...

Support Us

ޞަދްރީން އީރާނާ އިދިކޮޅަށް ނާރެސް ބަދަލުކޮށް ކާޡިމީއަށް ތާއީދުކޮށްފި

ޢިރާޤުގައި ބޭއްވުނު ޢާންމު އިންތިޚާބުގައި ޞަދްރު ޖަމާޢަތަށް ވަރަށް ބޮޑު ކާމިޔާބީއެއް ވަނީ ލިބިފައެވެ. ޤާނޫނު ހަދާ މަޖިލީހުން އެ ޖަމާޢަތަށް 74 ގޮނޑި ލިބުނެވެ. މި ކާމިޔާބީއާއެކު އެމީހުން ސުންނީންނާއި ކުރްދީންނާ ގުޅިގެން ސަރުކާރެއް އެކުލަވައިލުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. މި ސަރުކާރުގައި އީރާނުގެ ނާރެހުގައި ހިމެނޭ ޝީޢީ ބާރުތައް ދުރަށް ލުމަށް ޞަދްރީންނާއި އެމީހުންގެ ބައިވެރީން ވަނީ ނިންމައިފައެވެ.

މުއްދަތު ހަމަވަމުންދާ ބޮޑު ވަޒީރު މުޞްޠަފަލް ކާޡިމީ އަށް ބަރްލަމާނުގެ ރައީސް މުޙައްދުލް ޙަލްބޫސީއާއި ކުރްދިސްތާނުގެ ޑިމޮކްރެޓިކް ޕާޓީގެ ޒަޢީމު މަސްޢޫދު ބަރަޒާނީގެ ތާއީދު ވަނީ ލިބިވަޑައިގެންފައެވެ. މި ތާއީދު ކާޡިމީއަށް ލިބިވަޑައިގަތީ ޞަދްރު ޖަމާޢަތުން ކުރި މަސައްކަތްތަކެއްގެ ސަބަބުންނެވެ.
ޞަދްރު ޖަމާޢަތުގެ އޮފީހުން ނެރުނު ބަޔާނެއް ބުނާގޮތުގައި އެ ޖަމާޢަތަށް ބަރްލަމާނުގައި އެންމެ ގިނަ ގޮނޑި ލިބިފައިވާތީ ބޮޑުވަޒީރުކަމަށް ބޭފުޅަކު ހުށައެޅުމުގެ ބާރު އޮންނާނީ އެމީހުންނަށެވެ. ޞަދްރު ޖަމާޢަތުން ބުނިގޮތުގައި އެ ޖަމާޢަތުން ކާޡިމީއަށް ތާއީދު ކުރާނެއެވެ. އެ ކަމުގައި އެ ޖަމާޢަތުން ވަނީ ސުންނީންނާއި ކުރްދީންނާއެކު އެކަމަށް އެއްބަސްވެފައެވެ.

ޝީޢީ ޖަމާޢަތެއްކަމުގައިވާ ޞަދްރު ޖަމާޢަތުން ވަނީ ޢިރާޤުގެ ތިން ރިޔާސަތު ޞަދްރީންނާއި ސުންނީންނާއި ކުރްދީންގެ މެދުގައި ބެހުމަށް އެއްބަސްވެފައި ކަމަށް ޚަބަރު ފަތުރާ އޭޖެންސީތައް ބުނެއެވެ.

މި އެއްބަސްވުމުގެ ދަށުން ޢިރާޤުގެ ރައީސްކަމަށް ބޭފުޅަކު ނެރޭނީ ޑިމޮކްރެޓިކް ޕާޓީއާއި ވަޠަނީ އިއްތިޙާދު ޕާޓީ ގުޅިގެންނެވެ.

ތިން ފަރާތުގެ އެއްބަސްވުން

ޝީޢީ- ސުންނީ– ކުރްދީ އެއްބަސްވުން ބުނާގޮތުގައި މުޙައްމަދުލް ޙަލްބޫސީއަށް 228 ވޯޓުގެ ތެރެއިން 200 ވޯޓު ލިބިވަޑައިގަތެވެ. ފުރަތަމަ ނާއިބުގެ މަޤާމަށް ހުށައެޅުނު ޙާކިމުއް ޒާމިލީއަށް ލިބިވަޑައިގަތީ 227 ވޯޓުގެ ތެރެއިން 182 ވޯޓެވެ. ދެވަނަ ނާއިބު ގެ މަޤާމަށް ހުށައެޅުނު ޝަޚްވާން ޢަބްދުﷲއަށް 226 ވޯޓުގެ ތެރެއިން 180 ވޯޓު ލިބިވަޑައިގަތެވެ.

ޞަދްރު ޖަމާޢަތް ބުނާގޮތުގެ މި އެއްބަސްވުމުގެ ދަށުން ރައީސްކަމުގެ މަޤާމަށް ބޭފުޅަކު ހުށައަޅާނީ ބަރަޒާނީގެ ޑިމޮކްރެޓިކް ޕާޓީއާއި ޖަލާލު ޠަލަބާނީ ވަޠަނީ އިއްތިޙާދު ޕާޓީ ގުޅިގެންނެވެ. ޞަދްރު ޖަމާޢަތުން ބުނާގޮތުގައި ރައީސްކަމަށް އިންތިޚާބު ކުރެވޭނީ މިހާރުގެ ވެސް ރައީސް ބުރްހުމު ޞާލިޙު ކަމަށް ވަނީ އެއްބަސްވެފައެވެ. ރައީސްކަމަށް ބޭފުޅަކު ހޮވިވަޑައިގަތުމުން އޭނާ ކާޡިމީއަށް ސަރުކާރު އެކުލަވައިލުމުގެ މަސައްކަތް ޙަވާލު ކުރައްވާނެއެވެ. ކާޡިމީގެ ސަރުކާރުގެ 21 ވަޒީރުންގެ ތެރެއިން ޞަދްރު ޖަމާޢަތަށް އަށް ވުޒާރާ ދެވޭނެއެވެ. ކުރްދީންނަށް ތިން ވުޒާރާ، ސުންނީންނަށް ހަ ވުޒާރާ އަދި ޝީޢީ އެހެން ޕާޓީތަކަށް ހަތަރު ވުޒާރާ ދޭނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *