Support Us

ފަންނިއްޔާތު ތަރައްޤީ ކުރުމަށް އިމާރާތާއި އިސްރާއީލު ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެއްޖެ

އިސްރާއީލާއި އިމާރާތާ ދެމެދުގައި ވިޔަފާރިއާއި އިޤްތިޞާދީ ގުޅުންތައް ވަރުގަދަކޮށް އެއްބާރުލުމުގެ މައިދާންތައް އިތުރުކުރުމުގެ ގޮތުން ފަންނިއްޔާތުގެ މައިދާނުގައި ބަހުސްކުރުމަށާއި ތަރައްޤީއަށް މަސައްކަތް ކުރުމަށް ޓަކައި ގުޅިފައިވާ ފަންޑެއް އުފެއްދުމަށް ތައްލު އަބީބާއި އަބޫ ޡަބްއި އެއްބަސްވެއްޖެ ކަން ރޭ އިޢުލާނުކޮށްފިއެވެ.

މި ފަންޑު މަސައްކަތް ކުރާނީ އިމާރާތާއި އިސްރާއީލުގެ އިޤްތިޞާދީ އަދި ފަންނިއްޔާތުގެ ސިކުނޑިތައް ތަރައްޤީކޮށް ކުރިއެރުވުމަށެވެ. މޫސުމަށް އަންނަމުންދާ ބަދަލުތަކާއި ބިން ސަހަރާވެ ހަނަފަސްވުން ފަދަ ގޮންޖެހުންތަކާ ކުރިމަތިލުމަށް ބޭނުންވާ ޢިލްމީ ދިރާސާތަކާއި ވަސީލަތްތައް އުފެއްދުމަށާއި ތަރައްޤީކުރުމަށް މި ފަންޑުން ހޭދަކުރާނެއެވެ. މި ކަން ރޭ އިޢުލާނު ކުރީ އިސްރާއީލުގެ ބޮޑުވަޒީރު ބެނެޓް އިމާރާތަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލައްވަމުންނެވެ.

އިސްރާއީލުން ބެނެޓްގެ ދަތުރުފުޅު ސިފަކޮށްފައި ވަނީ ވަރަށް "ކާމިޔާބު" ޒިޔާރަތެއް ކަމުގައެވެ. އިސްރާއީލުން ހާމަކުރިގޮތުގައި މި ދަތުރުފުޅުގެ ސަބަބުން އެ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުންތައް އިތުރަށް ބަދަހިވެ ބޮޑު ބައިވެރިވުމަކަށް ބަދަލުވެގެންދާނެއެވެ.

މި ދަތުރުފުޅުގައި އިޤްތިޞާދީ މަސްއަލަތަކާއި، ބިނާރީ މަސްއަލަތަކާއި ވިސްނުން ތޫނު ސަހަރުތައް ބިނާކުރުމާ ބެހޭގޮތުން ބެނެޓް އިމާރާތުގެ މަސްއޫލުވެރީންނާއެކު ބަހުސްކުރެއްވިއެވެ. ބެނެޓް ހާމަކުރެއްވި ގޮތުގައި ވޭތުވެދިޔަ އަހަރު އެ ދެ ޤައުމުގެ ދެމެދުގައިވާ ގުޅުންތައް ތަފާތު މައިދާންތަކުގައި ބަދަހިވެފައި ވަނީ ނަމޫނާ މިންވަރަކަށެވެ.

އިސްރާއީލުން ނެރުނު ބަޔާން ބުނާގޮތުގައި "އެ ދެ ޤައުމުން ފަތުރުވެރިކަމަށް ހިތްވަރުދޭނެއެވެ. ދީންތަކުގެ މެދުގައި އިޙްތިރާމުކުރުމުގެ އަގުތައް ވަރުގަދަކުރުމަށާއި ޤައުމުތަކުގެ ރައްޔިތުންގެ މެދުގައި ގުޅުންތައް އުފެއްދުމަށް އެ ދެ ޤައުމުން ކުރަމުންދާ މަސައްކަތް ކުރިއަށް ގެންދިޔުމަށް އެއްބަސްވިއެވެ."

ރައްޔިތުންގެ މެދުގައި ޞުލްޙަމަސަލަސްކަން

ބެނެޓް އަބޫޡަބްއިން ފުރާވަޑައިގަންނަވަމުން ވިދާޅުވިއެވެ. "އިސްރާއީލުގެ އަމާޒަކީ ގުޅުންތައް ފުޅައުކުރުމެވެ. ހަމައެކަނި ޒަޢީމުންގެ މެދުގަޔެއްނޫނެވެ. މީގެއިތުރަށް ރައްޔިތުންގެ މެދުގައެވެ." ބެނެޓް ވިދާޅުވިއެވެ. "އަޅުގަނޑަށް ލިބުނު ހޫނު ތަރްޙީބަށް ޓަކައި ޝައިޚު މުޙައްމަދު ބިން ޒާއިދަށް ޝުކުރު ދަންނަވަމެވެ." ބެނެޓް ވިދާޅުވި ގޮތުގައި އެ ދެބޭފުޅުންގެ ވާހަކަދެއްކުންތައް ވެފައި ވަނީ "ވަރަށް ފުން، ވަރަށް އެކުވެރި، ވަރަށް އަމާޒު ހިފަނިވި ވާހަކަދެއްކުންތަކަކަށެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް