Support Us

ޕާކިސްތާނުން ޠާލިބާނުން އަފްޣާނިސްތާނަށް އޮހެން ފަށައިފި

ވޭތުވެދިޔަ ހަތަރު މަސް ދުވަހުގެ ތެރޭގައި ޕާކިސްތާނުން އެތައް ހާސް ޠާލިބާނުންނެއް އަފްޣާނިސްތާނަށް ގޮސްފައިވާ ކަމަށް ވޮޝިންގްޓަން ޕޯސްޓް ދުވަހު ނޫސް ބުނެފިއެވެ.

މި މީހުން އަފްޣާނިސްތާނަށް ދިޔައީ ޠާލިބާނުންގެ ވެރީން އެމީހުންގެ ވެރިކަން އަފްޣާނިސްތާނުގައި ބާރުގަދަކުރުމަށް ޓަކައި އެހީވެ ދިނުމަށް ގޮވައިލުމުންނެވެ. މި ނޫހުން މި ރިޕޯޓް ޝާއިޢު ކުރީ ޠާލިބާނުންގެ އެތައް ބަޔަކާއެކު ބޭއްވި ބަސްދީގަތުންތަކަކާ ޙަވާލާދީއެވެ.

ޠާލިބާނުންގެ އިސް ޒަޢާމަތުން ޕާކިސްތާނުގައި ހުރި ދީނީ މަދަރުސާތަކުގެ ދަރިވަރުންނަށާއި ޕާކިސްތާނުގައި ތިބި އަފްޣާން ރެފިއިޖީންނަށާއި ހަނގުރާމަވެރީންނަށް އަފްޣަނިސްތާނަށް އަވަހަށް އައުމަށް ގޮވައިލެއްވީ ޠާލިބާނުންގެ ވެރިކަން ކާބުލްގައި ވަރުގަދަކުރުމަށް ޓަކައި އެމީހުންގެ އެހީ ޠާލިބާނުންގެ ޒަޢާމަތަށް ބޭނުންވާތީ ކަމަށް މި ނޫސް ބުންޏެވެ.

ޕާކިސްތާނުގެ ޠާލިބާނުން އަފްޣާނަށް

ޕާކިސްތާނުގެ ޠާލިބާނުން އަފްޣާނިސްތާނަށް ފޮނުވުމުގެ މަސައްކަތުގައި އުޅުނު ޠާލިބާނުންގެ ހަނގުރާމަވެރިއަކު ނަން ހާމަނުކުރުން ޝަރްޠުކޮށް މި ނޫހަށް ދިން ޚަބަރެއް ބުނާގޮތުގައި އޭނާ ޕާކިސްތާނުގެ ހުޅަނގު އުތުރު ސަރަހައްދެއްގައި ހުރި މަދަރުސާއަކުން އަފްޣާނިސްތާނަށް ހަނގުރާމަވެރީން ފޮނުވުމުގެ މަސައްކަތް އޭނާ ދަނީ ކުރަމުންނެވެ. ކާބުލުން ބުނިގޮތުގައި ޕާކިސްތާނުން ދާ ހަނގުރާމަވެރީންނަށް އަފްޣާނިސްތާނުގައި ދާއިމީ ސިފައެއްގައި ވަޒަންވެރިވެގެން އުޅެވިދާނެއެވެ.

މި ނޫސް ހާމަކުރިގޮތުގައި ތަޢުލީމު ޙާޞިލުކުރުމަށާއި ބޭސްފަރުވާ ހޯދުމަށާއި ތަމްރީނު ހޯދުމަށް ޓަކައި އަފްޣާނިސްތާނުން ޕާކިސްތާނަށް ވަރަށް ގިނައިން މީހުން ދަތުރު ކުރެއެވެ. އެހެނަސް މިއަހަރު ވަނީ މި ކަންތައްތައް ވަރަށް ބޮޑަށް އިތުރުވެފައެވެ. މި ނޫސް ބުނާގޮތުގައި ދިހަވަރަކަށް ހާސް ހަނގުރާމަވެރީން ޕާކިސްތާނުން އަފްޣާނިސްތާނަށް ހިނގައްޖެއެވެ. މި ނޫސް ބުނާގޮތުގައި މިއީ ކުރިއާ އަޅާބަލާއިރު 10 ޕަސަންޓް އިތުރު މިންވަރެކެވެ.
މި ނޫސް ބުނާގޮތުގައި މި ގޮތަށް ޕާކިސްތާނުގެ ޠާލިބާނުން އަފްޣާނިސްތާނަށް ދިޔުމަކީ ޕާކް- އަފްޣާން ގުޅުންތައް ވަރަށް ބޮޑަށް އޮޅުންބޮޅުން ކުރާނެ ކަމެކެވެ. މި ނޫސް ބުނާގޮތުގައި ޠާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމުން ޕާކިސްތާނުން އެކަމަށް މަރްޙަބާ ކިޔެއެވެ. ޕާކިސްތާނުގެ ބޮޑުވަޒީރު ޢިމްރާން ޚާނަކީ ޠާލިބާނުންގެ ސަރުކާރު ބައިނަލްއަޤްވާމީ މުޖްތަމަޢުން ބަލައިގަތުމަށް މަސައްކަތް ކުރައްވާ ޒަޢީމެކެވެ. މި ދިޔަ އޮކްޓޯބަރު މަހު ޕާކިސްތާނުގެ ޖާސޫސީ އިދާރާގެ ވެރިޔާ ކާބުލަށް ދަތުރުފުޅެއް ކުރައްވައިފައި ވެއެވެ.

އެމެރިކާގެ މި ނޫހުގެ ރިޕޯޓާ ބެހޭގޮތުން ޕާކިސްތާނުގެ ޚާރިޖިއްޔާ ބުނާގޮތުގައި "އެއީ އެއްވެސް އަސާސެއްނެތް ދޮގު ވާހަކަތަކެކެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *