...

Support Us

އީރާނުގެ ނިޔުކްލިއަރ ފައިލާ ބެހޭ ވާހަދެއްކުންތަކުގެ އަށް ވަނަ ބުރު ފެށިއްޖެ

އީރާނާއެކު 2015 ގައި އެއްބަސްވެފައިވާ ނިޔުކްލިއަރ މުޢާހަދާ އަލުން ދިރުވުމަށް ޓަކައި އީރާނާއި އެމެރިކާއާ ދެމެދުގައި ފެށިފައިވާ ނުސީދާ ވާހަކަދެއްކުންތައް އިއްޔެ ވިއެނާގައި ފެށިއްޖެއެވެ. މި ބުރުގެ ވާހަކަދެއްކުންތަކުގެ އަމާޒަކީ އަޞްލު މުޢާހަދާ ސަލާމަތްކުރުމެވެ.

އީރާނުން މި ބުރުގައި އިސްކަންދީފައި ވަނީ އެ ޤައުމާ ދެކޮޅަށް އެމެރިކާއިން އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ނައްތައިލުމެވެ. އެހެނަސް އީރާނުގެ ނިޔުކްލިއަރ ޕްރޮގްރާމު ހުއްޓައިލުމާ ބެހޭގޮތުން އީރާނުން މަސައްކަތް ކުރަމުން ނުދާކަން ހުޅަނގުން ފާހަގަ ކުރެއެވެ.

އީރާނުގެ އައު ރައީސް އިބްރާހީމު ރައީސީގެ ވެރިކަމުގައި ބޭއްވުނު ފުރަތަމަ ބައްދަލުވުން ނިމުނީ މީގެ ދިހަ ދުވަސް ކުރީންނެވެ. މި ބުރުގައި ވާހަކަދެއްކުންތަކުގެ އެޖެންޑާއަށް އީރާނުން އެދިގެން އިތުރު އެދުންތައް އިތުރު ކުރެވުނެވެ.

ހުޅަނގުން ބުނާގޮތުގައި މި ވާހަކަދެއްކުންތައް ކުރިއަށް ދަނީ ވަރަށް "ތަތްކޮށް"ނެވެ. ހުޅަނގު ބުނާގޮތުގައި މި ވާހަކަދެއްކުންތައް އަމާޒަށް ވާޞިލުވުމަށް ޓަކައި ލިބިގެން ވަނީ މަސްތަކެއް ނޫނެވެ. އެހެނަސް ހަފުތާތަކެކެވެ.

ރައީސް ޓްރަމްޕް 2018 ގައި ވަނީ މި މުޢާހަދާއިން ބޭރަށް އެމެރިކާ ނެރުއްވައިފައެވެ. އެކަމާ ވިދިގެން އެމެރިކާއިން ވަނީ އީރާނަށް ދަތިކުރުމަށް ޓަކައި އިޤްތިޞާދީ ފިޔަވަޅުތައް ހަރުކަށި ކޮށްފައެވެ. މި ކަމާ ވިދިގެން އީރާނުން ވަނީ އެ ޤައުމުގެ ނިޔުކްލިއަރ ޕްރޮގްރާމު އަލުން ފަށައިފައެވެ.

ތަތް ފިޔަވަޅުތަކެއް

މި ވާހަކަދެއްކުންތަކުގައި ބައިވެރިވާ ޗައިނާ ވަފްދުގެ ރައީސް ވާންގް ޗޫން ނޫސްވެރީންނަށް ހާމަކުރެއްވި ގޮތުގައި އަށްވަނަ ބުރުގެ ވާހަކަދެއްކުންތައް ބާރަށް ކުރިއަށް ގެންދިޔުމަށް އެންމެން ވަނީ އެއްބަސްވެފައެވެ. އައު އަހަރުގެ ޗުއްޓީ ތެރޭގައި ވެސް ވާހަކަދެއްކުންތައް ހުއްޓައިނުލައި ކުރިއަށް ގެންދިޔުމަށް ވަފްދުތައް ވަނީ އެއްބަސްވެފައެވެ. މި ވާހަކަދެއްކުންތަކުގައި ބައިވެރިވާ ޤައުމުތަކަކީ ޗައިނާއާއި ރަޝިޔާއާއި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާއި ޖަރްމަނާއި ޔޫރަޕްގެ އިއްތިޙާދެވެ. އީރާނާއެކު ބައްދަލު ކުރުމުގެ ކުރީން މި ޤައުމުތަކުން ވަނީ ކުދި ބައްދަލުވުންތަކެއް ބާއްވައިފައެވެ.

އީރާނުގެ ޚާރިޖީ ވަޒީރު ޙުސައިން އަމީރު ޢަބްދުﷲޔާން ވިދާޅުވިއެވެ. "އެއްވެސް ޤައިދެއްނެތި އީރާނަށް ތެޔޮ ވިއްކުމަށް ހުއްދަދޭ އެއްބަސްވުމަކާ ހަމައަށް އާދެވެން ޖެހޭނެއެވެ." އީރާނު ބުނާގޮތުގައި އީރާނުން އިތުރު އެއްވެސް ފިޔަވަޅެއް އެޅުމުގެ ކުރީން އެމެރިކާއިން އީރާނާ ދެކޮޅަށް އަޅައިފައިވާ ދަތިކުރުމުގެ ހުރިހާ ފިޔަވަޅުތަކެއް އުވައިލާން ވާނެއެވެ.

ހުޅަނގުގެ ޑިޕްލޮމެޓުން ހާމަކުރެއްވި ގޮތުގައި މި ދިޔަ ބުރުގައި ވާހަދެކެވުނީ ނިޔުކްލިއަރ ޤައިދުތަކާ ބެހޭގޮތުންނެވެ. އެބޭފުޅުން ވިދާޅުވާ ގޮތުގައި އެ ބުރުގައި ޤަބޫލުކުރެވޭ ފަދަ ކުރިއެރުމެއް ލިބިފައެއް ނުވެއެވެ. އެމެރިކާއިން އަޅައިފައިވާ ދަތި ކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އީރާނުން ބޭރުކުރާ ތެލުގެ މިންވަރު ވަނީ ދުވާލަކު 2.8 މިލިއަން ފީފާއިން (2018 ގައި) ދެ ލައްކަ ފީފާއަށް މަދުވެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.