Support Us

އިސްރާއީލުގެ ވެރިރަށަކީ ޤުދުސްކަމަށް ޔުކްރޭނުން ޤަބޫލުކޮށްފި

އިސްރާއީލުގެ ހަމައެކަނި ވެރިރަށަކީ ޤުދުސްކަމަށް ޔުކްރޭން ޤަބޫލުކުރާކަމަށް އިސްރާއީލުގައި ހުންނަވާ ޔުކްރޭންގެ ސަފީރު ޔެވްގަން ކޮރްނިޗޯކު ވިދާޅުވެއްޖެއެވެ. މިޑްލް އީސްޓް އައި އިސްރާއީލުގައި ހުންނަވާ ޔުކްރޭނުގެ ސަފީރާ ޙަވާލާދީ ބުނިގޮތުގައި ޔުކްރޭނުން ދަނީ މިއަންނަ އަހަރު އެ ޤައުމުގެ އެންބެސީ ޤުދްސުގައި ހުޅުވަން ތައްޔާރުވަމުންނެވެ.

މި ކަން ކޮރްނިޗޯކު ހާމަކުރެއްވީ ޔުކްރޭން- އިސްރާއީލު ގުޅުންތަކަށް 30 އަހަރު ފުރުމުގެ މުނާސަބަތުގައި ދެއްވި ޚިޠާބެއްގައެވެ. މި ބައްދަލުވުމުގައި ޤުދްސާބެހޭ އިސްރާއީލުގެ ވަޒީރު ޒައީފު އިލްކީން ބައިވެރިވެ ވަޑައިގަތެވެ.

އެހެނަސް އޭނާ ވިދާޅުވިގޮތުގައި މި ފިޔަވަޅައިގެން ޔުކްރޭނުގެ ރައީސް ކުރިއަށް ވަޑައިގަންނަވާނީ އެ ދެ ޤައުމުގެ ދެމެދުގައިވާ ސަލާމަތީ އަދި ދިފާޢީ ގުޅުންތަކުގެ މައްޗަށް ބައްލަވައިގެންނެވެ. އޭނާގެ ވާހަކަފުޅުގައި މި ޝަރްޠުތަކަކީ ކޮބައިކަމެއް ހާމައެއް ނުކުރައްވައެވެ. މި މަސްއަލައާ ބެހޭގޮތުން ޔުކްރޭނުގެ ޒަޢީމާއެކު މި ދިޔަ އޮކްޓޯބަރު މަހު މަޝްވަރާކުރައްވައިފައިވާ ކަމަށް ވެސް ޔުކްރޭނުގެ ސަފީރު ވިދާޅުވިއެވެ. މިފަދަ ފިޔަވަޅެއްގެ ސަބަބުން ޔުކްރޭން – އިސްރާއީލު ގުޅުންތައް ބަދަހިވެގެންދާނެ ކަމަށް ސަފީރު ވިދާޅުވިއެވެ.

އިސްރާއީލުގެ މީޑިއާތައް ބުނާގޮތުގައި ޤުދުސުގައި ހުންނަ ޔުކްރޭން އެންބެސީން މި ގުޅުންތައް ވަރުގަދަކޮށް ބަދަހިކުރުމުގެ މަސައްކަތް ކުރާނެތެވެ.
ޔުކްރޭނުގައި ބޮޑުފުޅުވެފައިވާ އިސްރާއީލުގެ މި މަސްއޫލުވެރިޔާ އިލްކީން ވިދާޅުވިގޮތުގައި އޭނާ އުންމީދު ކުރައްވަނީ ޤުދުސް ސަހަރުގައި ޔުކްރޭނުން ގޮތްޕެއް ވަރަށް ހުޅުވާނެ ކަމަށެވެ.

ޔުކްރޭނުގެ ރައީސް އިސްރާއީލު -ޔުކްރޭން ގުޅުމަށް 30 އަހަރުފުރުމުގެ މުނާސަބަތުގައި ދާދިވަރުކޮށް ވާހަކަފުޅު ދައްކަވަމުން ހާމަކުރެއްވިގޮތުގައި މި އަންނަ އަހަރު އޭނާ އިސްރާއީލަށް ޒިޔާރަތް ކުރައްވަން ގަސްތު ކުރައްވައެވެ. އޭނާ ވިދާޅުވިއެވެ. "އަހުރެމެންގެ ދައުލަތާއި ބިން ހަތިޔާރުން ދިފާޢު ކުރަން އަހުރެމެންނަށް އެނގެއެވެ." އޭނާ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "ޔުކްރޭނީންނާއި އިސްރާއީލީންނަކީ މިނިވަންކަމުގެ އަގު ވަޒަންކުރާ ބައެކެވެ. އަހުރެމެންނަކީ އަހުރެމެން އެދޭގޮތަށް އަހުރެމެންގެ ދައުލަތުގެ ކުރިމަގު ބައްޓަންކުރާނޭ ބައެކެވެ. އެއީ އެހެންމީހުން އެދޭގޮތަށް ބައްޓަންކުރެވޭނެ ކުރިމަގެއް ނޫނެވެ. އިސްރާއީލަކީ މިކަމުގައި ޔުކްރޭނަށް ލިބިގެންވާ ރަނގަޅު ނަމޫނާއެކެވެ."

އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ 18 މޭ 2018ގައި އެމެރިކާގެ އެންބެސީ ތައްލު އަބީބުން ޤުދުސަށް ބަދަލު ކުރައްވައިފައެވެ. އެމެރިކާއަށް ތަބާވެގެން އެންބެސީ ބަދަލު ކުރި ދެ ޤައުމަކީ ކޮސޯވޯއާއި ގުއަޓިމާލާއެވެ. ސަރބިޔާއިން ވަނީ އެ ޤައުމުގެ އެންބެސީ ބަދަލު ކުރާނެ ކަމަށް ބުނެފައެވެ.
ބައިނަލްއަޤވާމީ ހުރިހާ ޤަރަރުތަކެއް ބުނާގޮތުގައި ހުޅަނގު އައްސޭރިއާއި ޣައްޒާއާއި އިރުމަތީ ޤުދްސަކީ 1967ގައި އިސްރާއީލުން ހިފައިފައިވާ ފަލަސްޠީނުގެ ބިންތަކެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *