...

Support Us

ދުނިޔޭގައި އަންހެނުންނަށް އެންމެ ބޮޑަށް އަނިޔާ ކުރަނީ އިސްރާއީލުގައި

ދުނިޔޭގައި އެންމެ ބޮޑަށް އަންހެނުންނަށް އަނިޔާކުރަނީ އިސްރާއީލުގައި ކަމަށް އިސްރާއީލުގެ ދުވަހު ނޫހެއް ކަމުގައިވާ ބަދީޢޫތު އަޙްރަނޫތު މިއަދު ބުނެފިއެވެ.

މި ނޫހުން ހާމަކުރި ރިޕޯޓެއް ބުނާގޮތުގައި މި ރިޕޯޓު ތައްޔާރުކުރުމުގައި މަޢުލޫމާތު ދިން ބައެއް އަންހެނުންގެ ފުށުން އެނގުނު ގޮތުގައި އެމީހުންގެ ފިރީން އެމީހުންނަށް ބައެއް ފަހަރަށް އަނިޔާ ކޮށްފައި ވަނީ ދަރީންގެ ކުރިމަތީގައެވެ. ބައެއްފަހަރަށް އަނިޔާކޮށްފައި ވަނީ އެމީހުން މަރައިލާށެވެ. އެމީހުންގެ ފިރީން ޖަލުން ދޫކޮށްނުލުމަށް ވެސް އެމީހުން ސަރުކާރަށް ގޮވައިލިއެވެ. އޭގެތެރެއިން އަންހެނަކު ބުނިގޮތުގައި އޭނާގެ ދަރީންގެ ކުރިމަތީގައި ފިރިމީހާ އޭނާ ކަތިލަން އުޅުނެވެ. އެ ރޭ އޭނާ ގެއިން ނުކުމެ ފިލީ އޭނާ މަރައިލަފާނެތީ ބިރުންނެވެ.

އިސްރާއީލުގެ ރަސްމީ ރިޕޯޓުތައް ވެސް ކަށަވަރުކޮށްދީފައިވާ ގޮތުގައި ކޮރޯނާ ރޯގާގެ ސަބަބުން ގެވެށި އަނިޔާ ވަނީ އިސްރާއީލުގައި 2020ގެ ފަހުން ވަރަށް ބޮޑަށް އިތުރު ވެފައެވެ. އިސްރާއީލުގެ ކަމާބެހޭ ވުޒާރާ ބުނާގޮތުގައި އަންހެނުންނަށް ކުރާ ގެވެށި އަނިޔާ މި އަހަރުގެ ފުރަތަމަ ދެ މަސްދުވަހުގެ ތެރޭގައި ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެއް މަސްދުވަހުގެ ތެރޭގައި 756 ޙާލަތު ރިޕޯޓު ކުރެވިފައިވެއެވެ. އެއީ 280 އިންސައްތަ މަތީ ޢަދަދެކެވެ. އިސްރާއީލުގެ ކަމާބެހޭ ވުޒާރާ ބުނާގޮތުގައި ގެވެށި އަނިޔާއިން އަންހެނުން ޙިމާޔަތް ކުރުމަށް ޓަކައި ދެ އެކުވެންޏެއް މި ދިޔަ އަހަރު ހުޅުވުނެވެ. ގެވެށި އަނިޔާތައް މިހާރުގެ ރޭޓުން އިތުރުވަމުންދާނަމަ މި އަހަރު އިތުރު ހިޔާތައް ހުޅުވަން ޖެހޭނެކަމަށް މި ވުޒާރާއިން ބުންޏެވެ.

އިސްރާއީލުގެ ފާގަތިކަމާއި އިޖްތިމާޢީ ޖާމިނުވުމާ ބެހޭ ވުޒާރާއިން މި ދިޔަ އޮކްޓޯބަރު މަހު ނެރުނު ރިޕޯޓު ބުނާގޮތުގައި 2021ގައި ގެވެށި އަނިޔާ ވަނީ 10 އިންސައްތައަށް އިތުރުވެފައެވެ.

އިސްރާއީލުގައި ގެވެށި އަނިޔާ ހުއްޓުވުމަށް ޓަކައި ކުރަންޖެހޭ މަސައްކަތަށް އިސްރާއީލުގެ މާލީ ވުޒާރާއިން މިއަހަރު ވަނީ ކަމާބެހޭ ވުޒާރާގެ ބަޖެޓަށް 17 މިލިއަން ޑޮލަރު އިތުރުކޮށްދީފައެވެ. ޢާލަމީ ޞިހްޔޫނީ އަންހެނުންގެ ޖަމްޢިއްޔާ (ނުރަސްމީ ޖަމްޢިއްޔާއެއް) މި ދިޔަ ހަފުތާގައި ހާމަކުރި ގޮތުގައި 2020ގައި އިސްރާއީލުގައި 26 އަންހެނަކު މަރައިލއެވެ. މީގެ ތެރެއިން 13 މީހަކު މަރައިލައިފައި ވަނީ އެމީހުންގެ ފިރީންގެ އަތުންނެވެ. މި ޖަމްޢިއްޔާ ބުނާގޮތުގައި މިއަހަރު 20 އަންހެނަކު މަރައިލައިފައި ވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *