާޅުވިއެވެ. "ރަޝިޔާ ސިފައިން ޔުކްރޭން- ރަޝިޔާ ސަރަޙައްދީ ރޮނގު ކައިރިއަށް ޖަމާކުރާޖަމާކުރުމަށް އެއްވެސް ބަހާނަޢެއް ނެތެވެ." އޮސްޓިންގެ ވާހަކަފުޅުގައި ޔުކްރޭންގެ ސިޔާދަތަށާއި ބިމުގެ އެކަތިގަނޑުކަމަށް ވޮޝިންގްޓަނުން ވަރަށް އިސްކަންދޭނެއެވެ. ޔުކްރޭނަށް މިހާރު އެމެރިކާއިން ދެމުންގެންދާ ދިފާޢީ އެހީތަކަކީ މި ކަމަށް ދަލީލުކޮށްދޭ ކަމެއްކަމަށް އޮސްޓިން ވިދާޅުވިއެވެ. ޔުކްރޭނުގެ ދިފާޢީ ވަޒީރު ދެއްކެވި ވާހަކަފުޅުތަކާ ބެހޭގޮތުން ނޫސްވެރީންނަށް ދެއްވި މަޢުލޫމާތުގައި އެމެރިކާއިން ދޭ އެހީގެ ބާވަތްތައް ހާމައެއް ނުކުރައްވައެވެ. ޕެންޓަގަނުން ބުނިގޮތުގައި ޔުކްރޭނުގެ އަމިއްލަ ނަފްސުގެ ދިފާޢުގައި އަޅަމުންދާ އެންމެހާ ފިޔަވަޅުތަކަށް ވޮޝިންގްޓަނުގެ ތާއީދު އޮންނާނެއެވެ.

އެމެރިކާއިން ވަނީ ޔުކްރޭނަށް ލުއި ހަތިޔާރާއި ފޯރިމެރުމަށް ބޭނުންވާ ދުވެލި ބާރު ލޯންޗްތަކާއި އާޓިލަރީ ހަތިޔާރާ އިދިކޮޅު މިސައިލްތައް ދީފައެވެ. އެމެރިކާގެ ކޮންގްރެސްއިން ދަނީ ޔުކްރޭނަށް ބޮޑެތި އެހީތައް ދިނުމަށް ގޮވައިލަމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *