...

Support Us

2021: ނޫސްވެރީން އެންމެ ގިނައިން ހައްޔަރުކުރި އަހަރު

ދުނިޔޭގެ އެތަން މިތާނގައި ނޫސްވެރިކަމުގެ މައިދާނުގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން 488 މީހަކު ޖަލަށް ލައިފައި އެބަ ތިބި ކަމަށް "ސަރަޙައްދެއްނެތް ރިޕޯޓަރުން"ގެ ޖަމްޢިއްޔާއިން އިޢުލާނުކޮށްފިއެވެ. މި ރިޕޯޓް ބުނާގޮތުގައި 2021ގައި ނޫސްވެރީންގެ ތެރެއިން 46 މީހަކު މަރުވެފައި ވެއެވެ.

މި ރިޕޯޓު ބުނާގޮތުގައި ރިޕޯޓަރުންގެ ތެރެއިން މަރުވި މީހުންގެ 65 އިންސައްތަ މީހުންނަކީ މަރައިލި މީހުންނެވެ.

ނޫސްވެރީންގެ ޙައްޤުތައް ދިފާޢު ކުރުމަށް އުފައްދައިފައިވާ މި ޖަމްޢިއްޔާ ބުނާގޮތުގައި 1995ގައި މި ޖަމްޢިއްޔާ އުފެއްދުނު ފަހުން، އެންމެ ގިނަ ނޫސްވެރީން ޖަލަށްލީ މި އަހަރުއެވެ. މި ޖަމްޢިއްޔާގެ އަހަރީ ރިޕޯޓް ބުނާގޮތުގައި އެއް އަހަރު ދުވަހުގެ ތެރޭގައި ހައްޔަރުކުރި މީހުންގެ ޢަދަދު މި ވަނީ 20 އިންސައްތަ އަށް އިތުރުވެފައެވެ. ނޫސްވެރީން ހައްޔަރު ކުރުން އާދަޔާ ޚިލާފަށް އިތުރުވެފައިވަނީ މުޔަންމާރާއި ބިލޯރޫސާއި ޗައިނާގައެވެ. ޗައިނާގައި ހައްޔަރުކުރި ނޫސްވެރީންގެ ޢަދަދު އިތުރުވެފައިވަނީ 2020ގައި ހޮންގްކޮންގްގައި ފާސްކޮށްފައިވާ ސަލާމަތީ ޤާނޫނުގެ ސަބަބުން ކަމަށް މި ޖަމްޢިއްޔާއިން ބުންޏެވެ.

ހައްޔަރުކުރި އަންހެން ނޫސްވެރީން

މި ޖަމްޢިއްޔާގެ ރިޕޯޓު ބުނާގޮތުގައި މިއަހަރު ހައްޔަރުކުރ އަންހެން ނޫސްވެރީންގެ ޢަދަދުވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިއަހަރު 60 އަންހެން ނޫސްވެރީން ހައްޔަރުކޮށްފައިވާ ކަމަށް މި ރިޕޯޓު ބުންޏެވެ. ބިލޯރޫސުގައި ހައްޔަރުކުރި ފިރިހެން ނޫސްވެރީން (15 ނޫސްވެރީން) ނަށް ވުރެ ހައްޔަރުކުރި އަންހެން ނޫސްވެރީން (17 ނޫސްވެރީން) އިތުރެވެ.

ނޫސްވެރީން އެންމެ ގިނައިން ހައްޔަރުކޮށްފައިވާ ޤައުމުތައް

ނޫސްވެރީން އެންމެ ގިނައިން ހައްޔަރުކޮށްފައިވާ ހަތަރު ޤައުމަކީ
– ޗައިނާ 127 ނޫސްވެރީން
– މުޔަންމާރު 53 ނޫސްވެރީން
– ވިއެޓްނާމު 43 ނޫސްވެރީން
– ބިލޯރޫސް 32 ނޫސްވެރީން

ނޫސްވެރީންނަށް އެންމެ ހިރާސް ބޮޑު ޤައުމުތައް

މި ރިޕޯޓު ބުނާގޮތުގައި ނޫސްވެރީންނަށް އެންމެ ހިރާސް ބޮޑު ދެ ޤައުމަކީ މެކްސިކޯއާއި އަފްޣާނިސްތާނެވެ. މެކްސިކޯގައި ހަތް ނޫސްވެރިއަކު އަދި އަފްޣާނިސްތާނުގައި ހަ ނޫސްވެރިއަކު މަރައިލައިފައިވެއެވެ. ތިންވަނައަށް ނުރައްކާތެރިކަން ބޮޑު ޤައުމުތަކަކީ ޔަމަނާއި އިންޑިޔާއެވެ. މިއިން ކޮންމެ ޤައުމެއްގައި ހަތަރު ނޫސްވެރިއަކު މަރައިލައިފައި ވެއެވެ.

ރަހީނު ކުރި ނޫސްވެރީން

މި ރިޕޯޓް ބުނާގޮތުގައި މިއަހަރު ނޫސްވެރީންނާއި މީޑިއާގައި މަސައްކަތް ކުރާ މީހުންނަށް އެހީވެދޭ މީހުންގެ ތެރެއިން 65 މީހަކު ރަހީނު ކުރިއެވެ. މި މީހުން ރަހީނު ކޮށްފައި ވަނީ ޢަރަބި ތިން ޤައުމެއްގައެވެ. އެއީ ސޫރިޔާގައި 44 މީހުންނާއި ޢިރާޤުގައި 11 ނޫސްވެރީންނާއި ޔަމަނުގައި ނުވަ ނޫސްވެރީންނެވެ. މާލީގައި ފަރަންސޭސި ވިލާތުގެ ނޫސްވެރިއަކު ރަހީނު ކޮށްއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *