...

Support Us

ފާގަތިކަމާއި ތަނަވަސްކަމުގެ މިންގަނޑުގައި ޢަރަބި ޤައުމުތައް

ފާގަތިކަމާއި ތަނަވަސްކަމުގެ މިންގަނޑުން ބަލާއިރު 2021ވަނަ އަހަރު ޢަރަބި ޤައުމުތަކުގެ ތެރޭގައި އެއްވަނަ ލިބިފައި ވަނީ އެކުވެރި ޢަރަބި އިމާރާތަށެވެ. ދެވަނަ ލިބިފައި ވަނީ ޤަޠަރަށެވެ. މި މިންގަނޑަކީ އިނގިރޭސި ވިލާތުގެ ލިގަޓަމް އިންސްޓިޓިއުޓުން ބޭނުންކުރާ މިންގަނޑެކެވެ. މި މިންގަނޑުން ބަލާއިރު ޢަރަބި ޤައުމުތަކުގެ ތެރެއިން އެންމެ ދަށަށް ގޮސްފައި ވަނީ ޔަމަނެވެ. މި މިންގަނޑު ކަނޑައަޅަނީ އެތައް ބަހާތަކަކަށް ބަލައިގެންނެވެ. އޭގެތެރޭގައި ޤައުމުގެ މުއްސަނދިކަމާއި އިޤްތިޞާދީ ތަރައްޤީއާއި މަޢީޝަތާއި ތަޢުލީމާއި ޞިއްޙަތުގެ ފެންވަރާއި ފަރްދީ ފާގަތިކަމާއި ތަނަވަސްކަން ވެއެވެ.

މި މިންގަނޑުގެ މަޤްޞަދަކީ ޤައުމުތަކުގެ ބާރުވެރިކަމުގެ ދާއިރާތަކާއި ތަރައްޤީ ކުރަން ޖެހޭ ދާއިރާތައް ކަނޑައަޅައި، އުފެއްދުންތެރިކަމުގެ މައިދާންތައް ބަޔާންކޮށް އައު އީޖާދުތަކަށް ހުޅުވަން ޖެހޭ ދޮރުތައް ބަޔާންކޮށް ޝާމިލު މުޖްތަމަޢެއް ބިނާކުރުމަށް އެހީވެ ދިނުމެވެ.

މި މިންގަނޑުގެ ދަށުން ފާގަތިކަމާއި ތަނަވަސްކަމުގެ ހަރުފަތްތަކުގައި ދުނިޔޭގެ 167 ޤައުމެއް ދަރަޖަކޮށްފައި ވެއެވެ.

ދުނިޔޭގެ ހަރުފަތުގައި

އިމާރާތަށް ލިބިފައި ވަނީ 41 ވަނައެވެ.

ޤަޠަރަށް ލިބިފައި ވަނީ 46ވަނައެވެ.

ބަޙްރައިނަށް 56ވަނަ އެވެ.

ކުވައިތަށް 58ވަނައެވެ.

ޢުމާނަށް 67ވަނައެވެ.

ސުޢޫދީ ޢަރަބިއްޔާއަށް ލިބިފައިވަނީ 75ވަނައެވެ.

ދުނިޔޭގެ ތަރްތީބަށް ބަލާއިރު
– އެއްވަނަ ލިބިފައިވަނީ ޑެންމާކަށެވެ.
– ދެވަނަ ޤައުމަކީ ނޯވޭއެވެ.
– ތިންވަނަ ޤައުމަކީ ސްވިޑްނެވެ.
– ހަތަރުވަނަ ޤައުމަކީ ފިންލެންޑެވެ.
– ފަސްވަނަ ޤައުމަކީ ސްވިޒަރލޭންޑެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *